19:14

އައްޑޫ ސިޓީން މިއަދުވެސް ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިއްޖެ

 

17:03

ކ. އަތޮޅު ކާށިދޫން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

10:13

ކޮވިޑްގައި އަނެއްކާވެސް މީހަކު ނިޔާވެއްޖެ.

09:39

ވެކްސިން ޖަހާތާ ދެއަހަރު ފަހުން މަރުވާނެ ކަމަށް ބުނެ ރަށްފުށު މީހުން ވެކްސިން ޖަހަން ދެކޮޅު.

09:05

ކޮވިޑުން ސަލާމަތް ކޮށްދޭނެކަން %100 ކަށަވަރު ކުރެވޭ ތިން ބޭހެއް ދެނެގެންފި.

އަންގާރަ ދުވަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ކޮވިޑް ފެތުރިގެން ހިނގައިދާނެތީ ގިނަ ރަށްތަކެއްގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި އޮތް މަންޒަރެއް ނުފެނެއެވެ. އީދު ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު ގައިދުރުކަމެއް ނެތެވެ. ބައެއް ރަށްތަކުގައި މާސްކް އެޅުމެއް ވެސް ނެތެވެ.

މިހާރު ގިނަ ރަށްތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު އީދު ޗުއްޓީ ނިމޭއިރު އަނެއްކާވެސް ކޮވިޑްގެ އިތުރު ރާޅެއް ރާއްޖެއަށް އަރާފައި އޮތުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އަންގާރަ ދުވަހުރާއްޖެ އިން އިތުރު 169 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އަންގާރަ ދުވަހު މާލެ އިން ކޮވިޑަށް ފައްސިވީ 24 މީހުންނެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 127 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން 15 މީހުން އަދި ސަފާރީތަކުން އިތުރު ތިން މީހުން އަންގާރަ ދުވަހު ފައްސިވިއެވެ.

އަންގާރަ ދުވަހު ކޮވިޑަށް ޓެސްޓް ކުރީ 4932 މީހުންނެވެ. އަންގާރަ ދުވަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3.43 މީހުން ކޮވިޑަށް ފައްސިވިއެވެ.

އަންގާރަ ދުވަހަކީ ޖޫން މަހުގެ 27 ވަނަ ދުވަހަށް ފަހު އަތޮޅުތެރެއިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައި މިވަނީ އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ 14 ދުވަސް ފަހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހހހ

    ދިވެހިންވާނީ ދިވެހިންނަށް ، އީދުތަކުގައި ކޮވިޑް ވަރަށް ބިރުން އުޅޭނީ ،