މާލެ އިންޖީނުގެ މިހާރު އެ ވަނީ މާލޭގައި ދިރިއުޅޭ މީހުނަށް ބޮޑު މުސީބާތަކަށް ވެފައި ކަމަށް ވިދާޅުވެ ސްޓެލްކޯއިން ހައްލު ދައްކާފައިވާ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މި ވަނީ، ސްޓެލްކޯ ކައިރި ދިރިއުޅޭ ބައެއް ގެތަކުގެ މީހުން އެ ތަނުގެ ޖެނެރޭޓަރުތަކުގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅިގެން ޝަކުވާ ބޮޑުކޮށްފައިވަނިކޮށެވެ.

އެ މީހުން އެހެން ސަރަހައްދަކަށް ބަދަލު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވީ އެ ސަރަހައްދު ހިމެނޭ ގަލޮޅު ދެކުނު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު މީކާއީލް އަހުމަދު ނަސީމްއެވެ.

އެހެން ނަމަވެސް އެ ސަރަހައްދުގައި ހިމެނޭ ސްޓެލްކޯގެ ހަތަރު ޖެނެރޭޓަރު ނެގުމަށް އެ ކުންފުނިން ވަނީ ނިންމައިފައެވެ. އަދި މި މަހުގެ ނިޔަލަށް އެ ކަން ކޮށްދޭން ކަނޑައަޅައި ޕްލޭނިން މިނިސްޓްރީއާއި ސްޓެލްކޯއިން ވެސް އެ ސަރަހައްދުގެ ގެތަކުގެ މީހުނަށް އޮތީ އަންގައިފައެވެ.

މާލެ ސަރަހައްދުގެ އިންޓަ-ކަނެކްޓިވިޓީގެ މަޝްރޫއު ނިމޭއިރަށް އެ ސަރަހައްދުގެ މީހުނަށް ދަތިކަން ކުރިމަތިވަމުންދާ ޖެނެރޭޓަރުތައް ނެގުމުގެ މަސައްކަތް ވެސް އޮތީ ފަށައިފައެވެ. އެ ކަމަކު ހައްލު ދައްކާފައި އޮތް އެ މައްސަލަ ބޮޑު ކުރަމުންދާ ސަބަބެއް ނޭނގެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެސް ސްޓެލްކޯއިން އިންޖީނުގެ ބޮޑު ކުރަމުން ދަނީ ވެސް ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމަށެވެ. މި ކަމުގެ ހައްލެއް ނުގެނެސް ސްޓެލްކޯއިން އެއްވެސް ކަމެއް ކުރުމަކީ ކުށެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ޓްވީޓްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣްނީއާއި އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ވެސް ޓެގް ކުރައްވާފައިވެއެވެ.

ނަަޝީދުގެ ނުރަސްމީ އެކައުންޓް ކަމަށް ބުނާ "އެލެކްސް އަހުމަދު" ނަމުގައި ހަދާފައި ޓްވިޓާ އެކައުންޓުން ވެސް ނަޝީދުގެ ޓްވީޓަށް ޖަވާބުދީ ޓްވީޓެއް ކޮށްފައި އޮތެވެ. އޭގައި ލިޔެފައި ވަނީ، މިފަދަ އެތައް މައްސަލައެއް ހައްލު ކުރަން އެދިއެދި ހައްލު ނުކޮށް ތިބެ ސްޓެލްކޯގެ ފަރާތުން ފެނުނީ ވެސް އެ ނެޓްވޯކް ބޮޑުކޮށްފައި ސްޓެލްކޯގެ ގޯތި ތެރޭގައި ތިބެގެން ނަށައި އަތް ޖަހަން ތިބޭ މަންޒަރު ކަމަށެވެ.

ސްޓެލްކޯގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ މާލެ އިންޓަކަނެކްޓިވީ މަޝްރޫއު ކާމިޔާބުކަމާއެކު ޓެސްޓް ކުރެވިފައި އޮތުމުން އެ ސަރަހައްދުގައި ހުރި ހަތަރު ޖަނަރޭޓަރުގެ އިތުރުން ގާކޮށި ސަރަހައްދުގައި ހިމެނޭ ހުރިހާ ޖެނެރޭޓަރެއް ނިއްވާލައި "ޝަޓް ޑައުން" ކުރާނެ ކަމަށެވެ. މަސް ދުވަހުގެ ތެރޭގައި އެ ހުރި ހުރިހާ މައްސަލައެއް ހައްލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އެލެކުސް

  ނަސީދުމެން ދަ އްކާވާހަކަތަ އް ދިމާ އެ އްނުވޭ. ވެރިކަން ހޯދަން ނުދަ އްކާ ވާހަކަ އެ އް ނުހަދާ ދޮގެ އްނެތް ވެރިކަން ކިބުނީމާ އެވާ ހަކަތަށް މޫދުގަ ދަމާ ރޮގެގޭ އެ އްވަރު

  35
  1
 2. ޖަގަޑާ

  މުސީބާތަކީ ތިޔަ ރައީސް މަކުނުފާނު. ކަލޭތީ ދެކޮޅުން ކަށިފެޅި ބިޗުލެއްތަ؟ ހިރިލީ ކޮންމެ ތަނަކުން ގައުމުގެ ހައްލުތައް މައްސަލަޔައް ހަދަމުން ތިޔަ ތެޅެނީ ކަލޯ ވެރިކަމާހެދި ޗަހެރެ ބުރާންތިވެގެން ހަފުސްވަނީއެއްނު؟ ހަމަޖެހިބެ ބުރޯ. މިހާރު މަކުނުފާނު ތިކަންކަމާ ވިސްނަވަން ނުޖެހޭވަރަށް އިބޫ ސޯލި ކުރިޔަށް އެބަގެންދަވާ ކަންކަން.

  29
  4
 3. އިސްތިއުފާއޭ

  ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ދޭންވީއޭ ގާނޫނާއި ޚިލާފަށް ސްޓެލްކޯ ހިންގާތީވެ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ

  21
  7
 4. ނަޝީދު

  ރައީސް ޔާމީންގެ ވެރިކަމުގައި 104 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ޗައިނާގެ ޑޮންފެޑޯން އަށް ހަވާލުކުރި 50 މެގަވޯޓްގެ އިންޖީނުގޭގެ މަސައްކަތް ނިމި، މާލެ ހުޅުމާލެ ކަރަންޓްވިއުގަ އެއް ނިޒާމަކުން ގުޅާލެވި ހުރިހާކަމަކަށް ހައްލު ލިބުމުން މެޑަލް ޖަހަން ދެއްކި ވާހަކައެއް. މި ވާހަކައިންވެސް ސަރުކާރާއި މަޖްލިސް ފަލީހަތްވުންނޫން ކަމެއްވިބާ؟؟ ކޮބާހޭ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ އަގުހެޔޮ ޓިކެޓް؟؟ މިދުވަސްވަރު އެ ވާހަކަ ދެއްކުން މާ ތާހިރުވާނެ!!

  21
  2
 5. ައަހާ

  ފައިސާ ދިނީމަ މުގުނީ އިސްތިހާރުކޮށް ދިނަސް އޭނައަކީ އެއްވެސް ހިންގުންތެރި ކަމެއް ހުރިމީހެއްނޫން. މުވައްޒަފުން އޭނަޔާހެދި އެތިބީ މާޔޫސްވެފައި. ރައްޔިތުމީހާ ލައްވައި މަސައްކަތްކުރުވާފައި ފައިސާނުދީ ހަދަނީ މަކަރާއި ހީލަތް. އެއީ އެއްވެސް ހާލެއްގައި ބަލައުގަނެވޭނެ ކަމެއްނޫން

  16
  2
 6. ބަޅ

  ހޭ ދެބަ އިވެފަ ތިހުރީ ވެރިކަމާ ހެދި..

  22
 7. ސަރުކާރު

  ސަރުކާރު ބޮޑުތަނުން ފެއިލް ވާތަން ފެންނަން ފެށީމަ އަވަހައް ވިނިންގް ސައިޑައް ކުޅެލަނީ ދޯ

  16
  2
 8. ރަބަރޭ

  މަނިކުފާނަށް ބޮޑުވަޒީރު ކަން ލިބެންދެން ކެއްކޮއްބަލަަ
  ހާދަ ވަރަކަށޭ މަނިކުފާނު އަބުއިވެގެން ތިޔަ އުޅުއްވަނީ

  16
  1
 9. އާދަމުގެދަރި

  ތިޔަ މައްސަލަ އުފެއްދި މީހަކީ ކަލޭ. މައުމޫންގެ ދައުރުގައި މާލެއިން އިންޖީނުގެ ނަގާފައި އެހެން ރަށެއްގައި އަޅާފައި ކަރަންޓް ގްރިޑަކުން ގުޅައިގެން ކަރަންޓު ދޭން މަޝްރޫޢެއް ރާވައި މަޝްރޫޢު ހިންގުމުގެ ޢަމަލީ ސްޓަޑީގައި މަސައްކަތްކުރަމުން ދަނިކޮށް ކަލޭ މިރާއްޖޭގެ ރައީސްކަމަށް އައީ. އައިސް އެކަން ހުއްޓުވީ. އޭގެ ފަހުން އެކަން މުސީބާތަކަށްވެފައި މިއޮތީ. ކޮންމެ ކަމެއްގައި ދޮގުހެދުމާއި އޮޅުވާލުމާއި މަކަރުހެދުން ނޫންކަމެއް ކަލޭ ނުކުރާނެ. މިކަން ކަލޭ ނިކަން ދޮގުކޮށްބަލަ. ޑުބާއީ ވޯލްޑުން މިއީ ތެދެއްކަމަށް ހެކިވާނެ.

  17
 10. ުޔކ

  ތި ބެނުން ކުރާ އެއްޗެއް ތަންކޮލެއް މަދެން ބެނުން ކޮއްބަލަ

  11
 11. އިބްރާހިމް

  ޑިސިޕްލިން މީހުންގެ ފޭކް ޓްވިޓާ އެކައުންޓެ އް ނުހުންނާނެ. ނަޝީދަކީ ކަމުދާމީހެ އްނޫން. ރަ އްޔިތުންނޭވެ.

  19
  • ޢަހުމަދުވަގާރު

   ޢެހެންވީމަ ތަ ކަލޭ ނެތީ

 12. ކޮރަލް

  ސަރުކާރައް ޖެއްސުންކުރުންނޫން ކަމެއް ނުކުރެ އެވެ.

  5
  1