ވަކި ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް މާފް ކުރުމުގެ ބާރު ރައީސް އަށް ލިބިދޭ ގޮތަށް އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގް ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އެއީ 40 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް މެންބަރަކު ވޯޓު ދެއްވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އެ ބިލު ތަސްދީގު ކުރެއްވުމުން، އެމަނިކުފާނަށް ޓެކްސް މާފް ކުރުމުގެ ބާރު ލިބިގެން ދާނެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގައިވާ ޓެކްސް ނެގުން ޚާއްސަ އިސްތިސްނާއެއް ދެވޭ ބާބުގައި ޓެކްސް ނެގުން އިސްތިސްނާވާ އިތުރު އާމްދަނީތަކެއް ހިމަނަން ބިލުގައިވެއެވެ.

މީގެ ތެރޭގައި ރައީސްއާއި ނައިބު ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅާއި ކާރުކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާނެ މުވައްޒަފުންގެ މުސާރައާއި ކާރުކޮޅުގެ ޑްރައިވަރުގެ މުސާރަ ހިމަނާފައިވެއެވެ.

ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ކާރުކޮޅާއި ގެކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރައާއި ޑްރައިވަރު މުސާރަ ވެސް ވަނީ ހިމަނައިފައެވެ.

އެހެންކަމުން މި މުސާރަތަކުންނާއި އިނާޔަތްތަކުން ޓެކްސްއެއް ދެން ނުނަގާނެއެވެ.

ވަކި ވިޔަފާރި މަޝްރޫއުތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އިތުރު ކޮށްފައިވާ މާއްދާއެއްގައިވެއެވެ.

މި ގޮތަށް ޓެކްސް ނެގުމުން އިސްތިސްނާ ކުރާނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިގެން ކަމަށް އެ ބިލުގައިވެއެވެ.

އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރަން ޖެހެއެވެ. އެފަދަ އިސްތިސްނާއެއް ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓު ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބަކަރ

  ދެން ކަލެއައް ޚަރަދު ކުރި 3އޭ އަށާ އެންމެނައް ޓެކްސް މާފުކޮއްދީފަ ދެންތިބި ރައްޔެތުންފެލާ.

  10
  • ޑޯޒް

   ޜައްޔޮތުންގެ އަ މާނާތެއް މާފުކުރެވޭނީ ރައްޔިތުން ގެ ރުހުމާ އެކު... މޮޔަނުވޭ

 2. ސަލީމު

  އަވަހަށް މަޖިލިސް މެމްބަރުންނާއި ގާތް އެންމެންގެ ބޮޑެތި ޓެކްސްތައް މާލުކޮށްލާފަ އާންމު ރްޔިތުންގެ އަތުން ޓެކްސް އާއި ޖޫރިމަނާ ބޮޑުކުރޭ

  10
 3. މަބޭ

  ގާތްރަހްމަތްތެރިންގެ ޓެކްސް މާފްކޮއްދޭބިލް

 4. މިސްޓްރީ

  މިސަރުކާރަށް ނިކަމެތި ދިވެހިރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމުގައިވާ ހިޔާ ފްލެޓްސް ތަކުގެ ފިނިޝިންގް މަސައްކަތް ސަރުކާރުގެ ޚަރަދުގައި ނިންމާ އެމެންނަށް ފްލެޓްސް ތައް ހަވާލެއް ނުުކުރެވުނޭ އެކަމަކު އިންޑިއާ ހެލިކޮޕްޓަރު ގަނޑެއް ރާއްޖޭގައި ބާއްވައިގެން އޭގެ ބޭނުން ނުކުރާއިރު ވެސް އިންޑިއާ އަށް މަހަކު 25 މިލިއަން ޑޮލަރު ދިވެހި ސަރުކާރުގެ ބަޖެޓުން އެބަދެއޭ މީ ދިވެހިރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރާ ސަރުކާރެއްތޭ އޯނޯ ވެން ވިލް ދިސް މިސްޓްރީ އެންޑް...

 5. ބަކުރު

  މިޔަށް ކިޔަނީތަސްދީގު ކުރި ި ބޮޑު ޖަރީމާ ހުރިހާ މަޖިލިސް މެންބަރުންނަށް ލާބަ ހޯދައިދިނުމަށް ހިންގި ބޮޑު ޖަރީމާއެއް .

 6. ކުޑަބެ

  ބޮޑެތި ވިޔަފާރިވެރިންގެ ގޮތުގައި ޓެކްސްނުދައްކައިތިބި މަޝްހޫރު އެތައްބައެއް ސަލާމަތްކުރުމަށް ހެދިބިލެއްތީ ޤައުމަށް ގެއްލުންވަނީ މިހެންވެ