އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އެމްޑީޕީން ވަކިކުރަން އެމްޑީޕީ ވޭމަންޑޫ ގޮފިން ގޮވާލައިފިއެވެ.

މިއީ ނަޝީދާއި ދެކޮޅަށް މިހާތަނަށް އެމްޑީޕީގެ ގޮތްޕަކުން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ބައެއް ގުނަވަންތަކުންނާއި ބައެއް ގޮފިތަކުން ނަޝީދަށް ތާއީދުކޮށް ބަޔާންތައް ނެރެމުން ގެންދަނިކޮށް ވޭމަންޑޫ ގޮފިން ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ޕީޕީއެމާ ގުޅިގެން ސަރުކާރާއި ދެކޮޅަށް ކޯލިޝަން ހަދަން ގޮވާލި ޕާޓީގެ ރައީސް ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފު، މީގެ ކުރިން ރީކޯ މޫސައާއި އަލްހާން ފަހުމީ ޕާޓީން ވަކިކުރި އުސޫލުން އެމްޑީޕީން ވަކިކުރުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީގެ އަސާސްތަކަށް އިހުތިރާމުކޮށް ޕާޓީގެ އެންމެ އިސްލީޑަރަކީ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމާއި، ދެވަނަ ދައުރެއް ބޭނުންވާނަމަ ވެސް އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕްރައިމަރީ އަކާ ނުލާ މީގެ ކުރިން ރައީސް ނަޝީދަށް 2013 ގައި ޓިކެޓިދިން އުސޫލުން ރައީސް ސޯލިހަށް ވެސް ޓިކެޓު ދިނުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ އަސާސްތަކަށް ސަރުކާރުން އިހްތިރާމް ނުކުރާކަމަށް ނަޝީދު ވިދާޅުވުމުން އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުންނާއި އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ނަޝީދުގެ ވާހަކަތަކަށް ތާއިދުކޮށް ސަރުކާރާއި ދެކޮޅަށް ބަޔާން ނެރެފައެވެ. އަދި ނަޝީދަށް ތާއިދުކުރާ އެމްޑީޕީގެ ބައެއް ދާއިރާތަކުން ވެސް ގެންދަނީ ނަޝީދުގެ ވާހަކަތަކަށް ތާއިދުކޮށް ބަޔާންތައް ނެރެމުންނެވެ.

ނަޝީދު ގެންދަވަނީ ނަފްރަތުގެ ބިލް ސަރުކާރުން ފުރަތަމަ ހުށަހެޅި ގޮތައް ފާސްނުކުރާނަމަ ސަރުކާރަށް ތާއިދު ނުކުރާނެ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ. ނަމަވެސް ނަޝީދުގެ ވާހަކަތަކަށް ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ÷ޕާޓީ ގެ މެސެންޖަރ

  ގޮވާލީ ޕާޓީ ގައި އުޅޭ ގޫ ޕާޓީ އަށް ތާއީދު ކުރާ ހައްދުފަހަނައަޅާ އުޅޭ ބައެއް

  9
  8
 2. ޒަރީނާ

  ހުރިގޮތްޕަކުންވެސް މިގޮތަށްގޮވާނެނަމަ !!

  37
  • ޙައްގުބަސް

   ނަޝީދު ވީހާވެސް އަވަހަކަަށް އެޕާޓީން ވަކިކޮށް ގެއަށް ފޮނުވާލަންވީ! އެމްޑީޕީއަށާ މިރާއްޖެއަށް ދެން އެންމެ ރަގަނޅުވާނެގޮތަކީ ނަޝީދު އެޕާޓީން ވަކިކުރުން!! ސިޔާސީގޮތުން ދެން ނަޝީދަށް ކުޅެވޭނެ މާބޮޑު ކުޅިއެއް ނަޝީދަކަށް ނެތް! ގެއަށް ފޮނުވާލާ ގޭގައި ފޮތްލިޔަން ނުވަތަ ފޮޅުވަޅު އަޅަން ބަހައްޓަންވީ! ނަޝީދުގެ ފަނާކުރާ ފިކުރަށް ތާއިދެއްނެތް! މިރާއްޖޭގެ ސިޔާސީ މައިދާނުން ދުރުކުރަންޖެހެނީ ނަޝީދާ މައުމޫނާ ގާސިމް! މިއީ ސިޔާސީ ހަތްޕުޑު މިހާރު! މައުމޫނުވެސް އެއުޅޭ ގޮތެއްދޯ؟ އުމުރުން 90 އަހަރުން މައްޗަށް ދިޔައީމަވެސް އަދިވެސް އަމިއްލަ އެދުމާއިގެން ހަމަ ތެޅިބާލަނީ!!

   22
   2
 3. ކޮވިޑް

  ހަމަ ތެދެއް ތި ބުނީ. ހިޔެއްނުވޭ އެމްޑީޕީ މީހުންވެސް އެ ޕާޓީގެ އިސް މީހެއްގެ ގޮތުގާ ބޯހަމަނުޖެހޭ، ސައިކޯ މީހަކު ހުންނަން އެދޭނެހެނެއް. ހަމަ ހަޤީޤަތުގާވެސް މިހާރު ނަޝީދު އެއީ ހަމަޖެހޭ މީހެއް ކަމަށް ޤަބޫލު ކުރަން ދަތި.

  44
  1
  • ޙަސަނާ

   އެ ޕާޓީގައި ގިނައިން ތިބީ އޭނާ ކަހަލަ ބޯހަމަނުޖެހޭ، ގޮތެއްފޮތެއް ނެތް މީހުން. އެ ބައިގަނޑު އޭނާގެ ފަހަތުގައި އުޅެނީ.

 4. އަލީ

  ނަޝީދުގެ ޕޮލިޓިކަލް ކެރިއަރު މި ނިމުނީ. ވައްލަލާމް.

  45
  4
 5. މަނީމަނީ

  ވަކިކުރަންފެނޭ މަވެސް މީ އެމްޑީޕީ މީހެއް

  47
  4
 6. Happy

  ޥަކިކުރަން ނުފެނެޭ!!

  7
  16
 7. ބަކަ

  ނައްޓާ ނުދާނެ ތީގެ އަޑީގަ ހުންނާނީ މަޑު މަޑުން އަގައިނުބުނެ ހުންނަ ހަމްޒާ. ވ

  6
  4
 8. އަހުމަދު

  ބޭރުކުރަން ތާއީދު

  27
  1
 9. މޮތޭ

  ނަޝީދު ފޮނުވާލާ ޕާގަލްޚާނާ އަކަށް.

 10. އަހަރެން

  ތިކަން ކުރަން މިހާރު ލަސްވެސް ވެއްޖެ..... ނަޝީދު އަކީ ބޮޑު ލަދުވެތި ކަމެއް

 11. ތުއްތުނާ

  ގޮއްވިނަޝީދުވަކިކުރަންތާއީދު !!

 12. hussain1

  ނަސީދުގެ ޕޮލިޓިކަިލް ކެރިއިރު ނިންމާވާހަކަ ތިގޮތައް ލިޔެހަދާ މިނިވަންކަން ހޯދާދިނީ ކާކު. ހަމަ ނަސީދު. ކިތައްމެ ނަފުރަތެއް ކުރިޔސް އަދިވެސް ދުނިޔޭގާ އެހުރީ މާތްﷲ ބަހައްޓަވާފާ. ބޮމުން ނުގޮވި ނަސީދެއް... ދެން ލަލަލާ.. ސާބަހޭ އަންނި

  1
  1
 13. އިންޑިއާ އައުޓް

  ވޭމަންޑުގަ އެތިބީ އަސްލު އެމްޑީޕީ މީހުން ވަކި މީހަކަށް ތާއީދުކޮށް ވަކިމީހެއްގެފަހަތުން ނޭނބުރޭ އެމްޑީޕީއަށާ އެޕާޓީގެ ރައީސައް ތާއީދުކުރާބައެއް ވަރައްސާފު އެހެން ނޫންތޯ

 14. މަޑުކަށި

  ހާދަ ހަރުކަށި ބަޔާނެކޭތީ .