އއ.ރަސްދޫ ބަނދަރުގެ ބޭރު ތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ރާވާފައިވާ މަޝްރޫޢުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުވާލަން އެރަށު ކައުންސިލުން މަސައްކަތް ކުރާ ކަމަށް ބައެއް ރައްޔިތުން ތުހުމަތު ކޮށްފިއެވެ.

ރަސްދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ރަސްދޫ ބަނދަރުގެ ބޭރު ތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ބެހޭ ގޮތުން ރަށު ކައުންސިލާއި ސަރުކާރާއި ދެމެދު ކޮށްފައިވާ މުއާމަލާތްތަކުގެ މައުލޫމާތު އޮޅުވާލުމަށް މިރޭ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރި ނަމަވެސް ހަޤީޤަތް އެނގުމުން ބައްދަލުވުން ހޫނުވެ، އެންމެ ފަހުން ބައްދަލުވުން ދޫކޮށް ރައްޔިތުން ނިކުމެފައިވާ ކަމަށެވެ.

"މަޝްރޫޢުގެ މަސައްކަތް ރާވާފައި އޮތީ ރައްޔިތުން ބޭނުންވާ ގޮތައް. ނަމަވެސް ކައުންސިލުން އެމަޝްރޫޢުގެ ސްޓަކްޗާއެއް ރައްޔިތުންނަށް ދައްކައިގެން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން. އެއީ ސަރުކާރުން މިރަށަށް އެއްވެސް ކަމެއް ކޮށްނުދޭކަން ދެއްކުމަށްޓަކައި ކުރާ ކަމެއް. މިރޭ ބޭއްވި ބައްދަލުވުމުގައި ރައްޔިތުން ކުރި ސުވާލުތަކެއްގެ ސަބަބުން ހަޤީޤަތް އެނގުމުން ރައްޔިތުން ރުޅި އައީ." ރަސްދޫ ރައްޔިތަކު ބުންޏެވެ.

ރަސްދޫގައި ތިން ކައުންސިލަރުން ތިއްބަވާއިރު ތިން ބޭފުޅުން ވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީ އަށެވެ.

ރަސްދޫ ބަނދަރުގެ ބޭރު ތޮށި ރައީސް ނަޝީދުގެ ވެރިކަމުގައި އެއްކޮށް ފުރިހަމަ ނުކޮށް އޮތުމުން ހުޅަނގު މޫސުމުގައި ރަސްދޫ ބަނދަރު ބޭނުންކުރަން ދަތިތަކެއް ދިމާވެއެވެ. އެހެންކަމުން މިހާރުގެ ސަރުކާރުން ވަނީ ތޮށި އިތުރަށް ދިގުކުރަން ނިންމާފައެވެ.

ރަސްދޫ ބަނދަރުގެ ބޭރު ތޮށި މަރާމާތު ކުރުމުގެ މަޝްރޫއަކީ 9.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ތިން މަސްދުވަހުގެ ތެރޭގައި މިމަޝްރޫޢުގެ މަސައްކަތް ނިންމުމަށެވެ. މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މެއި މަސްތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަޝްރޫޢުގެ މަސައްކަތް ފެށުމަށް އެމްޓީސީސީ އިން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަލީލު

    އެ ހަމަ ތެދެއް މަށަށް ވެގެންވަންޏާ ތިކަންކުރިޔަކަ ނުދޭނަން. މަށަކީ ރައީސް..

  2. އަނީލް

    އޮޅުވާލައިފަ އޮންނާނީ ނުވާނެ އެއްކަމެއްވެސް

  3. އ މ ރ ބ

    ތި ކައުންސިލަކީ އުވާލަންޖެހޭ ކައުންސިލެއް، ރަށަށް ފައިދާވާނެ ކަމެއް ކުރުމުގެ ބަދަލުގައި، އަބަދު އުޅެނީ އަމިއްލަ ކަންކަމުގައި، ދެން އެކަހަލަ މީހުން ދިގުހަދާ، އޮޅުވާވެސްލާނެތާ،،

  4. ާިަަަަލޮލް

    ހަޖަމު ކުޮއްލަަަަަަަަ

  5. ރަސް އަންމަޑޭ

    އެއީ ހުސްދޮގު. ޕީ.ޕީ ކުދިން ހަދަނީ ހުސްދޮގު