2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްއަށް ދެވަނަ ފަހަރަށް ގުޅިވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މަލީހު ވިދާޅުވީ، ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މާތްﷲގެ ވާގިފުޅާއި އެކީ ދޭން ބޭނުންވާ ޔަގީން ކަމަކީ 11 ނޮވެމްބަރު 2023 ވަނަ ދުވަހު ރާއްޖޭގެ ޒައާމަތާ އަލުން މުޅިން އާދައުރަކަށް އިރާދަކުރެއްވިއްޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަވާލުވެވަޑައިގަންނަވާނެ" މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ، ގައުމުގެ ކަންކަން ހިނގާ ގޮތަށް ބަލާލައިރު، ކޮންމެ ދިމާލަކަށް ބަލާލިއަސް ފެނިގެން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނާގާބިލު ކަމާއި "ރިވާސް" ގިއަރުގައި ގައުމުގެ ކުރިއަށްގެންދަވާ މަންޒަރު ކަމަށެވެ.
އަދި ފެނިގެން ދަނީ ސިއްކައާއި ސައްތާރާއި ދެބޭފުޅުންގެ ކޯޅުމުގައި ގައުމު އޮތްތަން ކަމަށާއި އެއީ ޕީޕީއެމުން ދެކެން ބޭނުން ނުވާ މަންޒަރެއް ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހުގެ އިތުރުން މިރޭ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވެސް ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ.
ކަލޯ ބުނާ އެއް ވާހަކަ އެއް ވެސް ދިމަ އެއް ނުވޭ
އޯކޭ ރައީސް ޔާމީނު ހޮވުނަސް މަލީޙް އަށް އެއްވެސް މަޤާމެއއ ދިނުމަށް އަހަރެމެން ނުރުހެން.. ދެފުށްކެހެރިން ބޭނުމެއް ނޫން.. ކޮންމެ ސަރުކާރެއް ފެށޭއިރު ތިބޭނެ މެދުޖެހޭއިރަށް ބަޗާފަ އިދިކޮޅުގަ ތިބޭ ބަޔަކާ ގުޅޭނެ ދެން އުޅޭނީ ހޮޑެތި މަޤާމު ހޯދައިގެން ލާރިކެއުމުގަ އަނެއްކާވެސް ފަޅާއަރައިގެން ބޭރު ކުރީމަ ނިކުންނާނެ.. މަލީޙް އަމީން އަމީތު، ޖަމީލް ބޯއީޒް އުޅޭ ފާޑުމީ.. ދެން އެފުރުސަތެއް ނެތް
ސާބަހޭ މަލީހު
ކަލޭތީ ވާނެ ކަންތަށްވެސް ދަންނަ މީހެއް ތަ ؟
މަލީހަށް ވޯޓްލިބޭނެތަ؟ޔާ މީނުގެ ބަދަލު ޕީޕީއެ މް ވެރިކަމަށް ގެނޭ. ޢޭރުން ޔާ މީނު ގެނެވުނީ.ފުރުސަތު ނަގާނުލާ
ﷲގެ އިރާދަފުޅުން 2023ގައި މިޤައުމުގެ ހުންގާނުގައި ހުންނާނީ ޔާމީން މީވެސް އަސްލު ޔާމީންގެ ވެރިކަމެއް، ވަގަށް ނަގައިގެން ވޯޓުއޮޅުވާލައިގެން ކުރަން އުޅުނީމާ މިއޮތް ފަޅާއަރަނީ އަތަށް ގޮވަނީ ވަގުވެރިކަމެއް މީ ވަގުމައްޗަށް ވަގުއަރާ ބައްދަނީ މިހާރު އެމްޑީޕީ ބައިގަޑަށް އެގޭނޫންތަ މީ ވައްކަންކޮށްގެން އަތުލި ވަރިކަމެއްކަން ބައިއަޅައިގެން އައި ވަރިކަމެއްކަން ތަނެއްދޮރެއްނޭގޭ ގަމާރު މީހަކު ވެރިކަމަށް އެރުވީމާ ވާނެ 4 މިވަނީ ކޯލިޝަން އެންމެންނަށް ނާޒިމް ޕާޓީން ދޭނީ ހުސް ލަޑު ގާސިމަށްވެސް އެހެންބަޔަކަށްވެސް އިބޫއަށްވެސް އަދި އެމަނިކުފާނު ލަނޑުދޭނެ އެހެން ނޫންނަމަ ޔާމީން ކައިރީ ހުރެފައި ފެނުގެ ހަޅުތާލު ބޯމަތިކޮށް ވެރިކަމަށް އަންނަށް ދެބެއިން ނުތެޅޭނެއެވެ. ވަރަށް ސާފު.
އެހެންތަ. ޔާމީނު ހީ ކުރީ އެހެން އެއްޗެހި ވެސް ވަގަށް ނެގި ގޮތށް ވެރިކަންވެސް ވަގަށް ނެގޭނެ ކަމަށް އެކަން ނުވެ ވަގު ވަންނަން ޖެހުނީ ކޮށްޓަށް
ތިއަށްވުރެ މާ އައުލާކަން ބޮޑު 2013 ގައި ވެ ރިކަން ވަގަށް ނެގިޔޭ ނޫނީ ސކ މެދުވެރިކޮށް ފޭރި ގަތޭ ކިޔަން.
ކޮމިންޓެއްނުކުރާނަން ތިއީއެއްވެސް މީހެއްނޫން އަދި ރަތްޔިތުން ބަލައި ގަންނަ މީހެއްނޫން ސިޔާސީ ކުލަޖެހިގެން އުޅޭ ބޭކާރު މީހެއް
މަލީހު، ކީއްކުރަން ދެން ސިޔާސީ ވެގެން ތިއުޅެނީ.
ސިޔާސީ ދާއިރާގައި އެހާ ހައިބަތު ހުރި މީހެއް ނޫން.
ނޮވެމްބަރ 11 ގައި އެއްވެސް.ރައީސަކު؛
ހުވާނުކުރާނެ.ހުވާކުރަނީ ،ނޮވެމްބަރ17ގައި
ހާދަ އަވަހަ ކަށް 2023 ރައީސް ޖުމްހޫރިއްޔާ އަ ކަށް ހުންނާނީ ޔާމީން ކަމަށް ތިޔަ ނިންމެވީ ރައީސް ޖުމުހޫރިއްޔާ އަ ކަށް ހުންނަށް މާތައުލީމީ ގާބިލް މީހުން މިރާއްޖޭގައި އެބަތިބި ޕީއެޗްޑީ ފެންވަރުގެ ތައުލީމީ ގާބިލްކކ ކަށް ހުރި ބޭބޭފުޅުން
މަލީހު ކަލެޭ 20 އަގައިން ވާހަކަ ދއްކަ ބަލަ ކަލޭމެން ތީމިހަާރު ކުނި ޕާޓީައް ލިބޭނީގެއްލުން ބޭރުކުރަން ގޮވާލަން އިހައްދުވަހު ޔާމިން ނޮޅަާލަން އުޅުނީ
މި ސިޔާސީ މީހުންގެ ލަދުހަޔާތްްކުޑަކަން މަހިތަށްއަރަނީ އަޅެފަހެ މީގެދެއަހަރު ކުރިން ވިއްޔަޔާމީނަށް ކުނިމަހަކަށް ނުގޮވާ ވަރަށް އެތިވަރުގޮވީމިހާރު ޔާމީނުވަރެއްނެތިގެން
ޔާމީނުގެ ގޮތެ އްނޭނގެެ! ޔަޤީން މުޖަ އްރިބު މަލީހަށް މިނިސްޓަރުކަން ދުވަސްކޮޅަކަށް ލިބޭނެ
މަޅީހެއް ނޫންތޭ😅😂🤭
މިއީވާ ދައްމީހެއް . ޚުސާމަދު ކުރުން ނޫންކަމެއް ކުރަންނޭގޭ ދެފުށައް ކެނޑޭއެއް
އެއްދުވަހު އެމްޑީޕީ އަނެއްދުވަހު ޕޕ ކޮބާ ގޮތެއް މިބައިގަނޑުގެ ތިގޮތައް އުޅުމައްވުރެ ލޯކަލްމާރުކޭޓު ހުޅަނގު ކަންމަތީގަ ޓޮމާޓޯ ހުސްކުރި ފޮށިގަނޑެއްގެ މަތީގަ އިނަސް އެޭގެޒާތުގަ މާއަބުރުވެރިވާނެ.
ބަލަގަ 2018 ގެ ކެމަޕޭނުގައި ޔާމީނުވަރުގެ ބޮޑު ވަގެއް މުޅި ދުނިޔެއަށްވެސް އުފަން ނުވާކަމަށް ގޮވަމުން ދުވެފައި މިހާރު މަޤާމު ގެއްލުނީމާ ކުއްލިއަކަށް މިވީ ކިހިނެތް؟؟؟؟؟
ތިޔަ ދުލުން ބުނާ ބަސް ވާނީ ހަމަ އިންޓަނެޓް އަގައް ވީހެން ކަލޭ ޕީޕީއެމަށް ސޮއެކުރީތީ މަގޭ ވޯޓް ތި ގެއްލުނީ އެ ޕާރޓީއައް
ސިޔާސީ މީހެއްގެ ހުންނަންވާ ޝަރުތު ތަކުގެ ތެރޭަގއި ލަދު ހަޔާ.. ކުޑަވުން ހިމެނޭ.
ކަމުނުގޮސްގެން އެއްލާލި ހެދުން ބޮޑުޢިދަށް ހެޔޮވަރު
މީނަ ހީކުރަނީ ރައްޔިތުން މީ މީނަ ދައްކާހާ ވާހަކަ ގަބޫލުކުރާހާ ގަމާރު ބައެއްކަމަށް. އަޅެފަހެ ޔާމީނު ނޮހޮވިގެން މިއުޅެނީ މީނަ ޕީޕީއެމް އަށް ސޮއި ނުކޮށްގެން ވިއްޔާ. ބަލަ ކޮން ގޮތަކުން ތަ ޔާމީނު ވެރިކަމުގަ ކަލެއަށް ބެހެއްޓޭނީ. ޔާމީނު އޮތީ މަނީލޯންޑަރިން މައްސަލައެއްގަ ރާއްޖޭގެ ކޯޓުން ކުރި ހުކުމެއް ތަންފީޒުކުރުމަށް ޖަލުގޮޅިއެއްގަ. އަދި ރައީސް ކަމަށް ކުރިމަތި ލުމުގެ ޝަރުތު ހަމަ ނުވާނެ 5 އަހަރުގެ ޖަލު ހުކުމެއް އޮތް ބެފުޅަކަށް. އެކަމަކު މީނާ ހަމަ ސޮއިކޮށްފަ މަޑު ނުވެ މި ބުނަނީ ޔާމީނޭ 23 ގައި ރައީސަކީ. މީނާ މީ ބޯހަމަޖެހޭ މިހެއް ކަމަކަށް ގަބޫލެއް ނުކުރެވޭ.
އަމަރު (ޖަމީލު)، އަކްބަރު (އަމީނު)، އެންތަނީ (މަލީހު) ކޮންމެ ސަރުކާރަކުންވެސް ބާކީ ވަނީ....