ކޮވިޑް-19 ޖެހިގެން ބ. އަތޮޅު އޭދަފުށީގައި ހުންނަ ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އަންހެނަކު މިރޭ 1:05 ނިޔާވެފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ. ރ އަތޮޅު ދުވާފަރަށް ނިސްބަތްވާ އުމުރުން 91 އަހަރުގެ އަންހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 217 އަށް އަރާފައެެވެ.

މިއީ މި މަހު މިހާތަނަށް ކޮވިޑްގައި ނިޔާވި ހަތް ވަނަ މީހައެވެ. އަދި މި އަހަރު މިހާތަނަށް ކޮވިޑްގައި ނިޔާވި 170 ވަނަ މީހާއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިމަހު މަދުވާން ފެށުމުން ފާއިތުވި ދެމަހަށްވުރެ މިމަހު ނިޔާވި މީހުންގެ އަދެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިހާރު މަދެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 14 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖީހާން

    ކޮވިޑެއްނޫން.... މުސްކުޅި ބަލީގައި ނިޔާވީ ކޮވިޑޭ ކިޔައިގެން މަރުވާ މީހުން ލިސްޓް އިތުރު ކުރީމަޔޯ ސަރުކާރަށް އެހީ ފައިސާ ލިބެނީ......

    5
    2
  2. ސަންގުގެރި

    މިގޮތަށް މީހުން އިތުރުކޮށްގެން މިސަރުކާރަށް ލިބޭ ހުރިހާ ދީލަތި އެހީތަށް ވެރިކަމުގަ ހުރިމީހަކު އަންނަދައުރަށް ކެމްޕޭނަށް ހަރަދުކުރިޔަދީގެން ނުވާނެ މިއީ ގާނޫނީ ކުށެއް މިކަމުގަ ފިޔަވަޅު އަޅަންޖެހޭނެ ހުރިހާފައިސާއެއް ރަށްޔަތުންގެ ހެވާލާބަޔަށް ހަރަދުނުކޮށް ކެމްޕޭނަށް ނެގިޔަދީގެންނުވާނެ.