ކ. އަތޮޅު ކާށިދޫން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން ކޮވިޑް ފެނިގެން އެރަށް ބަންދު ކުރީ ޖުލައި 13 ވަނަ ދުވަހުއެވެ. އެ ދުވަހު ފައްސިވެފައި ވަނީ 12 ވަނަ ދުވަހު ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ދެ ސުންކެކެވެ.

އޭގެ ފަހުން ޖުލައި 15 ދުވަހުވެސް ވަކިތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑަށް ފައްސިވިއެވެ. އަދި ޖުލައި 17 ވަނަ ދުވަހުވެސް ވަކިތަރުތީބެއް ނެތި 11 ސުންކެއް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭގެ ފަހުން ޖުލައި 19 ވަނަ ދުވަހު ނެގި ސުންކުތަކުގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުރެގެން ނެގި 10 ސުންކެއް ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސުވި މީހުންނާއި ގާތުން އެއްތާވި ފަސް މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެވައެވެ.

އެހެންކަމުން މިހާރު އެރަށުގައި ނުރައްކާ މިންވަރަކަށް ކޮވިޑް ފެތުރެމުންދާކަން މި ވަނީ ބެލެވިފައެވެ. އެއީ އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ގިނަ އަދަދެއްގެ ސުންކު ކޮވިޑަށް ފައްސިވުމުންނެވެ.

އެރަށުން މިހާރު ޖުމްލަ 28 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޏނ

    އެޗް ޕީ އޭ އިން އަމާބުނީތީ ފަރަށްދާ ހެން ޤަވާއިދުތައް ހެދީމަ ވާނެ ގޮތްތީ.....ދެން އޮތިީ ރަށްތަކަށް ދިޔަ މީހުން މާލެއައިސް ...ރަށްތަކުން މާލެ އައި މީހުން ރަށްތަކަށް ގޮސް ހަމަޖެހި...ސްކޫލު ގެ ހުރިހާ ކަންތައްކޮށް ނިމުނީމަ.....ލޮކްޑައުން ކޮށް ސްކޫލުތައް ބަންދުކުރުން..

  2. މުހައްމަދު

    އާ މިރަށުން ހާދަ ގިނަ މީހުނެއް ފައްސި ވެޔޭ އެބަ 😔
    މި ރަށް މިހާރު 3 ވަނަ ފަހަރު އެ ބަންދުކުރި

  3. އިބްރާހިމް

    ތިވަރަށް ފެތުރުނީ ކާށިދޫ ހެލްތު ސެންޓަރު ގެ އިހުމާލުން. އެތާހުރި ޑޮކްޓަރ ނައިފަރަންގޮސް އާއިރު ރޯގާޖެހި ހެން ހުރެ ޑިއުޓީއް ނުކުމެ އަދި އޮފް ޑިއުޓީގައި ރަށުގައި އުޅޭ ބޮންދުން ނާ ބައްދަލުވެ އެމީހުން ގެ ފަރާތުން މުޅި ރަށަށް ފެތުރިގެން މިދިޔައީ.

    4
    1
    • 🤨🤨

      ކަލޭ އެނގޭ ވާހަކަ ދައްކައްޗޭ
      ޑޮކްޓަރ އައް ޖެހުނިއްޔާ އެންމެ އަވަހައް ޖެހޭނީ އެތާ އުޅޭ މީހުނަނަށް
      ކަލޭ މެން ފަރާތުން މި ފެތުރުނީ

  4. ކޮވިޑް

    ރައީސް މީހާ މަޖާކޮށްފަ އައިސް މުޅި ރާއްޖެ ލޮކްޑައުން އަކަށް، ވެރިކަން ދަމަހައްޓާ ތަނބު.

    3
    1