ގދ. ނަޑެއްލާގައި ބަލި މީހަކު ގޯންޏެއްގައި އުފުލައިގެން ލޯންޗަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި އާއްމުވެއްޖެއެވެ.
ދައުރުވަމުން ދަނީ ސައްޚަ ފޮޓޯއެއް ކަން ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު "ވަގުތު" އަށް ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގަން މެދުވެރިވީ، އެމްބިއުލާންސެއްގެ ހިދުމަތް ރަށުން ލިބެން ނެތުމުން ކަމަށެވެ.
އަންޝާއު ވިދާޅުވީ ގޮތުގައި، އެ ފޮޓޯއިން ފެންނަނީ އެ އަތޮޅު ތިނަދޫއަށް ގެންދަން އުޅުނު ބަލި މީހެކެވެ. އަދި އެއީ ކޮވިޑް-19ގެ އަލާމާތްތަކެއް ހުރެގެން ގެންދަން ެޖެހުނު މީހެއް ކަމަށް އަންޝާއު ވިދާޅުވިއެވެ.
އެއީ މި ހިނގާ ޖުލައި މަހުގެ 18 ވަނަ ދުވަހު ނަގާފައިވާ ފޮޓޯއެކެވެ.
"އެއީ މިރަށުން ތިނަދޫއަށް ގެންދިޔަ އެންމެ ފުރަތަމަ ކޮވިޑް ބަލި މީހާ ލޯންޗަށް އަރުވާ މަންޒަރު. އެމްބިއުލާންސް ނެތުމުން އެކަން އެގޮތަށް ހިނގީ" އަންޝާއު ވިދާޅުވިއެވެ.
އަންޝާއު ވިދާޅުވި ގޮތުގައި، ރަށުން އެމްބިއުލާންސްގެ ހިދުމަތް ނުލިބޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އެހެން ނަމަވެސް އެ ރަށަށް އެމްބިއުލާންސެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ރަށް ހިމެނޭ މަޑަވެލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހުސައިން ފިރުޝާން ދެއްވާފައިވާ ކަމަށް އަންޝާއު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ ސަބަބުން ބަލި މީހުން އުފުލުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައި ވެއެވެ. އެގޮތުން މީގެ ކުރިން ބައެއް ފަހަރު ގާޑިޔަލުގައި ނޫނީ ބަރޯގައި ވެސް ބަލި މީހުން އުފާލާފައި އެބަ ހުއްޓެވެ.
ނަޑެއްލާގައި އެމްބިއުލާންސް ނެތިގެން މިފަދަ ކަމެއް ހިނގާފައިވާއިރު، އަތޮޅު ތެރެއަށް 96 އެމްބިއުލާންސް ފޮނުވުމަށް ދާދި ފަހުން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެމްބިއުލާންސްތައް އަދި ރާއްޖެއަކަށް ނާދެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވެސް މާލޭގައި އެމްބިއުލާންސްގެ ޚިދުމަތް ލަހުން ދީފައިވަނިކޮށް އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާއެއް ހިނގައި ދިޔަ ފަހުންނެވެ.
މިރަށު މީހުން ވ ކޫލް ވާނެ އެމްބިއުލާންސެއްނެތަސް ބަލިމީހުން ތިނަދުއަށް ގެންދާނެ ސަޅި ގޮތަކަށް މަޑަވެލި ދާއިރާގެ މެމްބަރު ހޮވިއިރު ހުރި ފިރުޝާން އެއްނޫން މިހާރު ހުރީކީ ހަމަ ރަތްލާޖެހި ބްރާންތިއެއް މިހާރު ހުރީ މީނާއަށް ފެންނަނީ ހޯނޑެއްދޫ މީހުން އެކަނި މަޑަވެލި ނަޑެއްލާ މީހުން މީނައަށް ސފަވަނީ ފްރޭތަ ގޮތަށް
ތީ ހަމަ ދިވެހިންނަށް ހައްޤު މިންވަރު އެޖެންޑާ 19 ގައި ވާގޮތަށް. ރައީސް މީހާ މަޖާކުރުމައިގެން ފޮރިން ކާޕެޓް ހަނިމާދޫ ބިންކޮޅު މޯޑީއާއި ހަވާލުކުރަން ރައްޔަތުމީހާ ގޯނި ގަނޑުގައި، އެޖެންޑާ 19 ހަމަ ތަފާތީ.
3.5 ބިލިއަން ރުފިޔާ މި ހައިވާނުން ކައިފި.. ނަންވާނީ ހައިވަކަރު އޮޑި
ޗަކޮޔާ އަހަރުންވެސް މިދަނީ ގާޑިޔަލަކަށް ނޫނީ ބަރޮލަކަށް ލައިގެން އެއީ ކީ މައްސަލައެތްނޫން
ބަލަ ސްޓްރެޗަރ ނުވަތަ ފައްޖެހި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. ޢެނދެއް ލިބޭނެ ދޯ
ސްޓްރެޗާ އެއްވެސް ނެތީތޯ؟ ޢެމްބިޔުލަންސް ލިބިދާނެ ތި މީހާއަށް ތިހާ އިހާނެތި ނުވިޔަސް.
އިންޑިއާގެ ތަރައްގީ އެފެންނަނީ 21 ވަނަގަރުނުގައި ސާބަހޭ ދަރިންނޭ މިޔޮއްގައުމެއްތާދޯ
އެކަ މަކު ޑުރައިވަރުން ހޯދަން އިއުލާން ކުރި އެއީ
ކޯއްޗެއް ދުއްވަންތަ؟ގާޑިޔަލަކައް ހެން ހީވަނީ އެމްޕީ އާއި ވާހަކަ ދައްކައިގެން ގާޑިއަލެއް ހެދޭތޯ ބަލަންވީ
ދެން ކޮވިޑު ޖެހުނު މީހަކަށް ވާތީ ގޯންޏެއްގައި އުފުލައިގެން ގެންގޮސް ލޯންޗަށް އަރުވާން ޖެހޭނަމަ.... ލޯންޗަށް ނާރުވައި ގޯނި ތެރެއަށް އޭނާ ލައި ގޯނި ކަފުޖަހަން އޭނަ ތިނަދުއަށް ގެއްދިޔަ ނަމަ.....
ދޯ!