މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓްގެ ހިދުމަތް ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މުޅި މާލެއިން ވަނީ ކަރަންޓުކެނޑިފައި ކަމަށެވެ.

ސްޓެލްކޯ އިން މިހާރު ދަނީ މާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މުޅި މާލެއަށް ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާއިރު ހޭދަވާނެކަމަށް ބެލެވޭ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

‏ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރަމުންދާއިރު، މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން ކުރިން ވަނީ މީޑިއާތައް މެދުވެރިކޮށް އަންގާފައެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ.

މާލެ އިން ކަރަންޓް ކެނޑުނު ނަމަވެސް ހުޅުމާލެއަށް ކަރަންޓްގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބެމުން އެބަދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދެން އަލުން ކަރަންޓު ލިބޭ އިރު ލިބޭނީ ހުޅު މާލޭ ކަރަންޓު/

  2. ަްއަހުމަދު

    އިއްޔެ އަދި މުގުނީ އަށް އިނާމް ލިބުނީ އަނެއްކާ ލާރި ދީފަ ބައްލަވައިގަތް އެއްޗެއްތޯ