ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސް ސޯލިހާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް ސޯލިހް ދާދި ފަހުން ވަނީ ހދ. ތިން ރަށަކަށް ވަޑައިގެންފައެވެ. އެއީ ހދ. ކުމުންދޫ އާއި ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދޫއަށެވެ.

އެ ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. ރައީސް ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ކައުންސިލާއި، އަންހެނުންުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި، އެސިޓީގެ 3 ސުކޫލުގެ އިސްވެރިންނާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާއި، ބައްދަލުކުރެއްވެވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހދ. ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއި، އަދި އަންހެނުންުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންނާއި، ބައްދަލުކުރައްވާފައެވެ. ހަމައެއާއެކު އެކަމަނާ ވަނީ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެން ވަޑައިގެންނެވީ ހދ. ކުމުންދޫއަށެވެ. އެރަށުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހދ. ކުމުންދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެކަނބަލުން ވަނީ ހދ. ކުމުންދޫ ޞިއްޙީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގެންނެވީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން އެދެކަނބަލުން ވަނީ ހަނިމާދޫގެ ސްކޫލަށާއި، ހެލްތު ސެންޓަރަށާއި، ބަނދަރަށް ޒިޔާރާތްކުރައްވާ އެތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަބުރު

    ދެން އަންނާނެކަމެއްނެތް ލަންކާގެ ސަރުކާރާ ކޯލިސަންހަދައިގެން ތިޔަތާގަ ހުރޭ މިގައުމަށްބޭނުންވަނީ ވިސްނުންތޫނު ގައުމަށާ އިސްލާމްދީނަށް ހުރުމަތް ތެރިކޮށް ހިތުމަށް ﷲ ގަންދީ ހުވާކޮށް އެހުވަޔާ އެއްގޮތަށް އަމަލު ކުރާނެ ވަރުގަ ލީޑަރެއް.

    13
  2. ރަބަރޭ

    ރަށުތެރޭ ކިޔާ ރައީސް އޮފީހުގެ އިސްވެރިޔަކު ލަންކާއަށް އެތެރެ ކުރަން އުޅުނު މުދާތަކުގެ ކަންކަން ހަމަޖައްސާލަން ނޫންބާ؟

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    10
  3. މަސްއޫދު

    ފިލަނީތަ؟ ކޮންމެތަނަކު ހުސްޓަސް ގެންނާނަން!

    13
    1
    • ކާފަބޭ2020

      ފިލަނީކީނޫން ރާއްޖޭގަމަދުވާތީ ހަތަރުވަނަރާޅުންބައެއްލިބޭތޯ އަދި ވެންޓިލޭޓަރުންބައިއެޅުނީ ލަންކާގަތިބިއެކުވެރިންގެ ތެރެއިންކިތައްމީހުނަށްތޯބަލާ ނުލިބޭފަރާތްތަކާވާހަކަދައްކާލާ ހަނިމާދޫގަޖެއްސިކަހަލަގޭމެއްޖައްސަން ނުވެއްފިލޭނެދޯ؟