އިދިކޮޅު ފަރާތްތަކުން ބައެއް މެންބަރުންގެ ޕާސްޕޯރޓް ހިސޯރުކޮށް ރާއްޖެއިން ބޭރަށް ފޮނުވައިގެން މަސައްކަތް ކުރުވާފައިވާކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާނަށް ފަހު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ބައެއް މެންބަރުން މިވާހަކަ ދައްކަވާދެއްވުމަށް އެދިފައިވާކަމަށެވެ.

"ބައެއް މެންބަރުން އަޅުގަނޑުމެން ގާތު ބުނެދޭށޭ ކިޔާފަ ބުނެފަ އެބަހުރި، ތިމަންނަ މިހުރީ ހަދާނެ ގޮތެއް ނޭންގިފައޭ، ރާއްޖެ ދެވޭނެ ގޮތެއްވެސް ނެތޭ، ޕާސްޕޯޓެއް ތިމަންނަ އަތަކު ނެތޭ، ޕާސްް ޕޯރޓްވީ މިވެނި ދެމީހަކު ހިފަހައްޓާފައޭ،" އަދުރޭ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ފުޅު ދައްކަވަމުން އަދުރޭ ވިދާޅުވެފައިވަނީ މިހާރު މިބޭފުޅުން ރާއްޖޭގައި ތިއްބެވި ކަމަށާއި އިދިކޮޅު ފަރާތްތަކުން މެންބަރުން ގެންގުޅުއްވާފައިހުރީ މިލެވެލްގައި ހައްޔަރުކުރައްވާގެން ކަމަށެވެ.

މިއަދު ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާން އިއްވާފައިވާއިރު، އިދިކޮޅު ފަރާތްތަކުން މިޖަލްސާއަށް ހާޒިރެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުނިޔަރ

    އަދުރޭ މިހާރު ކޮސްގޮވަނީތަ؟ މީގެ ކުރިން ގޮވަމުން ދިޔައީ ސައިބޯނި ބޮތްކެކޭ ، އެއްވެސް ކަމެއް ވާ ބަޔެއް ނޫނޭ ، އެއްކަމެއްވެސް ނުކުރެވޭނޭ ، މިހާރު މެންބަރުން މަޖިލިހަށް ހާޒިރު ނުވީމައި އިދިކޮޅު މީހުން މާވަރުގަދަ ބަޔަކަށް ވީތަ؟.. ތިކަހަލަ ކޮސް ނުގޮވާ އަމިއްލަ ހާލައިގެން މަޑުމަޑުން ހުރެވޭތޯ ބެލިއްޔާ އަދުރޭއަށްވެސް އެންމެ ރަނގަޅު ވާނީ... ހަމަ ކޮންމެ ނިޔުސް ކޮންފަރެންސަކާއި އެކީ ތިޔޮއް ބޭޒާރުވެ ، ފަޟީހަތް ވަނީ... އަދުރޭގެ ސަލާމަތް ހޯދާނީ އަދުރޭ..

  2. ާައަބުލޯ

    ކޮބާ އަނެއްކާ އަދުރޭގެ ޕާސްޕޯޓް

  3. މުހައްމާ

    އަދުރޭ! މެމްބަރުން ހިސޯރުކޮށްގެން އުޅެނީ ތި ޕިންކް ޕާޓީން މިހާރުވެސް ޔަގީންކަމެއް ނުދެވޭ ތި ޕާޓީގެ މެމްބަރުންނަކަށް އެހެން ފަރާތަކަށް ނުދާނެކަމަކަށް ދެން އަދުރޭ ކޮސް ނުގޮވާ ހުރޭ