ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަށް އަދިވެސް ލުޔެއް ދީފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ "ވިއޯން" ނޫހަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، ޗައިނާގެ ނުފޫޒު ރާއްޖެއަށް ރާއްޖެއަށް ކުޑަކުރުމަށް އެންމެ ފުރަތަމަވެސް ކުރި ކަމަކީ ޗަައިނާއަށް ދަރާފައިވާ މިންވަރު އިތުރަށް ބެލުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޗައިނާގެ ކުންފުނިތަކާއި ބޭންކުތަކުގެ އިތުރުން އެ ގައުމުގެ ސަރުކާރަށް ދަރާފައިވާ އަދަދު ބަލަން މަޖިލީހުން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
"ދަރަނިތައް ރީސްޓްރާ ކުރަން އެދުނިމާވެސް އަދިވެސް ލުޔެއް ނުލިބޭ" ނަޝީދު ވިދާޅުވިއެވެ.
މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތިކަމާއި ހެދީ ޗައިނާއަށް ދަރާފައިވާ އަދަދު ދެއްކުން ވެގެންދާނީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވިއެވެ.
ޗައިނާގެ ލޯނުތަކާއި ގުޅޭ ގޮތުން ނަޝީދު މީގެ ކުރިންވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.
ރާއްޖެއިން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭން ޗައިނާއިން ވަނީ ނިންމާފައެވެ.
މީގެ ކުރިން ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ "ދަރަނި ދަންތުރަ" އެކެވެ. އެ މައްސަލާ ގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ކުރީގެ ސަފީރާ ނަޝީދާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ރައްދުކުރެއެވެ. ނަޝީދު އަބަދުވެސް ވިދާޅުވާ ގޮތުގައި ޗައިނާގެ ނުފޫޒުން ރާއްޖެ ސަލަމާތްވާން ޖެހެއެވެ. އަދި ގާތް ގުޅުމެއް ބާއްވަން ޖެހެނީ އިންޑިއާއެެވެ.
ނަޝީދު ކަލެ އަށް ކޮންބެހޭ ކަމެއް؟ މީ ކަލޭއާއި ބެހޭ ސަރުކާރެއް ނޫނެއްނު. މައިތިރި ވެގެން އިގެރޭސި ވިލާތުގަ ހުރެވޭތޯ ބަލާބަލަ ޕްލީސް. ނޫނީ ތިކިޔާ އެއްޗެއް ކިޔަން މި ޤައުމަށް އައިސް ކިޔާބަލަ؟ ހާދަ ގަޓެއް ނެތޭދޯ؟
ނަޝީދު ކަލޭތީ ބޮޑު މުސީބާތެކޭ މިރާއްޖެއަށް ފާކުރައްވާފައިވާ!! ކަލެއއަށް އަދިވެސް ނޭނގޭތަ އެކަމެއް؟ ކަލޭދެކެ ހާދަހާ ގިނަ މީހުނެއް ނަފުރަތުކުރެޔޭ!! ކަލޭ އަދިވެސް މައިތިރިވާންނުވޭތަ؟ ކޮންފަދަ ބޮޑުކަމެއް މިއީ!
ނަޝީދު އުޅުއްވަނީ ގޮތް ހުސްވެގެން. ރައީސް ސޯލިހުގެ ވެރިކަން އުފެދުމާއިއެކު އެމްޑީޕީ ތެރޭގައި ނަޝީދު ނޫން އެހެން ލީޑަރުން ތިބިކަމާއި އަދި އެފަދަ ލީޑަރުންނަކީ ވަރަށް ޤާބިލް އަދި ސިޔާސީގޮތުން ވަރަށް ފުންނާބު އުސް ހިކްމަތްތެރި ބޭފުޅުންކަން މިހާރު ވަނީ ބައިނަލްއަޤވާމީ ފަރާތްތަކުން ޤަބޫލުކޮށްފައި. އެއިގެ އެއް ހެއްކަކީ ދާދި ފަހުން އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް އަބްދުﷲ ޝާހިދް އިންތިޚާބު ކުރުމަށް ދުނިޔޭގެ 147 ޤައުމަކުން ތާއީދު ކުރި ކުރުން. ވީމާ މީގެ ކުރިން ނަޝީދަށް އެންމެ ބޮޑު މަދަދުވެރިކަމެއް ފޯރުކޮށްދެމުން އައި އިންގިރޭސި ވިލާތާއި ޔޫރަޕުންވެސް މިހާރު ވަނީ ނަޝީދަކީ އެއްވެސް އުރަތްޕެއް ނެތް ސިޔާސީ ގޮތުންވެސް މާބޮޑު ބުރަދަނެއް ނެތް މީހެއްކަން ޤަބޫލުކޮށް އެމީހުންގެ ތައީދު ވެސް އަމބުރާ ގެންގޮސްފަ.
ވީމާ ނަޝީދު ވެރިކަމަށް އައުމަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ރާއްޖޭގެ މައްޗަށް މުތްލަގަށް އަތްގަދަ ކުރުމަށް ފެންބޮވައިގެންފައި އޮތް އިންޑީއާ އަށް ވިކި ހުސްވުން. އިންތިޚާބަށް އެމީހުންގެ އެހީ ލިބޭނެ ގޮތެއް ހޯދުން. ވީމާ ޗައިނާ އާއި ގުޅޭގޮތުން ނަޝީދު ދައްކާ މިފަދަ ބުހުތާނު ދޮގު ވާހަކަ ތަކަކީ އިންޑިއާ ރުއްސަން ދައްކާ ދެވުޅި އެއްނުވާ ހަޤިގަތާއި ޚިލާފު ވާހަކަ.
ހަޤީޤަތަކީ ޖީ20 ގެ ނިއްމުމާއި އެއްގޮތަށް ޗައިނާއިން ވަނީ ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮތް ދަރަނީގެ ކަންކަމަށް ބޮޑެތި ލުއިތަކެއް ދީފައި. އެކަން ވަނީ ރާއްޖޭގައި ކުރީގައި ހުރި ޗައިނާ ސަފީރު ވަރަށް ސާފުކޮށް ބަޔާން ކޮށްދެއްވާފައި. ސަފީރު ދެއްކެވީ ވަރަށް ހަޤީޤަތާއި އެއްގޮތް ވާހަކަ. ނަޝިދު މިއުޅެނީ ވަރަށް ފަހަތުގައި. އެހެން ނަމަވެސް ދެން ނަޝީދު މިހާރު ހިތުން މިޖަހަނީ އެއްދޮނުގައި ދެބުޅި. ދެން ނަޝިދު ބުނާނީ ޗައިނާއިން ލޯނުތަކަށް ލުއިދިނީ ތިމަންނާ ޕްރެޝަރު ކޮށްގެނޭ. އެކަމަކު ހަޤީޤަތަކީ އެކަމަކީ ރައީސް ސޯލިހުއާއި ޗައިނާގެ ރައީސް އާއި ދެބޭފުޅުންގެ ފޯން ކޯލުގައި ދެއްކެވި ވާހަކައިގެ ދަށުން މިހާރުވެސް ނިމިފައި އޮތް ކަމެއް. މުޅި ދިވެހި އުއްމަތް އެއްކޮށް ނަޝީދު އާއި ނަޝީދުގެ ސެކިއުލާރ ފިކުރަށް ނޫނެކޭ ބުނަން ޖެހޭ!
ނިކަން ޗަރުކޭސް ނުކުޅެ، މީހުން ފުރޭމް ނުކޮށް ޔާމީނު މިނިވަން ކޮށްބަލަ؟ ޔާމީނު ނުދޭ ބަހަނާ ދައްކާގެން ގައުމު ދޫކޮށް ފިލާގެނެއްވެސް. ޔާމީން އެބުނަނީ އިންސާފު ވެރި ތަހުގީގެއް ހިންގާށޭ. ޔަގީން ކަމާއެކު އެބުނަނީ. ކެރޭނޭތަ؟؟؟؟
ޔާމީނުއޮޅާލަބަލަ،
ނަޝީދާ ދެމީހުން އެއް ގޮޅިއަކައްލާފަ ބައިންދާ
އިބޫ އާ 3 މީ ހުން ވެސް ޖަލަށްލާ
ލޯނު އެގްރިމެންޓާއި އެއްގޮތައް ލާރި ދެއްކޭނީ ލާރި އެއް އޮވެގެން. ނަށީދައް ގައުމު ހަވާލު ކުރީމަ ގައުމު އިނދަ ޖެހިއްޖެ. އަދި އިތުރައް އިންޑިޔާ އައް ދަރުވާލަނީ
ކަލޭ ޗައިނާއާ ގެޅިގަނެގެން ތިޔައުޅެނީ ކިހިނެއް ވެގެން.
މިއަދު ބޯލައިގެން ހުރި ދުވަހެކަންނޭގެ ! ވަރަށް އަނގަ ގަދަކޮށް އުޅެނީ، ވަރަށް ގިނަ ވާހަކަ ދައްކާނެ މިދުވަސްކޮޅު . ރައްޔިތުން ވިސްނައިގެން ތިބޭތި ދައްކާހުރިހާވަހަކައެއްގެ ވެސް އިދިކޮޅު އެއީ އަސްލު .... ކޮރޯނާއަށްވުރެއް ބޮޑު މުސީބާތެއް މިއީ!
ޗައިނާއަށްވުރެ ބޮޑީ އިންޑިއާގެ ދަރަނި. އިންޑިއާގެ ދަރަނިތައް މާފުކޮށްދިނީތަ
މިސަރުކާރުން އިންޑިއާއިން ނެގި ލޯނުތަކަށް ކިހާ ލުއެއް ދީފިތަ؟
ތީކަލޭގެ ބޭނުމަކީ. ކަލޭގެބޭނުމަކީ މިގައުމު ތަރައްގީވިޔަނުދީ މިގައުމު އިދަޖައްސާލުން. ކަލޭހީކުރީ ކަލޭ ޗައިނާއައް އެެްޗިހިގޮވީމަ ޗައިނާ ވ ސިހޭނެކަމައް. ބަލަ ކަލޭތީ އެއްވެސް އަގެއްނެތް ނުބައިނުލަފާ ޖައްބާރެއް.
ކޮންތާކު........ ޗައިނާއިންބުނީ ކާފަގެ ފޮށާނުވިއްކާވެސް ލޯނުގެކަންތައް
ނިން މިދާނެކަ މަށް .. އެކަ މަކު އިންޑިއާލޯނު ނުދެއްކުނަސް މާ މަގެ ފައްޓަރުބައި އިންޑިއާއަށްނުދެއްޗޯ !!
ދޭނެކަމެއްނެތް ހިތުހުރިހާ އެއްޗެއް އެމީހުންނާދިމާލައް ގޮވާފައި ދެން ލޯނެއްގެވާހަކަ ދައްކާކައް ، އިންޑިޔާކައިރީ ބުނެ ލާރިދޭށޭ މިހާރު އަހަރުންގެ ބިންތައް ނަގައި ހުސްކޮއްފި
ބޭފުޅާތީ ގާނޫނުހަދާމަޖްލިހުގެ ރައީސް ބޭފުޅާއެތާއިންނަވާ ތިގެންގުޅުއްވާކުދިންކޮޅައް ފިލާވަޅުނަގާދީ ސަރުކާރުގެ ކަންތައްތަކާ ނުބެހިވަޑައިގަންނަވާ މަނިކުފާނަކައް އެނގޭކައްނުޖެހޭ ގައުމުތަކުން ސަރުކާރުން ނަގާފަހުރިލޯނުތަކުގެ މުއްދަތު ދިގުކުރިޔަސް ނުކުރިޔަސް އެއީވެރިޔަކައް ހުންނަމީހާ އެނގެންޖެހޭކަމެއް ކުރިންވެސް ބުނިހެން މަނިކުފާނުގެ ކަމަކީ ގާނޫނުހެދުން
ބަލަ ކަލޭމެން އާންމު ރައްޔިތުމީހާ ނަގާ ލޯނައް ލުޔެއްދޭތަ ލޯނުޖެހޭތަ ނަގަން ދެން ދުވަސްކޮޅަކުންގޮވާނެ އިންޑިއާއިންލޯނުތަކައް ލުޔެއް ނުދޭ ކީއްކުރަންތޯ ލޯނުނަގަނީ ކާކުބުނެގެންތޯ؟
ނަފުރަތުގެ ބިލު ފާސްވެއްޖިއްޔާ އެންމެ ފުރަތަމަ އެބިލުން ފެއިލްވާނީ ވެސް މިކަލޭގެ. ބައިނަލް އަޤްވާމީ ގައުމުތަކުގެ މެދުގައިވެސް އަމިއްލަ ގައުމުފިތުނައިގެ އަލިފާނަށް ވައްޓާލާކަށް ޖެހިލުމެއްވެސް ނެތް. މީނަ އާއި މީނަގެ އާއިލާގެ ތަރިކަ މުދާގަނޑެއްތަ ދިވެހި ގައުމަކީ! ބޮޑު މުސީބާތެއްމީ
ކޮންމެހެން ލޯނޭ ކިޔައިގެން ޗައިނާ ބަދުނާމު ކުރަން އުޅޭނެ ކަމެއްނެތް! ޖީއެމްއާރު އަތުން ނެގި ރިސްވަތުގެ ފައިސާގެ އަދަދު ކޮބައިތޯ މިވާހަކަ ދައްކަބަލަ! ކަލެއަކަށް މިގައުމުގައި އެއްވެސް ސަޕޯޓެއްނެތް! ކޮބައިތަ ޗައިނާއަށް ދިންކަމަށް ދޮގުވެރި ނަޝީދު ބުނި 16 ރަށް! ތިޔައީ ޝައިތާނާއަށްވުރެވެސް ދޮގުހެދުމުގައި ކުޅަދާނަ މީހެއްކަން ދިވެހި ރައްޔިތުންދަނޭ!ކޮންމެ ދޮގުވެރިއަކީ އަމިއްލައަށް ހަލާކުވާނެ މީހެއް މިދުވަސް މިހާރު ކަލެޔާ އެބައްދަލުކުރަނީ!
ނަޝީދަކީ މާތްﷲ އަޅަމެން އިމްތިޙާން ކުރެއްވުމަށް ފޮނުއްވާފައިވާ މަޚްލޫގެއް. އަޅަމެންނަށް އޮތީ އެ މަޚްލޫގުގެ މައްޗަށް ހެޔޮގޮތުގައި ގަދަވެގަތުން. މާތްﷲ މި އިމްތިޙާނުން އަޅަމެންނަށް ކާމިޔާބު ދެއްވާނދޭވެ. އާމީން.