21:28

ގދ. ތިނަދޫން ކޮވިޑް-19 ޖެހުނު މީހުުންގެ އަދަދު 900 އަށްވުރެ މައްޗަށް އަރައިފި.

20:51

އަވައްޓެރި ސްރީލަންކާއަށް ކޮވިޑް-19ގެ ހަތަރުވަނަ ރާޅެއް އަރާފާނެ ކަމުގެ އިންޒާރު އެގައުމުގެ މެޑިކަލް އެސޯސިއޭޝަނުން ދީފި

09:19

ކޮވިޑުން ސަލާމަތް ވާނެ ކަމަށް ބުނެ އިންޑޮނޭޝިއާގައި "ގިނަ ފަރުވާތަކެއް"

08:14

ކޮވިޑް ވެކްސިން ޖަހަން ދެކޮޅުހެދި ޒުވާނެއްގެ ފުއްޕާމޭ ބަދަލުކުރަން ޖެހިއްޖެ.

03:01

ކޮވިޑް-19 ޖެހިގެން ބ. އަތޮޅު އޭދަފުށީގައި ހުންނަ ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ،

ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލޭގައި އަޅާފައި ހުރި ފިޔަވަޅުތަކަށް އެއްކޮށް އުވާލިތާ ދެހަފްތާ ވާން ދެދުވަހަށް ވެފައި ވަނިކޮށް މާލެ އިން މިވަނީ ގާތްގަނޑަކަށް ދޮޅުމަސް ދުވަސް ތެރޭގައި ކޮވިޑަށް ފައްސިނުވާ މިންވަރަށް މީހުން ކޮވިޑަށް ފައްސިވެފައެވެ. މީގެ ކުރިން ކުރެވުނު ތަޖުރިބާ އަކީ ވެސް ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދޭތާ ދެހަފްތާއެއްހާ ދުވަސް ފަހުން ފައްސިވާ މީހުންގެ އަދަދުތައް އިތުރުވުމެވެ.

ހޯމަ ދުވަހު ކޮވިޑަށް ޓެސްޓް ކުރި އަދަދަށް ބަލާއިރު އަދި ހާލަތު ގޯސްވީކަމަށް ޔަގީންކަމާއިއެކު ބުނަން ނޭނގުނު ނަމަވެސް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ފެންނަ މަންޒަރަކީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވުނު ނަމަވެސް ފިޔަވަޅުތަކަށް ލުއިތައް ދިނުމާއިއެކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމެވެ.

ހޯމަ ދުވަހު 140 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެތެރެއިން 59 މީހުން ފައްސިވީ މާލެ އިންނެވެ.

ހޯމަ ދުވަހު ވަނީ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ. ހޯމަ ދުވަހު 8553 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. ހޯމަ ދުވަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.64 މީހުންނެވެ.

ހޯމަ ދުވަހަކީ ޖޫން މަހުގެ 23 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު