އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ދުނިޔެ ބޭނުންވެފައިވާ ކަމަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޢީދު ޚުޠުބާގައި ގޮވާލައިފިއެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި މިސްކިތްތަކުގައި ކިޔާފައިވާ ޚުޠުބާގައި ވަނީ މިއަދަކީ ޤުރްބާނީގެ ދުވަހެއްކަން ހަނދާން ކޮށްދީފައެވެ. މިއަދަކީ މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވި އިބްރާހީމުގެފާނާއި، ލޮބުވެތި ދަރިކަލުން އިސްމާޢީލުގެފާނާ ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނުން، ފާސްވެ ވަޑައިގަތުމުން، މާތް ﷲ އެ ދެބަފައިކަލުންނަށް، ތަޢުރީފުގެ ބަސް ވަޙީކުރެއްވި ދުވަސްކަން ޚުޠުބާގައި ހަނދާން ކޮށްދީފައި ވެއެވެ.

އިބްރާހީމުގެފާނުގެ ޢަދުއްވުން އުޅުނީ، އެކަލޭގެފާނު ދެރަކޮށް، ނިކަމެތިކޮށްލެވޭތޯ ކަމަށާއި އެކަމަކު މާތް ﷲ އެބައިމީހުން އެންމެ ނިކަމެތީންގެ ތެރޭގައި ލެއްވިކަމަށް ޚުޠުބާގައި ވެއެވެ،

"އެކަލާނގެ ޚަލީލު އިބްރާހީމް عليه السلام އިމްތިޙާނު ކުރެއްވީ އެކަލޭގެފާނުގެ އީމާންކަމުގެ ވަރުގަދަކަން ބައްލަވައި، އެކަލޭގެފާނުގެ ޤަދަރު މަތިވެރި ކުރެއްވުމަށް ޓަކައެވެ. މާތްﷲ އެކަލޭގެފާނާ ކުރިމަތިކުރެއްވީ، ދުނިޔެ މަތީގައި މީހަކާ ކުރިމަތިވާނެ، އެންމެ ބޮޑު އިމްތިޙާނެވެ. މުސްކުޅިފުޅު ވީދުވަހު، ލިބިވަޑައިގެންނެވި ލޮބުވެތި ދަރިކަލުން، ﷲ އަށް ޓަކައި ޤުރްބާން ކުރެއްވުމަށް އަންގަވައި، މާތް ﷲ ކުރެއްވި ވަރުގަދަ އިމްތިޙާނެވެ. އިބްރާހީމްގެފާނު މި އިމްތިޙާނުން ފާސްވެ ވަޑައިގަތުމުން، މާތްﷲ އެކަލޭގެފާނަށް މަތިވެރި ނިޢުމަތްތަކެއް ދެއްވިއެވެ. އިސްމާޢީލުގެފާނުގެ ބަދަލުގައި ޤުރްބާން ކުރައްވާނެ ކަންބަޅިއެއް ފޮނުއްވެވިއެވެ. އެކަލޭގެފާނުގެ މައްޗަށް ސަލާމް ލައްވައި، އެކަލޭގެފާނުގެ ޛިކުރާ، އާޚިރަތާ ހަމައަށް ލެހެއްޓެވިއެވެ. އެކަލޭގެފާނަށް އިތުރު ބޭފުޅުން ދެއްވިއެވެ." ޚުޠުބާގައި ބުނެފައި ވެއެވެ.

އިބްރާހީމުގެފާނުގެ މި އިމްތިޙާނުގައި، އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ބޮޑު ދައުރެއް އަދާކުރެއްވި ކަމަށާއި އެއީ ﷲގެ އަމުރުފުޅަކަށް ވާތީ، އެކަލޭގެފާނުގެ ބައްޕާފުޅަށް ކިޔަމަންވެވަޑައިގަތް ގޮތް، ދެކުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ. އެކަލޭގެފާނު މި ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާ އަކީ، މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައި ވެއެވެ.

އިސްލާމީ އުއްމަތަށް މިއަދު މި ވަނީ، މި ޙާދިޘާ އިން ޢިބްރަތް ޙާޞިލު ކުރަން ޖެހިފައި ކަމަށާއި އިބްރާހީމުގެފާނުގެ ދަރިކަލުންގެ ވާހަކައިން، އިތުރު ފިލާވަޅުތައް ދަސްކުރަން ޖެހިފައި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. ޚުޠުބާގައި ބުނީ "މިއަދު ފެންނަމުން ދަނީ، އިސްލާމް ދީނަށް، ފާޅުގައި އިހާނެތި ކޮށް ހިތަމުން އަންނަ ތަނެވެ. ޤުރްއާނަށް އިހާނެތިކޮށް ހިތަމުން އަންނަ ތަނެވެ. ނަބިއްޔާއަށް ފުރައްސާރަ ކުރަމުން އަންނަ ތަނެވެ. މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަ ތަނެވެ. މިއަދު މުސްލިމު ވެރީންގެ އަބުރަށާއި ފުރާނައަށް ދަނީ އަރައިގަންނަމުންނެވެ. އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ދަނީ ކަނޑަމުންނެވެ. މުސްލިމް ޢިލްމުވެރިންގެ ޤަދަރު ދަނީ ވައްޓައިލަމުންނެވެ. އިސްލާމީ ޔުނިވަސިޓީތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. އިސްލާމް ދީން، މި ވަނީ އެ ދީނުގެ ވަޠަނުގައި ބީރަށްޓެހި ކޮށްފައެވެ. ސައްތަ އިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެ ކަމަށް ދަނީ، އަޑު އުފުލަމުންނެވެ. މުސްލިމުންގެ ޙައްޤުތަކަށް ދަނީ އަރައިގަންނަމުންނެވެ."

މިއަދު މި ވަނީ އެމީހުންގެ ވަގުތުންނާއި، މުދަލުންނާއި، އީޖާދުތަކުން، އިސްލާމް ދީނަށްޓަކައި ޤުރްބާންވާން ކެރޭ މީހުންނަށް ބޭނުން ވެފައި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

އަޅުގަނޑުމެންގެ ޢީދަކީ މިނިވަންކަމުގެ ޢީދެއްކަން ހަނދާންކޮށްދީ މި ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހަވަތްތަކުން މިނިވަން ކޮށްދޭ ޙަސަދަވެރިކަމުންނާއި، ރުޅިވެރިކަމުން ހިތްތައް ޠާހިރުކޮށްދޭ ޢީދަކަށް ކަމަށާއި އަދި ދެބައޮޑުވުމާއި، ނެތިމޮށުމާއި، އާޑަފުރައްސާރަ ކުރުމުން ދޫތައް ރައްކާތެރިކޮށްދޭ ޢީދަކަށް ކަމަށް ވެސް ޚުޠުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބުރުގާ

    ފުރަތަމަ ކަމަކައް ފަލަސްތީނާ އިޒުރޭލު ސުލްހަވެ އެއްގަލަކައް އަރަންވީ. ދުނިޔެ ހަލާކުވަނީ ދީނީ އަރާރުންތަކާ ހެދީ.

    10
    12
    • އަހުމަދު

      ދުނިޔެ ހަލާކު ވަނީ އިސްލަމް ދީނާ ހިލާފު ކަންތައްތަކާ ހެދި. ސުލްހަ އޮތީ އިސްލާމް ދީނުގަ. ފަލަސްތީނު ބޭނުންވަނީ ސުލްހަ އާއި ހައްގުތައް. އަބަދުވެަސް ނުބައި ހަދަނީ އިޒްރޭލު

      17
      3
    • .....

      އޭ ތީ ވަރަށް ފަސޭހަ ކަމެއް....ތިކަހަލަ މީހުން ހައްގު ދީނުގަ އޮތް ގޮތް ގަބޫލު ކޮށްލަންވީ....އޭރަށް އަރާރުން ވާ ކަށް ނުޖެހޭނެ...ނިކަމެތިން ނިކަމެތި ކޮށްލާ ﷲ ގެ އަޒާބަށް މީސްތަކުން ނޭނގިތިއްބާ ގެންގިސް ވާއްޓާލުމުގެ ފުރުސަތު ވީ ދޭންތޯ...ނޫނީ އަރާރުން ވެގެންވިޔަސް އެކަން ހިއްޓުވުންތޯ އިންސާނިއްޔަތަށް ހެވީ

      4
      2
    • ދޮންކަލޯ

      ކޮން އިޒްރޭލެއް؟ އިޒްރޭލް ކިޔާ ޤައުމެއް ނޯންނާނެ. ފަލަސްތީނުގެ ބިމަށް އަރާ ވެރިވެގަނެގެން އެ ތިބީ. އައިތާކަށް ފައިބައިގެން ދާންވީ. އައި ތަނެއް ވެސް އޮންނާނެ. ތިހެން ވިއްޔާ ކަލޭގެ ގެއަށް މަގޮސް ގަދަކަމުން ވަދެގަތީމަ ކަލޭމެން ގެއިން މަށަށް ކޮޓަރި ވެސް ދޭންވާނެތާ! ދައްކާ ކަނޑުކޮސް ވާހަކަ ދޯ! ގަމާރު ވިޔަސް ބޮޑުވަރު!

      15
      2
  2. ފަގުޑި

    އިސްލާން ދީނަށް ހުތުރު ކުރުވަނީ ކޮން ބައެއްތަ؟ ﷲ އަކްބަރު ކިޔާފަ ކަމަކާ ނުލާ މީހުން މަރަނީ ކޮން ބައެއްތަ؟ އަންހެން ކުދިންގެ ޖިންސީ ގުނަވަންތައް ބުރިކުރަން ފައި ވިއްދާފައި ތިބީ ކޮންބައެއްތަ؟ ރާއްޖެއަކު މީގެ ކުރީން އެއްވެސް ބަޔަކު އިސްލާން ދީނާމެދު ކުޑަވެސް ނުސިޔާނު އެއްޗެއް ބުނެފައެއް ނުވޭ.

    5
    8
  3. ޒަރީނާ

    ލާދީނީބިލާވެސް ދެކޮޅުހެދޭނެތާ ؟؟

    12
    1
  4. ނަޖީބު އައްބާސް

    އިހުލާސް ތެރިކަން ހުރިނަމަ ބަގުރަލާ އޫރުމަސް ވީއްކައިގެން ޢާންމުދަނީ ހޯދުމައް ނޫނޭކޭ ބުނާށޭ ކީސް

    11
    2
  5. ނ، ސ،ފ

    މިއަދު މުސްލިމުންނަކީ ނަމުން ގިނަވެގެންވާ އަދަދުތަކެއް 'ހަގީގީ މުސްލިމުންނަކީ މަދުވެގެންވާ އަދަދުތަކެއް.' ބޮޑެތި މުނާފިގުންނާއި ދިީނުގެ އަދާވާތްތެރިން މިއަދު އަދަދުތަކުން ގުނާނެވޭނެ އެމީހުންނަކީ މުސްލިމުންކަމަށް ބުނެ ނަމުން މަތިހަދައިގެން އުޅޭ ހާލިސް މުނާފިގުންނާއި ދީނުގެ އަދާވާތްތެރިންނެވެ މިގައުމުގެ ވެރިންގެ ގޮތުގައިވެސް މިބުނާމީހުންނެވެ.