ކުރީގެ މިނިސްޓަރު އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް އިދިކޮޅު ޕީޕީއެމްއާ ގުޅިވައިޑައިގަންނަވަން ނިންމައިފިއެވެ.
ޕީޕީއެމްއަށް ސޮއިކުރައްވަން ނިންމާފައިވާކަން މަލީހު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ސޮއިކުރައްވުން އޮތީ މިރޭ 21:00 ގައި އޮންނަ ރަސްމިއްޔާތެއްގައި ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެކަމާއި ބެހޭ ތަފްސީލެއް މަލީހު ހާމަ ނުކުރައްވައެވެ.
މަލީހު ޕީޕީއެމަށް ސޮއިކުރައްވަން ނިންމާފައިވާއިރު، އޭނާ މީގެ ކުރިން ހުންނެވި މަގާމުން ވަކި ކުރި ހިސާބުން އޭނާ ވަނީ ވެރިކަން ކުރާ މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި އިދިކޮޅަށް ނިކުންނާނެކަން ހާމަ ކުރައްވާފައެވެ.
މިނިސްޓަރ މަލީހު މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު ރައްޔިތުން މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. ޖުމްހޫރީ ޕާޓީއަށް އޭރު ނިސްބަތްވި މަލީހު މަގާމުން ވަކިކުރީ އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވި 59 މެންބަރުންގެ ވޯޓުންނެވެ.
މަގާމުން ވަކިކުރި ފަހުން އޭނާ ވަނީ އޭރު ހުންނެވި ޖުމްހޫރީ ޕާޓީން ހަމަ އެމަހުގެ 10 ވަނަ ދުވަހު ވަކިވެވަޑައިގެންފައެވެ. އެހެން ނަމަވެސް އޭރު އިދިކޮޅު ޕާޓީއާއި ގުޅުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މަލީހު އަކީ އެމްޑީޕީގެ ގިނަ މެމްބަރުންގެ ފާޑިކިޔުން އަމާޒުވި، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަގާމުން ވަކިކުރި ފުރަތަމަ ވަޒީރެވެ.
މިދެން ކިހާދެރަކަމެއް !!!!!!އަތުން މަސައްކަތެއް ކޮއްގެން ހަލާލު ރިޒުގު ހޯދައިގެން ކާކައްނޭނގޭނެ. އެއްތަނުން ފަހައިގަތީމަ އަނެއްތަނަކައްގޮސް ކުރީގެ މީހުންނައް އެއްޗެހިކިއުމާ މިހާރުގެ މީހުންނައް ޚޫސާމަދު ކުރުން .... މިހެން އުޅޭ މީހުންނަކީ ގައުމުތަކުގެ ހަލާކު.!!!!
ވަކި އުސޫލަކަށް ތަބާވަމާ.. ރައީސް ޔާމީން އަރިހަށް ބޭނުންވަނީ ލޯޔަލް ބޭފުޅުން...
ހައްދަވައިގެން އެއްވެސް މަސައްކަތެއް ކުރާމީހެއްނޫން ! ވަޒީފާގަޑު ގެއްލުނީމާ ދެން ފައިސާލިބޭނެ މަގެއް އޮތީ ޕާރޓީއަކަށް ވަދެގެން ދޯ ؟ ކަލޭ ތިޕާރޓީ އަށް ވަނީމަ ޔާމީނު ޖަލުން ނެރެވުނީ ތަ ؟
ތީވަރައްގިނަ ސިޔާސީޕާޓީތަށް ދެރަވާނެކަމެއް އެއީ މަލީހު ބުނާގޮތަކައްތާ ރައްޔިތުން ވޯޓްދޭނީ