ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މަލީހް މިރޭ ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެބޭފުޅުން ބޭފުޅުން ސޮއި ކޮށް، ފޯމު ވަނީ އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އާއި ހަވާލު ކުރައްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގެ މެމްބަރުކަން ވެސް ކުރެއްވި ރުކުމާ އެމްޑީޕީން ވަކިވީ 2019 ވަނަ އަހަރުއެވެ. ލޯޔަރު ވައްޑެ އަކީ މީގެކުރިން ވެސް ޕީޕީއެމްގައި މަސައްކަތް ކުރި ބޭފުޅެކެވެ. 2017 ވަނަ އަހަރު އެ ޕާޓީން ވަނީ އޭނާ ވަކިކޮށްފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން އޭނާ އެ ޕާޓީން ވަކިނުވާ ކަމަށް ހުކުމްކޮށްފައިވެއެވެ.

ވައްޑެއަކީ ޔާމީންގެ ވެރިކަމުގައި ޕީޕީއެމް އިން ވަކިވެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރައީސް ސޯލިހް ވެރިކަމަށް ގެންނަން މަސައްކަތް ކުރި 12 މެންބަރުންގެ ތެރެއިން މެންބަރެކެވެ. ނަމަވެސް ފަހުން ވައްޑެ ވަނީ ރައީސް ސޯލިހް ވެރިކަމަށް ގެންނަން މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.

މަލީހު ޕީޕީއެމަށް ސޮއިކުރައްވާފައިވާއިރު، މީގެ ކުރިން އޭނާ ހުންނެވި މަގާމުން ވަކި ކުރި ހިސާބުން އޭނާ ވަނީ ވެރިކަން ކުރާ މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި އިދިކޮޅަށް ނިކުންނާނެކަން ހާމަ ކުރައްވާފައެވެ.

މި ތިން މެމްބަރުން މިރޭ ސޮއިކުރައްވާފައިވާއިރު، ޕީޕީއެމުން ވަނީ އެޕާޓީގެ މެމްބަރުން އިތުރު ކުރުމަށް ހާއްސަ އިވެންޓެއް ވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    ރުކުމާ އާއި ވައްޑެއާއި މަލީހަކީ މިވަގުތު ސިޔާސީ ބުރަދަނެއް ލިބިފަ ތިބި ބައެއްނޫން. އެހެންވީމަ ޕާޓީއަށް ސޮއި ކުރުމުން ބޯ އިތުރުވުން ނޫންކަމެއް ނުވާނެ.

    43
    70
    • ޙައްގުބަސް

      އެކި މީހުންގެ ވިސްނުން ތަފާތުވާނެ! މަލީހަކީ ތައުލީމީ މީހެއް! ވައްޑެއަކީ ލޯޔަރެއް! ރުކުމާއަކީ މިއުޒިޝަނެއް! ރުކުމާ ފިޔަވާ ދެން ތިބި ދެމީހުން ޔާމީން ވެރިކަމަށް ގެންނަން މަސައްކަތްކުރި ޓީމުގައި އުޅުނު!! އެކަމުގެ ފައިދާ އެމީހުންނަށްވެސް ލިބުނު! އެކަކު މިނިސްޓަރުކަމަށް! އަނެކަކު މަޖްލީހުގެ މެމްބަރުކަމަށް! މިދެ މީހުން ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަންވެސް ބުރަކޮށް އުޅުނު މައުމޫނާ ގާސިމްގެ ބަހަށް ހެއްލި! ދެން ބޯ އިތުރުވުމަކީ ޕާޓީއަކަށް ލިބޭނެ ކުރިއެރުމެއް ކޮންމެ ބޮލެއްގެ ފަހަތުގައި އިތުރު ބޯތަކެއް ތިބޭނެ! ބޭނުންވަނީ އިޚްލާސްތެރިކަމާއެކު ގައުމަށް ހެޔޮއެދޭ ބޯތަކެއް! ޕާޓީގެ ސިޔާސަތަށް ތާޢީދުކުރާ ބޯތަކެއް!! މިގައުމު ހަލާކުގެތެރެއަށް ވެއްޓި ކޮންމެ ފަހަރަކުވެސް ބަޔަކު އެހީތެރިވެދޭ!! 2008 ގައިވެސް ރީނދޫ ވެރިއަކު ގެނަސް ގައުމު ހަލާކުރީ! 2018 ވަނަ އަހަރުވެސް މިމީހުންވެސް ބައިވެރިވެގެން ރީނދޫ ވެރިއަކު ގެނަސް މިވަނީ ގައުމު ހަލާކުކޮށްފަ! ގައުމު މިވަނީ 10 އަހަރު ފަހަތަށް ވައްޓާލާފަ! ގައުމުގެ މިނިވަން ގެއްލޭފަދަ އެތައްކަމެއްކޮށް ގައުމުގެ ހާލަތުމިވަނީ ވަރަަށް ނިކަމެތި ކޮށްފަ!! މިއީ މައްސަލައަކީ!! ތިމާ ބޭނުންހާ ކަމެއްނުވާއިރަށް ޕާޓީ ދޫކޮށްނިކުމެ ފަނާކުރާ ފިކުރާ ގުޅި ގައުމު ހަލާކުކުރަނީ!! މިހާރު ދެވެހިންނަށް އެގެންޖެހޭ ރީނދޫ ވެރިކަމެއް އޮވެގެން ގައުމަށް ރަގަނޅެއް ނެތްކަން!! ދެފަހަރު ދިނީމާވެސް ހަމަ ހަލާކު!! 2018 ވަގަށް ނަގައިގެން އައިސް އެތިބީ!! މަލީހުވެސް ވައްޑެވެސް ރުކުމާވެސް ޕީޕީއެމްއަށް ވަދެ ދެންވެސް މަގާމުތައް ލިބުނީމާ ދެންވެސް ޕާޓީ ދޫކޮށްފަ ދާނީކީނޫން ފަނާކުރުވަނިވި ފިކުރާ އަމިއްލަ އެދުމުން ފޯވެފައިވާ ދެތިން މީހުންގެ ފަހަތަށް!!

      12
    • އިސްރާފުބާގާ

      ހައްޕުނޑު، ރައީސް ޔާމީނަށް ބަވާފަ އިދިކޮޅަށް ވާގިދީ ވެރިކަން ނިންމަން އުޅުނު ހާއިނުންތީ، މި ޕާޓީއަށް ސަޕޯޓު ބޮޑުވާހެން ހީވީމަ ކޮޅު ބަދަލުކޮށްލީ.. މަޤާމެއް ނުކިބޭނެ ސަރުކާރު އަޔަސް.. ކަލޭމެން ނެތަސް ރައީސް ޔާމީނަށް ކާމިޔާބުކޮށްދޭނަނަ އިންޝާﷲ.. ތިޔައީ އިސްރާފު އަމިއްލަ އާއިލާގެ ވޯޓުވެސް ނުލިބޭނެ..

  2. އިސްތިއުފާ

    މަލީހު ވައްޑޭ އަދި ރުކުމާ ވެލްކަމް އޮން ބޯރޑް ދެން މަމެން ޕިންކީން އޮތީ ލާރޖް ކޮށް ޖެއްސުމޭ ރައީސް ޔާމީން މިނިވަން ކުރޭ ރައީސް އިބޫ އިސްތިއުފާ ރައީސް ނަޝީދު އިސްތިއުފާ އެމްޑީޕީގެ ހުރިހާ އެމްޕީން ތައް އިސްތިއުފާ...

    84
    20
  3. Anonymous

    الحمدلله. މާޝާﷲ
    އުފާވެރި ޚަބަރެއް. ޢީދުގެ އުފާ އިތުރުވެއްޖެ.
    ޢީދު މުބާރަކު.
    މިޤައުމަށް ޖެހިފައިވާ މުސީބާތްތަކުން ސަލާމަތް ވާން އޮތީ އެންމެން އެކައްޗެއް ކިޔައިގެން.
    ޤައުމަށް ވަފާތެރިވާން ވީ. ބަަދަލު ހިފުމުގެ ރޫޙް ގެންގުޅެގެން ނުވާނެ. ހުރިހާ ހެޔޮ ކަމަކައިގެން އަހަރެމެން ގެނައި ސަރުކާރު އަވައްޓެރިންނަށް އަޅުވެތިވާ ދަރަޖައަށް ގޮސްސި. ޙައްދެއް އޮންނަށް ވާނެ އަވައްޓެރިއަކަސް. އަވައްޓެރިޔާގެ ދަރިންނަށް ކާންދީފައި އަހަރެމެންގެ އަމިއްލަ ދަރިން ބަނޑަށް މަރުވާ މަންޒަރު ބަލަން ކެތްނުވާނެ. އެއަރޕޯޓް ގެވެސް ހުރިހާ އިސްމަޤާމު ތަކުގައި އެބައި މީހުން ބޮޑު މުސާރައިގައި. އުފަން ބިމުގައި ސަނަދުތަކާއި އެކު ވަޒީފާ ނުލިބޭ އެތައް ދަރިންނެއް. ޔާﷲ އަޅަމެންގެ ދީނާއި މިނިވަންކަން ޙިމާޔަތްކުރަން ތެދުވާނެ ހިތްވަރު އަބަދުވެސް އަޅަމެންނަށް މިންވަރު ކުރައްވާން ދޭވެ.އާމީން

    18
    1
  4. ޙހހހ

    ތިމީހުން ދެން ގެންނާނެ ކަމެއްނެތޭ ، މިޤައުމުގެ ލީޑަރ ޝިޕް އެބަޖެހޭ ހަރުދަނާކުރަން ، މިޤައުމަކީ އެމީހަކު ބޭނުންހާ ގޮތަކަށް އުޅެފަ ބޭނުންހާ އެއްޗެއް ކިޔަން ރައްޔިތުން ބަލަން ތިބި ޤައުމަކަށް ވެގެން ނުވާނެ

    9
    3
  5. ދޮންކެޔޮ ބުރޯ

    ހަހަހަހަ ޖެހިވަޅައް ޖެހީދޯ، އަދުރޭ އެއީ ޕީޕީއެމްގެ ރައީސްތޯ ނޫނީ ޕީއެންސީގެ ރައީސްތޯ؟ ފޯމްތަކާ ހަވާލުވީ އަދުރޭ، ޕީޕީއެމަށް އޮޅުވާލީތޯ

    10
    5
  6. ގަނީ

    ރުކުމާ އަދި މަލީހު އާއި އެކު ވައްޑެ ޕީޕީއެމް އަށް ސޮއިކުރުމަކީ ޕާޓީއަށް 3 ބޯ އިތުރުކުރުން. ވައްޑެއަކީ ޔާމީންއަށް ފާޑުކިޔާ ބުޅާ މަސްގަނޑަށް ބަލާހެން ޔާމީން ވެރިކަމުން ބާލަން ފޫގަޅާލާގެން މަސައްކަތްކުރި މީހެއް. ތުލިސްދޫ ދާއިރާއިން ބޭރުކުރީ ވައްޑެގެ އެއްވެސް އިހްލާސްތެރިކަމެއް ނެތިތީ. ދެން އަނެއްކާވެސް ޕީޕީއެމް އއި ގުޅުމަކީ ރައްޔިތުން ވައްޑެ ބަލާގަންނާނޭކަމެއްކަމުގައި ނުދެކޭތިން.
    ޔާމީން ވެރިކަމުން ބާލާ ޔާމީން ބޮލުގައި އެންމެ ނުބައި ބަދުނާމް އަޅުވުމުގައި އިސްކޮށްތިބި ބަޔަކު ޕީޕީއެމްއަށް ބަދަލުވުމުން އަޅުގަނޑު ހިތާމަކުރަން. އަދި ޕީޕީއެމް އާއި މެދު ދެކެމުންއައި ގޮތް އަޅުގަނޑު ބަދަލުވެއްޖެ. މިޔަދަކީ އަޅުގަނޑު ހިތުންނުފިޔާނެ ދުވަހެއް. ޔާމީން ޖަލަށް ލާ ޕާޓީ ފޭރިގަތުމަށް ބަޔަކު ފައިނެގުމުން އެކަމަށް ޕާޓީގެ އިސް ސަފު ސެލިއުޓްކުރީތީ ވަރަށް ދެރަވެއްޖެ. މަލާމާތް ތިޔަ ކުރައްވަނީ އަޅުގަނޑމެންގެ ލީޑަރަށް.

    9
    4
  7. ވިސްނާލުމަށް އެދެމޭ

    މަރުހަބާ ހުރިހާ ބޭފުޅުންނަ..

    11
    3
  8. ޙހހހ

    ކޮބާ ލަދު

    18
    9
  9. ނިހާން

    ލޮލް ތިދެން ކޮންބައެެް..

    14
    11
  10. ސުއްލަމް މިޔާ

    ތި މީހުން ރިޔާސީ އިންތިޚާބު އަންނަ އިރު ތިބޭނީ ސޭޓު ކައިރީގައި؟ ހިނި ދުވާ މަގުން ހިނގާ ބައެއް

    24
    5
  11. މައުމޫން

    ތީ ވަރަށް ނުބައި ބައެއް ނުވާނެ ތިޕާޓީއަށް ވައްދަންވެސް. ވަރަށް ލަދުހަޔާތް ކުޑަ ބައެއް

    7
    3
  12. ޝިރޯ

    އަންނަބަޔަކު އަޔަސް ދާބަޔަކު ދިޔަޔަސް ޕީޕީ މިކިޔާ ދެބެއިން ވައްކެއްނުވާނެވެ.ސާފުތަ މީ ގަޓު ހުރި މީހަކު ލީޑަރަކަށް ހުރީމާ ވާމޮޅު އޯކޭ މަޑުންތިބޭ ފިލްމުފެންނަ އެމްޑީޕީ ބޮޑުމަންޒަރު ފެންނާނެވެ. ކެތްތެރިވޭ އެމްޑިޕީކުދިން. ޕީޕީއެމް އަންހެން ކަބަނލުން ގޮޅާފޯސްކިޔާ ހެދުން ބޯމައްޗަށް ހިއްލާ އޮރިޔާން ނުވާނެ. ގޮތެއްހުންނާނެ. ދެން ފިރިހެނުން ކިހާ ގަޓުހުންނާނެތޯ މިހުރިހާ މޮޅަކީވެސް ހަމަ ލޯބިވާ ޔާމިންގެ މޮޅުކަން ސަހަނރޯ އެވާ ވެރިޔެއް.

    11
    2
  13. ސެންޗޯ

    އަދިކިރިޔާ ދަށުން ދަމައިގެން ކާ ޓީމު ހަމަވަނީ ތި ތިވަރުން މަހަށް ދެވޭވަރު ވާނެ ހުންގާނުގަ ބަހައްޓާތި ވައްޑޭ އޭނަޔަށް އިގޭނެ އަދިރީގަވެސް ދުއްވަން

    5
    2
  14. ޙަސަނާ

    މަލީޙާއި ވައްޑެ އަކީ ޕީޕީއެމްއަށް ހަރާންކޯރުވެ ޕާޓީ ދޫކޮށްލާފައި ދިޔަ ބައެއް. އެކަހަލަ މީހުން ދެންވެސް ޕާޓީއަށާއި ރައީސް ޔާމީނަށް ވަފާތެރިއެއް ނުވާނެ. އެގޮތަށް އުޅޭ މީހުން އަނބުރާ އަޔަސް ޕާޓީއަށް ވެއްދުމަކީ ޕާޓީގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން ރުހޭ ކަމެއް ނޫން.

    7
    4
  15. Anonymous

    ވައްޑެ މަލީހު މެންކަހަލަ މިީހުން ޕާޓީއައްގެންދަން ނުވަާނެ އެމީހުން ގެންދިއައިމާ ވާނީ ގެއްލުން އެއީ ކުނި ޑަސްބިނައްލަާ

    1
    1
  16. ގ ސުޢޫރު

    ވައްޑެ އަ ކީ ލޯޔަރަ ކަށް ވިއަސް ބޮޑުމަންޒަރު ރަނގަޅަށް
    ފެނިވަޑައި ގަންނަވާ ބޭފުޅެއް ކަމަށް ބެލޭ ކަށްނެތެވެ ޕޕމ އާ
    އަނެއްކ ކާ ގުޅިވަޑައިގަންނަވާއިރު ކުރިން ހެއްދެވި ގޯސްތައް
    ތަ ކުރާރު ނުކުރައްވާނެ ކަމަށް ހީ ކުރާހިތްވެއެވެ ޕޕމ އަ ކީ
    ގައުމީލޯބި އިސް ކުރާ ފި ކުރެކެ ކެވެ އެޕާޓިގެ އަޣްލަބިއްޔަތަ ކ
    ކ ކީވެސް އެފި ކުރެވެ. އެހެން ކަމުން ޕާޓީގެ ފި ކުރު އެއްވެސް
    ސަބަބަ ކކާ ހުރެ ދޫ ކޮށްލައިފި ނަމަ އެއީ ކޮންމެ މީހެއް ނަމަވެސް ޕާޓީގެ ތާއީދު އެމީހަ ކަށް ގެއްލޭނެ އެވެ.

  17. ޢަލީ ޢަލީ

    ޓިންޓިން ބޯޅައިގެ އުސޫލު!!!
    އެކިފަހަރު އެކި ތަނުގަ ޖެހެމުން ދާނީ!!!

  18. މަނީމަނީ

    މިރާއްޖެ އަކު ދެންނެތް ތިމީހުން ވައްދާނެ އިތުޕާޓީއެއް