މިއަދު ރާއްޖެ އިން އިތުރު 140 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިިއަދު މާލެ އިން 59 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 74 މީހުން ފައްސިވިއެވެ. އަދި ރިސޯޓްތަކުން އިތުރު ހަތް މީހަކު ފައްސިވިއެވެ.

މިއަދު ވަނީ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު 8553 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.64 މީހުންނެވެ.

މިއަދަކީ ޖޫން މަހުގެ 23 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވިއެވެ. މާލެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިއަދު އިތުރުވެފައި މިވަނީ ކޮވިޑްގެ ފިޔަވަޅުތައް މިމަހުގެ 07 ވަނަ ދުވަހު އުވާލިތާ ދެހަފްތާ ވާން ކައިރިވެފައި ވަނިކޮށެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 95 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 2470 އަށް އަރައެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 14 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު