ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އިންޑިއާއެކު މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ގޮވައިލައިފިއެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ މަޖިލިސް މެންބަރު ޝުބާޝް ޗަންދްރަގެ ޒީމިޑިއާ ކުންފުނިން ހިންގާ ވިއޯން މީޑިއާއަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ނަޝީދު ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އަދި އިންޑިއާއާ ގުޅުން ބޭއްވުމާ ދެކޮޅު އެއްވެސް ވިސްނުމެއް ރާއްޖޭގައި އޮވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ވިސްނޭ ގޮތުގައި އިިދިކޮޅު ފަރާތްތައް ހިމެނޭ ގޮތަށް ސިޔާސީ ހުރިހާ ފަރާތްތަކުން އެކައްޗެއް ކިޔައި ރާއްޖޭގެ އެންމެ ދުވަސްވި އެއް އެކުވެރިޔާ، އިންޑިއާއެކު މަސައްކަތްކުރަން ޖެހޭކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އިންޑިއާއެކު "ހާއްސަ" ގުޅުމެއް ބާއްވައި އިންޑިއާ ފަސްޓް ފޮރިން ޕޮލިސީގެ ގޮތުގައި ދެެކެން ޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާއާ ހާއްސަ ގުޅުމެއް ބާއްވާ އިންޑިއާ ފަސްޓު ފޮރިން ޕޮލިސީގެ ގޮތުގައި ބާއްވަން ހުރިހާ ޕާޓީތަކުންވެސް ޖެހޭނެ ކަމަށް ދެކެން" ނަޝީދު ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނު އިންޓަވިއު ދެއްވަމުން ގެންދަވަނީ ވެސް ބައިނަލްއަޤުވާމީ މީޑިއާތަކުގެ ތެރެއިން އިންޑިއާގެ މީޑިއާތަކާއި ނޫސްތަކަށެވެ.

އިންޑިއާއާ ގުޅެން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ތާއީދު ކުރަން ނަޝީދު ގޮވާލެއްވިއިރު، އެމަނިކުފާނު ވަނީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަކަށް ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އެކަމަކު އެ ކޯލިޝަނުން "އިންޑިއާ އައުޓް" ގޮވަން ތާއީދު ނުކުރުމަކީ ނަޝީދުގެ ޝަރުތެކެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާ އެކީގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ލޯނުން ހަމަޖައްސާފައިވާ ގިނަ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. މި މަޝްރޫއުތައް އިންޑިއާގެ ކުންފުނިތަކުން ހިންގާއިރު، މަޝްރޫއު ހިންގަން ވެސް އިންޑިއާގެ ގިނަ ބަޔަކު އައިސް ތިބެއެވެ.

އިންޑިއާއާ ގާތް ގުޅުމެއް ރައީސް ސޯލިހްއާއި ނަޝީދު ވެސް ބާއްވަމުން ގެންދަވާއިރު، މި ދެ ބޭފުޅުންގެ މެދުގައި ބާރުގެ ވާދަ ބޮޑުވެ އެމްޑީޕީގެ އެތެރޭގެ މަސްރަހު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ރައީސް ސޯލިހްއާއެކު ދެން ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ ކަން ނަޝީދު އިއުލާން ކުރެއްވި ފަހުން، ބޭރު ގައުމުތަކުގެ ތެރެއިން މި ޚަބަރުތައް އެންމެ ބޮޑަށް ކަވަރު ކުރަމުން ދަނީ އިންޑިއާގެ ނޫސްތަކުގައެވެ.

އެހެން ވިޔަސް "އިންޑިއާ އައުޓް" ގެ ޝިއާރަކީ ރާއްޖޭގެ މިނިވަން ކަމުގެ ދިފާއުގައި ބޭނުން ކުރެވޭ ޝިއާރެއް ކަމަށް ބުނެ އެ ޝިއާރަށް ޕީޕީއެމްއާއި ޕީއެންސީން ތާއީދު ކުރެއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އިންޑީއާ އިން މަސައްކަތް ކުރަނީ އެ ގައުމުގެ ޖަސޫސީ މީހުން ވެސް ތިބޭ ގޮތަށް އަސްކަރީ މަރުކަޒުތަކެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ. އެކަމަކު މިއީ ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރާ ވާހަކައެކެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

 1. ޒަރީނާ

  މޯދީ އަށްފަހު އިންޑި އާގެބޮޑުވަޒީރަކަށް ވާނެކަމަށްލަފާކުރެވެނީ މުހަންމަދު ނަޝީދު

  67
  1
 2. Anonymous

  ކޮބާހޭ އިންޑިޔާ އާ ދިވެހިން ގުޅިގެން ކުރާނެ ފައިދާއެއް

  61
 3. ޢަހުމަދު1

  އިންޑިއާއި ގުޅުން ކަނޑަން އެއްވެސް މީހަކު ނުގޮވާ. އެންމެން ވެސް އެދެނީ ރާއްޖޭގެ މިނިވަންކަން ނުގެއްލޭ ގޮތަށް ރާއްޖެ އޮތުން. އިންޑިއާއިން ތަންކޮޅެއް ބޮޑަށް ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނާތީ މައްސަލައަކީ. އިންޑިއާ ހަގީގަތުގައި ރާއްޖޭއާއި މެދު ހާސްވާންޖެހޭ އެއްވެސް ސަބަބެއް ނެތް.

  70
 4. ނ

  ޔާމިން ވެރިކަމުގާ އިންޑިޔާއިން ގުޅުން ކަނޑަން ފެށީ ނަޝީދު ހައްޔަރު ވެ ޖަލުހުކުމް އައިމާ...މޯދީ ރާއްޖެ އައުން ކެންސަލް ކުރީ ....ރައީސް ޔާމިން 3 ފަހަރު ރަސްމީ ދަތުރު ކުރެއްވި އިންޑިޔާ އަށް އެމްއާރުއައި މެޝިން ވެސް ބަހައްޓާ ދޭންމޭ ކިޔާ ގުނބޯ ހެއްދީ....މިހާރުވެސް މިސަރުކާރު ވެސް އެދަލުގާ ޖެހިފައިވަނީ...މިހާރު ގޭދޮށު މަސްފެކްޓްރީ ބިންގާ އެޅި ގޮތައް...ހުއްޓިފައި ބުރިޖް ވެސް މާދަން މާދަން ކިުާލަ ކިޔާލާ..އެގޮތެއް ހުރިހާ ވެރިންނަކަށް އޯކޭ އެއް ނުވާނެ...

  57
 5. .......

  އެއީ މިކަލޭގެ އާއި މިކަލޭގެ އާއިލާއިން އިންޑިޔާއަތުން ކޭވަރު ގިނަ ކަމުންބާ....މުސްލިމު ގައުމަކުން އިންޑިޔާ އާއި ގުޅިގެން ކުރިޔަށް ދެވޭނެ މަގެއް އޮތް ކަމަކަށް ނުދެކެން

  69
 6. ާއަސްލޭ

  ނަޝީދު މޮޔަވީދޯ.....
  އަހަރުމެން ނޫޅެން އިންޑިޔާ ދަށުވާން....
  ނަޝީދު އޮވޭ އިނޑިޔާ ދަށުވެފަ......

  73
 7. ާއަސްލޭ

  ނަޝީދު މޮޔަވީދޯ.....
  އަހަހަރުމެން ނޫޅެން އިންޑިޔާ ދަށުވާން....
  ނަޝީދު އޮވޭ އިނޑިޔާ ދަށުވެފަ......

  48
 8. އަހަންމަދު

  އިންޑިޔާ އައުޓް!

  74
  • ޙައްގުބަސް

   މޮޔަވީތަ ނަޝީދު؟ ރާއްޖެ ނުޖެހޭ އިންޑިޔާ ފަސްޓް ފޮރިން ޕޮލިސީއެއް ގެންގުޅޭކަށް!! ރާއްޖެއަކީ ހުޅުވާލެވިފައިވާ ތަރައްގީއަށް ފެންބޮވައިގެންފައިވާ އަމިއްލަވަންތަ މިނިވަން ގައުމެއް!! ރާއްޖެއަކީ ފުދުންތެރި ދުނިޔޭގެ ތަހްޒީބު ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ދެމިއޮންނަން ދިވެހިރައްޔިތުން ބޭނުންވަނީ!! މިރާއްޖެ ނުޖެހޭ އިންޑިޔާ ބުނީމާ ބުނާހާގޮތެއް ހަދައިގެން އޮންނާކަށް!! އިންޑިޔާއަކީވެސް އެކުވެރި ގައުމެއްގެ ގޮތުގައި އޮންނަންވީ!! އެއާ ޚިލާފަށް އެމީހުން އެއްޗެއްދިނީމާ ކައިގެން ބޮޔެގެން އުޅޭ ގައުމަކަށްވާކަށް ނުޖެހޭ!! އެމީހުންގެ އަތުން ނޫނީ ލޯނެއް ނަގައިގެންނުވޭ!! އެމީހުންގެ ކުންފުނިތަކަށް ނޫނީ މަސައްކަތް ޙަވާލުކޮށްގެންނުވޭ!! ދެން އިންޑިޔާ އަތުން ކޮޅުގޮހަށް ލައްޑޫ ކައިގެން މިގައުމުގައި ތިބި އިންޑިޔާގެ ޕަޕެޓުންނަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނަންޖެހޭ!! އަޅުގަނޑުމެން ބޭނުންވަނީ މިނިވަންކަމާއެކު އުޅެން! މިގައުމުގެ ރައްޔިތުން ބޭނުންވަނީ ހުރިހާ ގައުމަކާއެކުވެސް މިނިވަންކަމާއެކު މުޢާމަލާތްކޮށް ރަޙްމަތްތެރިކަން ބާއްވާ ގައުމު ކުރިއަށް ގެންދަން!! އިންޑިޔާ މިގައުމަށް ބަސްކިޔާ މިގައުމުގެ ދާޚިލީ އެއްވެސް ކަމަކާ މިހާރު މިބެހޭގޮތަށް ބެހެން މިރާއްޖޭގެ ރައްޔިތުން ބޭނުންނުވޭ!! ނަޝީދަށް މިކަން ސާފުވާންޖެހޭ! އިބޫއަށްވެސް މިކަން ސާފުވާންޖެހޭ!! ޝާހިދަށްވެސް މިކަން ސާފުވާންޖެހޭ! މާރިޔާއަށްވެސް މިކަން ސާފުވާންޖެހޭ!! ގައުމަށް ޣައްދާރުވެފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ އެކަމާގުޅޭ ގާނޫނު އުފަންކޮށްގެން! އިންޑިޔާއައުޓް#

   66
 9. ވަރަށް

  ކަލޭ އޮވެބަލަ އިންޑިއާ ވެފަ. އެހެން މީހަކު ނޫޅެ ތިކަމާ

  62
 10. ސްމަ

  މަޖިލީހުގެ ތަޅުމުގެ ސުޕީކަރަކައް ނޭނގޭނެ ގައުމުގެ ހާރިޖީ ސިޔާސަތެއް. ނަޝީދުއަށް ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލަން.

  59
 11. ކޮވިޑް

  ހުރިހާ ޕާޓީ އަކުންވެސް އިންޑިޔާ އާއި ގުޅުން އޮވޭ. ނަޝީދައް އެވަރު ނޭންގެނީ . ހެޔޮވިސްނޭ ސިޔާސީ މީހުން ބޭނުންނުވަނީ ރާއްޖެ އަޅުވެތި ކުރުވަން ، އިސްލާމް ދީން ހިމާޔަތް ކުރަން ، މޭބުން ނުވަނީ މުޅި ޤައުމު އިންޑިޔާ އިން ވަކި ހިއްޕާލަން އުޅޭތީ ، އަޅުވެތި ކުރަން އުޅޭތީ، މަލިކަށް މި ރާއްޖެ ވާން ބޭނުން ނުވަނީ، ސިޔާސީ މީހުނެއް ނޫން މުޅި ޤައުމުގެ ރައްޔަތުންވެސް ، އެމްޑީޕީގެ މަޑު ބަޔަކު ނޫނީ.

  40
 12. އަހަރެން

  ނަޝީދު މޮޔަފުޅު ވީތޯ.... މަނިކު ފާނު އިންޑިޔާގެ ރައްޔިތުން މަޖިލިސް ގެއަށް ކުރިމަތިލުމަށް ފުރުސަތު ދިނުމަށް މޯދީއައް ދަންނަ ވަންވީނޫތޯ..... މި ނިކަމެތި ދިވެހި ރައްޔިތުން ހަމަޖެހިގެން އުޅެން ދޫކޮށްފައި ނަޝީދު ދުރުގައި ހުންނަން ވަން ފެނޭ..... "އިންޑިއާ އައުޓް" "ނަޝީދު އައުޓް"

  47
 13. އައްޑޫ ސިޓީ

  އިންޑިއާ މިހާރުން މިހާރަން އައުޓް

  62
 14. ދުރުމި

  ހޭބަލިނުވޭ. ތިޔަ ދެ ގޯލާ އަކީ ދިވެހިންގެ ޚާއިނުން

  57
 15. ހުސެން

  #އިންޑިއާ އައުޓް
  ރައްޔަތުންގެ ޟުޢޫރު އިއްވަމާ

  61
 16. ނަޒީފް

  ހަރާންފަދަ. މަނިކުފާނުމޮޔަފުޅުވީތޯ. ކެނެރީގޭ މަސްލަހަތައްޓަކައި ކީއްކުރަންތޯ އަޅުގަނޑުމެން ގުރުބާންވާން މިޖެހެނީ. އަޅުގަނޑަށް ފެންނަނީ ކެނެރީގެ އުވާލަން. ގައުމަށް ގައްދާރުވާ މީހުންހެ ގޯތިގެދޮވެސް ދައުލަތަށް ނެގޭނެ

  34
 17. ޖހ

  މިކެނެރީގޭ އެތިގަޑު އަވަހަކަށް ގުރާދުއަށް ފޮނުވަން ޖާގައެއްލިބޭ ބަލާބަލަ

  25
 18. ޖަގަޑާ

  ކަންކަން ހަމަ މަގުގައި ހުއްޓަސް މިކަލޭގެ އުޅޭނެ ބޮޑު ޖަގަޑާގަޑަކަށް ހަދާ މުޅި ގައުމު ހަލަބޮލިކޮއްލަން. ސޮނިކަތުރުފަނި.

  27
 19. ރާއަލިފް

  އިންޑިއާ އައުޓު ކަލޭ އައުޓު ސަންޖޭ މުދީރު އައުޓު

  36
  1
 20. ހައްޕު

  ވަކަރުގެ މޮޔަ ސޮރު.

  31
  1
 21. ވަޒީރެއާލާ

  މީ ތަނަކުހުރި ބޮޑު މަރުމޯލެއްތާ؟ އިންޑިޔާއާގުޅިގެން ނޫންތަ މިއުޅެނީ؟ މިހާރު އަބަދުވެސް ޝަރާބު ހިއްޕަވައިގެންތޯ ތިޔަ ހުންނަވަނީ؟

  10
 22. އައްމަޑޭ

  އިންޑިއާ އަންބޮނޑި ތެރެއަށް ލައިގެން ނަޝީދު ގޮސް އޮންނަންވީނު މޯދީ އުނގުތެރެއަށް ވެއްޓި؟ އަހަރުމެންނަށް ދުއްޕާން ނުކޮށް.

 23. ޤަލީ

  މީނާ އަށް ދިވެހިގިނަ ރައްޔިތުން ގެ އަޑު ނީވޭބާ! ނޫނީ އަޑު އަހަން ބޭނުން ނުވަނީބާ..

  11
 24. އާދަނު

  މޮޔަ ނުވޭ. ތިޔަކަމެއް ނުވާނެ.

  10
 25. މުހައްމަދު ޝާހިދު

  ބަލަ އިންޑިޔާ އާއި ނުގުޅިތަ ރާއްޖެ ކުރީއްސުރެ އޮންނަނީ؟ ތިޔަވިދާޅުވާ ގުޅުަމަކީ، ރާއްޖޭގައި އިންޑިޔާ ސިފައިން ބޭތިއްބުމާއި، ރަށްތަކާއި، ފަޅުފަޅާއި، ބިންބިމާއި، ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު އިންޑިޔާ ގެ ކޮންޓްރޯލުގެ ދަށަށް، ސިއްރު އެގްރީމެންޓްތައް ހަދައިގެން ދޫކޮށްލުން ކަމަށްވާނަމަ، ތިޔައީ ޤައުމަށް ގައްދާރުވުން.

  14
 26. ރާއްޖެތެރެ

  ނޮހޮރަޕްޕާނެ އިސްތިއުފާ ނަޝީދު

  11
 27. ސޯވިއެޓް ޓޮކްސިން ސީ

  އިންޑިއާ އާއި ގުޅުން ބާއްވަން ފެނޭތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ފެނޭ

  10
 28. ހުސެން

  ހަމަހަމަ ޙާރިޖީ ސިޔާސަތެއް ބީތާޔާ ގެންގުޅެން ޖެހޭނީ.މިހާތަނަށް ވެސް ރާއްޖޭގެ ސްޓޭންޑަކީ ހަމަހަމަ ޙާރިޖީ ސިޔާސަތު.ބޯ ބުރާންތި ވެގެން ބޮޑެތި މުއްސަނދި ގައުމުތަކާ ލެޑިގަންނާނީ ހާދހާ ގަޅިވީމާޔޭ.ހަމަޔަށް ދެއިރަށް ކާނުލެވޭ މިލިޔަން މިލިޔަން މީހުން ގެ އާބާދީ އެއް ތަރައްޤީ ނުކުރެވޭ އިންޑިއާ އަށް ރާއްޖެ ތަރައްޤީކުރާނެ ފޯމިއުލާ ކޮހާ ދީބަަލަ.ތަރައްޤީވާނީ ކަލޭމެން ކަހަލަ ސިޔާސީ މައްކާރުންގެ ޖީބު.އެހެންނާ ފަހެ މީދެން އިންޑިއާ އަކަށް ކޮން ކަނުލޯތްބެއް ވެގެން މިއުޅެނީ މި ބޯގޯސް

  11
 29. ދިވެހި ރައްޔިތެއް

  ރާއްޖޭގައި "އިންޑިއާ ފަސްޓް'' ޕްލިސީއެއް ނެހެދިގެން އުޅޭއިރު އިންޑިއާގެ " މޯލްޑިވްސް ފަސްޓް'' ޕޮލިސީ އެއް އޮވޭތަ ނޫނީ ހަދަން އެބަ އުޅޭތަ؟

  13
 30. ޙަސަނާ

  މޯދީ ކަހަލަ މުސްލިމުންގެ ދުޝްމިނަކު ވެރިކަމުގައި ހުއްޓާ އެ ބަޔަކާ ގުޅޭނީވެސް މުސްލިމިުންނާ ދުޝްމިނުބަޔަކު.

  16
 31. ނާދިރާ

  ކޮންކަހަލަ ވޭނެއް ޖެހިގެން އުޅޭ މީހެއްތަ މީ

  13
 32. މެން

  ކޮންބައެއްތަ އިންޑިއާއި ނުގުޅޭނީ؟ މީ ކިހާރުގަދަ ކަމެއް މި އަންނި ސޮރު ޤަމުތަކާ މިރާއްޖެ ޖައްސާ ފިތުނަ އުފައްދަނީ ދެ ޤައުމުގެ ރައްޔިތުންޖައްސަނީ ފިތުނަ އުފައްދަނީ، އެހެންކަމުން އެއްމެބޮޑު ޓެރެރިސްޓަކީ ކާކު؟

  11
 33. ހުސެންފުޅު

  އެމްޑީޕީ އައް ތިއަމުރުކުރޭ އަހަރެމެން ނޫޅެން ތިކަކަންކުރާކައް!!

 34. ގޯޅާ

  ހަބަރުދާރު މިގައުމުގެ ކަންތަކާނުބެހި ދުރައްދޭ. ނުލަފާއެތި. އަހަރެމެންގެ ގައުމުތިދަނީ ވިއްކާހުސްކުރަމުން.

 35. އިންޑިއާ އައުޓް

  ބަލަގަ މޮޔަ ސޮރާ ސޮރުބުނާ ގޮތައް ކަންތައް ކުރަން މިރާއްޖޭގެ ރައްޔިތުން އެބައުޅޭތަ މޮޔަގޮވަނީ

 36. ހެހެ

  މީހަކު ނުގޮވާ އިންޑިޔާއާ ގުޅުން ކަނޑާކަށް، މީހުން ގޮވަނީ މިތާ ތިބި އިންޑިޔާ ސިފައިން ބާލާށޭ، ހެލިކޮޕްޓަރުވެސް ނުދެންޔާ ގެންދާށޭ، ދިވެހި ބަހުން ލިޔުނީމަ ސާފުވާނެ ކަމަށް ހީކުރަން.

 37. ކުޅުދުއްފުށި

  އިންޑިއާ އައުޓް

 38. މުހުތާދު

  އިންޑިއާ ފަސްޓު ފޮރިން ޕޮލިސީގެ ދަށުން މިވީ 56 އަހަރުތެރޭގައި ކުރެވުނީ ކޮންކަމެއްތޯ؟ އިންޑިއާ ފަސްޓު ފޮރިން ޕޮލިސީގެ ދަށުން އެހެން ޤައުމަކުން އެހީއެއްދީގެންނުވޭ ވާހަކަ ދައްކައިގެންނުވޭ އެވާހަކައިގެވެސް ކަނދުފައްޗެއްގެ ގޮތުގައި އިންޑިއާ ބައިވެރިކުރަންޖެހޭ. އިންޑިއާ ފަސްޓު ފޮރިން ޕޮލިސީއެއް އޮތަސް މީ މިނިވަންޤައުމެއް އެހެނިހެން ޤައުމުތަކާއި ގުޅުން އޮންނަންވާނެ ދިވެހިރާއްޖެ އެމެރިކާގެ ޖިއޯޕޮލިޓިކްސްތެރެއިން އިންޑިއާއިން ފިއްތާލާ ކޮންމެ ފިއްތުމަކަށް ދިވެހިން ފިތިބާރުވެ ހަންނޮޅާކަމަށް ވަންޏާ އިންޑިއާ ފަސްޓު ފޮރިން ޕޮލިސީގެ ބޭނުމަކީ ކޮބައިތޯ؟ އިންޑިއާ ފަސްޓު ފޮރިން ޕޮލިސީގެ ބޭނުމަކީ އިންޑިއާއަށް ނުވަތަ މިސަރަހައްދުގެ ސެކިއުރިޓީ ދިވެހިރާއްޖެއިން ކޮމްޕްރޮމައިޒް ނުކުރުން އެކަން ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުންވެސް ކޮށްފައިވޭ. އިންޑިއާ ފަސްޓު ފޮރިން ޕޮލިސީގެ ރާއްޖެ ތަރައްޤީވުމާއި އިންޑިއާއިން ދެކޮޅުހެދުމަކީ އިންޑިއާ ފަސްޓު ފޮރިން ޕޮލިސީގެ ބޭނުން ދިވެހިންގެ މެދުގައި ކެނޑިގެންދާނެ ކަމެއް. އަދި އިންޑިއާ ފަސްޓު ފޮރިން ޕޮލިސީ ވޯކްކުރަނީ ވަކިބައެއްގެ ވެރިކަމުގައި އެކަނިކަން 2012 އިން 2013 އަށް އަދި 2013 އިން 2018 އަށް އިންޑިއާ އަމަލުކުރިގޮތުންވެސް ދިވެހިންނަށް އެގިހާމަވޭ އިންޑިއާ ފަސްޓު ފޮރިން ޕޮލިސީއަށް އިހުތިރާމްނުކުރާ އެއްވެސް ބަޔަކު ނޫޅޭ އެކަމަކު ދިވެހިންގެ ތަރައްޤީ އެޕޮލިސީއަކާއި ހެދި ހުއްޓިގެން ނުވާނެ