ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބުނީ ސަރުކާރުން އަމަލުތައް ބެހެއްޓި ގޮތަކުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު އާ ވާދަކުރައްވައިގެންނެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ލިބުނީ އިދިކޮޅު ޕީޕީއެމްއަށެވެ. ޕީޕީއެމްގެ 12 ކެންޑިޑޭޓަކު މާލެ ސިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރިއިރު އެމްޑީޕީގެ ހަ ކެންޑިޑޭޓަކަށް ގޮނޑި ލިބުނެވެ. ގޮނޑިއެއް ލިބުނު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވެސް ފަހުން ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

އިންޑިއާގެ "ވިއޯން ނިއުސް" އަށް ނަޝީދު ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، އިންތިޚާބުން ބަލިވި މައިގަނޑު ސަބަބަކީ މާލޭގެ އަޣުލަބިއްޔަތު ރައްޔިތުންގެ ވިސްނުން ދޫކޮށް، މަދު ރައްޔިތުންގެ ވިސްނުމާ އެއް ގޮތަށް ސަރުކާރު ހިންގުން ކަމަށެވެ.

"މެޖޯރިޓީ ރައްޔިތުން ބޭނުންވާ ގޮތް ދޫކޮށްލައި މައިނޯރިޓީ ދެކޭ ގޮތަކަށް ކަން ކުރީމަ އެ ކަން އާންމުންނަށް އެނގޭނެ، އިންތިޚާބުން ބަލިވީ އެމްޑީޕީގެ ސަޕޯޓަރުން، އަޅުގަނޑުމެންގެ ސަޕޯޓަރުން، އަބަދުވެސް އޮތް މާލޭގެ މެޖޯރިޓީ، ވޯޓު ލާން ނުނިކުތީމަ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ގޮތަށް މެދުވެރިވި ސަބަބަކީ އެމްޑީޕީގެ ސަޕޯޓަރުން ގަބޫލު ކުރާ ސިޔާސަތުތަކާއި ފަލްސަފާ ދޫކޮށް ސަރުކާރުން މަސައްކަތް ކުރުމުން ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ވަކިން މަސައްކަތް ކުރަން ނިންމެވުމުން އޭގެ ނުރަނގަޅު އަސަރު އެމްޑީޕީއަށް ކުރާނެތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ޕާޓީއަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އެމްޑީޕީން ގަބޫލު ކުރާ އާންމު ފަލްސަފާއަށް އެނބުރި އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮވިޑް

    ބަލަ މިއޮއްހާދުވަހު ކީ އަޑު އެހިން އަހަރެމެންގެ މި ސަރުކާރޭ ކީ އަޑޫ. މިހާރު ތިވީ ކިހިނެއް؟ އީދު ޕާޓި ކޮށްލީ ދޯ؟ އިންޑިއާ އައުޓް، ގައުމުގެ އަރީސް އިންތިއުފާ، މަޖިލީސް ރައީސް އިސްތިއުފާ، # އިންޑިއާ އައުޓް #

    29
    1
    • ޙައްގުބަސް

      މޮޔަވީތަ ނަޝީދު؟ މިރާއްޖޭގެ ރައްޔިތުން ކަލޭމެނަށް ނޫނެކޭ ބުނި ބައިވަރު ސަބަބުތައް އެބަހުރި! އެންމެބޮޑު އެއްކަމަކީ އިންޑިޔާއަށް ގައުމު ވިއްކާލައިގެން އުޅޭތީ! ރާއްޖެ ނުޖެހޭ އިންޑިޔާ ފަސްޓް ފޮރިން ޕޮލިސީއެއް ގެންގުޅޭކަށް!! ރާއްޖެއަކީ ހުޅުވާލެވިފައިވާ ތަރައްގީއަށް ފެންބޮވައިގެންފައިވާ އަމިއްލަވަންތަ މިނިވަން ގައުމެއް!! ރާއްޖެއަކީ ފުދުންތެރި ދުނިޔޭގެ ތަހްޒީބު ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ދެމިއޮންނަން ދިވެހިރައްޔިތުން ބޭނުންވަނީ!! މިރާއްޖެ ނުޖެހޭ އިންޑިޔާ ބުނީމާ ބުނާހާގޮތެއް ހަދައިގެން އޮންނާކަށް!! އިންޑިޔާއަކީވެސް އެކުވެރި ގައުމެއްގެ ގޮތުގައި އޮންނަންވީ!! އެއާ ޚިލާފަށް އެމީހުން އެއްޗެއްދިނީމާ ކައިގެން ބޮޔެގެން އުޅޭ ގައުމަކަށްވާކަށް ނުޖެހޭ!! އެމީހުން ބުނީމާ ބުނާވަރަކަށް ކަންކަން ކޮށްގެން ތިބޭކަށް!! އެމީހުންގެ އަތުން ނޫނީ ލޯނެއް ނަގައިގެންނުވޭ!! އެމީހުންގެ ކުންފުނިތަކަށް ނޫނީ މަސައްކަތް ޙަވާލުކޮށްގެންނުވޭ!! ދެން އިންޑިޔާ އަތުން ކޮޅުގޮހަށް ލައްޑޫ ކައިގެން މިގައުމުގައި ތިބި އިންޑިޔާގެ ޕަޕެޓުންނަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނަންޖެހޭ!! އަޅުގަނޑުމެން ބޭނުންވަނީ މިނިވަންކަމާއެކު އުޅެން! މިގައުމުގެ ރައްޔިތުން ބޭނުންވަނީ ހުރިހާ ގައުމަކާއެކުވެސް މިނިވަންކަމާއެކު މުޢާމަލާތްކޮށް ރަޙްމަތްތެރިކަން ބާއްވާ ގައުމު ކުރިއަށް ގެންދަން!! އިންޑިޔާ މިގައުމަށް ބަސްކިޔާ މިގައުމުގެ ދާޚިލީ އެއްވެސް ކަމަކާ މިހާރު މިބެހޭގޮތަށް ބެހެން މިރާއްޖޭގެ ރައްޔިތުން ބޭނުންނުވޭ!! ނަޝީދަށް މިކަން ސާފުވާންޖެހޭ! އިބޫއަށްވެސް މިކަން ސާފުވާންޖެހޭ!! ޝާހިދަށްވެސް މިކަން ސާފުވާންޖެހޭ! މާރިޔާއަށްވެސް މިކަން ސާފުވާންޖެހޭ!! ގައުމަށް ޣައްދާރުވެފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ އެކަމާގުޅޭ ގާނޫނު އުފަންކޮށްގެން! އިންޑިޔާއައުޓް#

      23
      1
    • ސިޔާސީވެރިންގެމަޅިންސަލާމަތްވޭ

      މިހާރު އެއުޅެނީ މި އެ މް.ޑޕ ސަރުކާރެއް ނޫން ކަ މަށް ދައްކައި ރައްޔިތުން ބޯކާލަން.. ރައްޔިތުންނޭ... ހޭލާ ތިބޭތި. ނަޝީދު އާއި އިބޫއަކީ އެކައްޗެއް. މިހާރު ރައްޔިތުން ސަރުކާރަށް އެއްޗެހި ގޮވަން ފެށު މުން ކުޅޭ ސިޔާސީ ގޭ މެއް މި ކުޅޭނީ. ރައްޔިތުން ހޭލާ ތިބޭތި.. އަނެއްކާވެސް ވާ ވައްދައިފައި އަންހެން ވެރިން މަގު މައްޗަށް ނެރެ ކުރިން ކުޅުނު ކުޅިވަރު ކުޅެން އެއުޅެނީ.. އެ މް. ޑިޕީގެ އާން މު މެންބަރުން މިފަހަރު ހޭލާ ތިބޭތި.. ތީ ބޭފުޅުންގެ ނަން އިލެކްޝަން ކޮމިޝަންއަށް ދައްކައިގެން މިލިޔަނުން ނަގަ މުން ދަނީ. ތި ބޭފުޅުންނަށް ކޮންކަ މެއްތޯ ވީ...

      10
  2. ވަޒީރު

    މަތްކަލާކޯ މީނާ މިއަދު މާ އަނގަ ދިޔާވެގެން މި އުޅެނީ ކޮނަކަމެއް އޮއްބަން ބާ؟ މި ޤައުމުގައި ކޮންކަހަލަގެ ޖަރީމާ އެއް ހިންގާލާތީ ބާ؟ މި ނުބައި ނަޝީދު އާއި މީނާގެ އައުވާނުންގެ ފަރާތުން މި އިސްލާމީ ޤައުމު ސަލާމަތް ކޮށް ދެއްވާށީ އާމީން.

    31
    2
  3. ރަބަރޭ

    ކަލޯ ކަލޭވާ ފޯ ރިއެއް ދައްކާލާފައި އެބަހު ރި ކުޑައި ރު
    ކޮޅަކުވެސް އަގަ ހިމޭނުން ލައިގެން ނުހު ރެވޭ ވިއްޔާ

    23
    2
  4. އަލީ

    މީގެ ފަހުން ވެރިކަމައް ބޯނުބާނައްޗޭ މޮޅުވެލާފަ. ތަރައްގީއައް އަމިއްލަޔައް ކަމެއް ނުކުރެވޭތާގަ ރާއްޖޭގެ މިނިވަންކަން ނަގާލައިގެން ތިބެ ކަލޭމެން ކަލޭމެއް ހިފާ ހޭބަލި ތިވަނީ!!! ބޯހަލާކު.

    25
    2
  5. ޗޮސް

    ޗަހެން ޗެޅިޗެޅި ހުރޭ. ހުޅުނބު ހުސްވޭން ކޭރިވީހެން ހީވޭ

    11
  6. Anonymous

    މާލެ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބުނީ ނަޝީދު އައް ބައިއަތު ހިފައިގެން ތިބި ޝިފާ ކަހަލަ މީހުން ދެކެ ރައްޔިތުން ފޫހި ވުމުން އަލްހަމްދުލިﷲ

  7. ހުސެން

    މިކަލޭގެ ދޮގު ސަޅިބައިސާ ހުރެ ބަލިވީ

  8. ސެންޗޯ

    ސަރުކާރަށް މެޖޯރިޓީ ނުލިބުނީ މާލޭ ރަތްޔިތުންނަށް މާ ހެޔޮކޮށް ކަންތައްތައް ކޮށްދޭތީވެ

  9. ހަގީގަތަކޫ މީބޫ

    މާލޭމީހުން ޅޮސް އުދޯއްޔައްލައިގެން މަޖްލިސްމެޖޯރިތީނެގީ މާލޭމީހުންނައް ގޯތިދޭނަމޭ ކިޔާފަ މަކަރާދޮގުހަދައިގެން އެހެންވީމަ ކައުންސިލް އިންތިހާބް ނުލިބުނީ ހަމަ އެކަނި މާލޭގަ ރައްޔިތުންނައް ގޯތިނުދޭއުސޫލެއް ހަދައިގެން ބިންތައް ހިސޯރްކޮއް ފުލެޓްވިޔަފާރި ކުރާކައް މާލޭގެ ރައްޔިތުން ގަބޫލް ނުކުރާތީ ވޯޓް ނުދިނީ ގާނޫނުއަސާސީގަ އޮންނަކަމައްބުނާ ވަކިކުލަޔަކައް ނަސްލަކައް ރަށަކައްނުބަލާ ހަމަހަމަކަން އޮންނަންވާނޭ އެކަމަކު މާލޭގެ ރައްޔިތަކައްވިއްޔާ ބިންކޮޅެއް ލިބޭނެ އެއްވެސް ގޮތެއްނެތް މިހީވަނީ މާލޭގެ ރައްޔިތުން ފޮނުއްވާފަ މިތިބީ ވެރިންނައް ވޯޓްދޭން އެކަންޏޭ މިއުސޫލް މާލޭގެ ރައްޔިތުން މިހާރު ގަބޫލްނުކުރާތީ ވޯޓް ނުދެނީ ވެދުން

  10. މުނައްވަރުްްްސސ

    އަސްލު ވީ ގޮތަކީ އެމްޑީޕީ ކައުންސިލް އަކަށް ކަމެއް ނުވީ މާލޭގައި ކަމެއް ކުރެވުނީ މުއީޒައަށް އެކަނި

  11. ސުންކު

    ސަރުކާރާ ހެދި އެއް ނޫން، ކަލެއާ ކަލޭގެ ލދނއްޔަތާ ހުރެ ހުރިހާ ކަމެއް ވަނީ.