ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފުރަން ވެގެން އުޅެނިކޮށް ލަގެޖް ތެރެއިން ވަޒަންތަކެއް ފެނުނު ފަތުރުވެރިއާ ޑީޕޯޓްކޮށްލައިފިއެވެ.

ވަޒަން ފެނުނީ ނެމީބިއާގެ ފަތުރުވެރިއްގެ ދަބަހުންނެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ކޮންޓްރޯލާ އޮފް އިމިގްރޭޝަންއަށް ލިބިގެންވާ ބާރުގެ ދަށުން ދުވަހުކުވެސް ރާއްޖެ ނާދެވޭ ގޮތަށް އެމީހާ އިއްޔެ ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. ޑީޕޯޓްކޮށްލީ ގައުމީ ސަލާމަތައް ނުރައްކާވާ ކަހަލަ ކަމަކަށްވާތިވެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މެއި ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ނިިރުބަވެރި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ ބޭރުގައި އާއި އެތެރޭގައި ސިފައިން ދަނީ ހަތިޔާރާއެކު ފޯރިމަރަމުންނެވެ.

ރާއްޖޭގައި އާންމުން މިގޮތަށް ވަޒަން ފަދަ ތަކެތި ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އަދި އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ކެކެކެކެ. އުންސުރު ނުފެނުނީ ދެއްތޯ؟ ބަލަ އޭނާ އެކަން ކުރީ ހެޔޮނިޔަތުގާ، ހެޔޮނިޔަތުގާ ކުރާކަމެއް ކުއްވެރި އެއް ނުވާނެ، ކީއްވެޔޯ ޑީޓޯޓް ކުރީ؟ އަނެއްކާ އޭނާ އަށް ޗާސްދޭންވާނެ ދޯ ބޮމެއް ހިފައިގެން އަންނަން، ތިނިއްމީ ހާދަ މާނަ ފުން ނިއްމުމެކޭ ދޯ؟