އީދުގެ އުފާ ފާޅުކުރުމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އީދާއި ގުޅުވައިގެން ދެއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ، ކޮވިޑް-19ގެ ހިތި ތަޖުރިބާތަކާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަހްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ކަމަށެވެ.

"އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ އީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ޚާއްޞަ ދެ މުނާސަބަތެކެވެ". ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަހްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، އީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ވަކިން ހާއްސަ ގޮތެއްގައި، އާއިލާގައި ތިބި އުމުރުން ދުވަސްވީ މާމައިންނާއި ކާފައިން އަދި މައިންބަފައިންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމަށް ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ.

ރައީސް ވިދާޅުވީ، ހައްޖުގެ އަޅުކަމާއި އީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާ މެދު ވިސްނުން ހިންގައި، އެ ގުޅުން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ.

"އެއްވެސް ޝައްކެއްނެތްގޮތުގައި އެ ގުޅުމަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ގުޅުމެވެ. ޢީދުގެ އުފާ ފާޅުކުރުމުގެ ކޮންމެ ޙަރަކާތެއްމެ ރަމްޒުކޮށްދެނީ މިދެންނެވި މަތިވެރި ގުޅުމެވެ. ޢީދުގެ އުފާފާޅުކުރުންތައް ލައްވާފައިވަނީ، މިދެންނެވި ގުޅުމަށް އަންނަ ހީނަރުކަން ނައްތާލައި، އެ ގުޅުންތައް އަލުން ބަދަހިކުރުމަށެވެ". ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައިވެސް، އެންމެ ވަރުގަދަ ބާރަކީ، މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށް ވިދާޅުވެފައެވެ.

"ޢީދުގެ އުފާ ފާޅުކުރާއިރު، ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް".

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބުރަކި

    އަމުރުކުރަން އެދޭނަމަ ކިޔަމަންވާން ދަސްކުރޭ ވެރިކަމުގަހުންނަން ބޭނުންނަމަ ރަށްޔަތުންގެ އާދޭހަށް އިހުތިރާމް ކުރަންދަސްކުރަން އެބަޖެހޭ ރާއްޖޭގެ ތަރަށްގީގެ ބާނީއަށް އަނިޔާތިޔަކުރުން ދޫކޮށްލަން އެބަޖެހޭ.

    23
    3
  2. ކުރަންވީއޭ

    އެންމެން ގުޅިގެން މަސައްކަތް ކުރާ ވާހަކަ ރައީސް އިބޫ ވިދާޅުވާނަމަ ތަމެންގެ ވެރިކަމުގައި އަދުލު އިންސާފުގެ ބޭރުން ޖަލު ހުކުމެއް ކޮށް އެއްވެސް ކުށެއް ނެތީސް ތަމެން ވެރިކަމުގައި ތިބެން ވެގެން ޖަލަށް ގަޅާލާފައިވާ ކުރީގެ ރައީސް މިހާރުން މިހާރަށް މިނިވަން ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ..

    18
  3. އިސްތިއުފާއޭ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    14
    1
  4. ކަފަލ

    މަރުމޯލައް މިނޫން އެއްޗެއްކިޔަންނޭގެދޯ. ބުނާމީހާ ގެ އާއިލާވެސް އެއޮތީ ދެބައިވެފަ. ދެނޯ

    16
  5. ގުޅެނީއޭ

    ގުޅުން ބަދަހި ކުރުމަށް ޓަކައި މަމެން ޕިންކީން މިދަނީ މިވެރިކަމުގައި މިނިސްޓަރު ކަން ކުރެއްވި ބޭފޫޅުން ނާއި ގުޅިގެން ޕީޕީއެމްގެ ސަފުގެ ގުޅުން ބަދަހި ކޮށް ވަރުގަދަ ކުރަންއޭ އިނގޭތޭ..

    13
    1
  6. ނަސީ

    ކިހިނެއް ގުޅިގެން މަސެއްކެތްކުރާނީ އިންޑިޔާ އައް ތަންތަން ދީ ހުސްކޮއްފި ދެން މިޖެހެނީ އިންޑިޔާ ބުނާގޮތް ހަދައިގެން. ޢުޅެން

  7. އަލީ

    ގުޅިގެން މަސައްކަތް ކުރަން ނުދަންނަބަޔަކަށް އެކަމެއްނުވާނެ. މިހާތަނަކަށް ނުވި. ދެންވެެސް ނުވާނެ.

  8. ބެރު

    އެންމެ ބޮޑު އިސްކަމެއްދޭނީ ވޯޓު ފަޅާ އަރާފާނެތީ އެކަމަށް އިސްކަންދީގެން އެމީހުން އަގަ ބަންދު ކޮށްގެން ބެއިތިއްބޭތޯ ބަލާނެވެ. އެއްވެސް ޖެހިލުމެއްނެތި މައިކް އަތަން އެރީމާ ހަދާ ބޮޑެތި ދޮގު ކިތަކެއްފަހަރު ވިލިމާލެ ބުރި މިއަންނަ މަހަށް ބަދަލުކޮށްފިތަ އަމަލީ މަސައްކަތް ފަށާއިފިތަ ހުސް ދޮގުހަދާ ސޯލިހެއް ނަމާއިދޭތެރޭގައިވެސް ކުޑަކޮށްވެސް ވިސްނާލާނަމަ ނޫންތޯ ސޯލިހު އިސްކަންދޭނީ ދޮގުހެދޭތޯ މިނޫން ކޮންކަމެއް ސޯލި ހެދީ

    6
    1
  9. 😑

    ސެކިއުލާ އަދި ލާދީނީ މީހުނާ ގުޅިގެން ނޫޅެވެނެ. ޢެއެންމެން ބޭރުކުރޭ ސަރުކާރުން

  10. ސެންޗޯ

    ރައީސް ސޯލިހު ރަތްޔިތުންގެ ހެވާ ލާބަޔަށް ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާ ދިވެހިންނަށް އެކަމުގެމަންފާ މިންވަރު ކުރައްވާ ށިއެވެ އާމީން