އީދު ޗުއްޓީއަށް ކ.މާފުއްޓަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު އެ ރަށުގެ އަންހެނުންތަކެއް ފަހަތުން ދުވެ, އަންހެން ކައުންސިލަރަކަށް ހަމަލާދިނުމުން ރޭ ހައްޔަރުކޮށްފި އެވެ.

މާފުށީ ކައުންސިލް މެންބަރަކު މިއަދު ވިދާޅުވި ގޮތުގައި ކެފޭއެއްގެ ތެރޭގައި ތިބި އަންހެނުންތަކެއް ފަހައި އެ މީހާ ދުވީ އޭނާ މަރާލަން އުޅެނީ ކަމަށް ގޮވަމުންނެވެ. އެ މަންޒަރު ވީޑިއޯކޮށްދޭން އެދި ފަހަތުން ދާން ފެށުމުން އޭނާގެ ކިބައިން ސަލާމަތްވާން އެ މީހުން ގެއަކަށް ވަދެ ދޮރު ލައްޕަން އުޅުމުގެ ތެރޭގައި އެ މީހާގެ އަތުގައި އޮތް އުލެއް އަންހެން ކައުންސިލަރެއްގެ ބުރަކައްޓަށް ހަރާލާފައިވާ ކަމަށް ވެސް މައުލޫމާތު ދެއްވި ކައުންސިލަރު ވިދާޅުވިއެވެ.

ނަމަވެސް ކައުންސިލަރަށް މާބޮޑު ޒަހަމެއް ނުލިބޭ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

ފުލުހުން އޭނާ ހައްޔަރުކުރި ފަހުން ކައުންސިލުން ބެލިއިރު އޭނާ މާފުއްޓަށް އެތެރެވި ގޮތެއް ނޭނގޭ ކަމަށް ވެސް ކައުންސިލުން ބުނެއެވެ. މިހާރު ރަށްތަކަށް ދަތުރު ކުރުމަށް ކައުންސިކްގެ ހުއްދައެއް ނަގާކަށް ނުޖެހެއެވެ. ނަމަވެސް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް ދެހަފްތާ ދުވަސް ވާން ޖެހެއެވެ. ހައްޔަރު ކުރި މީހާ ވެކްސިން ފުރިހަަމަ ކުރިތާ ދެހަފްތާ ވީކަމެއް އަދި ސާފެއް ނުވެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ދަތުރު ކުރުމުގެ ފުރުސަތު ދިނުމުން ވެކްސިން ފުރިހަމަ ނުކޮށް ވެސް ބައެއް ރަށްތަކަށް ގިނަ ބަޔަކު އަންނަނީ ދަތުރު ކުރަމުންނެވެ. ހާއްސަކޮށް މާލެ އަތޮޅުގެ ގެސްޓްހައުސް ގިނަ ރަށްތަކަށް ވެކްސިން ފުރިހަމަ ނުކޮށް ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބްރާ

    ކޮވިޝީލްޑް ދެ ވެކްސިން ޖެހިނަމަކަ ތިޔާހެނެއް ނުވީހެެވެ.

  2. ޜަނާ

    ތިޔަ ވާނީ އަނެ އް ރާ އްޖެ މީހުން ބޯ ފާޑުގެ ޖޫހެ އް ބޮޢިގެން ހުރި މީހަކަށް
    ޢެހެންނާ ފަހެ

    10
    1
  3. ދޯނި

    ފިލުމު ތައް ބަލައިގެން މަގުމައްޗައް ނުކުމެ ފިލުމު ކުޅެނީ

  4. ވެކްސިން

    ވެކްސިން އެކަނިއޮތަސް އަދި ނުވާނެތާ ކޮބާ ޕީސީއާރް

  5. މަޖުބޫރީހާލަތް.

    އަދުލުއިންސާފު ކޯދުލާ އަރަނީ