ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ވުމާ ގުޅޭގޮތުން އެޗްޕީއޭ އިން އަމަލު ކުރަމުން އަންނަ އުސޫލަށް ބަދަލު ގެނެސްފިއެވެ.

މިރޭ އިއުލާން ކުރި އާއުސޫލު ބުނާ ގޮތުން ޑަބްލިއުއެޗްއޯ އިން އެމަޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިނުވާ ފަތުރުވެރިންނަށް ޗެކިން ވެވޭނީ ރަށުގެ އާބާދީގެ %60 މީހުން ވެކްސިން ޖަހާފައިވާ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށެވެ.

މިހާތަނަށް އެޗްޕީއޭ އިން ހަމަޖައްސާފައި އޮތީ ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ނާދެވޭނެ ކަމަށް ހަމަޖައްސާފައެވެ.

ގެސްޓްހައުސްތަކަށް ޗެކް-އިން ކުރާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށް ޗެކް-އިން ވެވޭނެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައި ވިޔަސް ރާއްޖެއަށް އެތެރެވާއިރު 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ނައްސި ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހޭނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ވެސް ނައްސި ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭނެއެވެ.

ރަށުގައި ދިރިއުޅޭ އާބާދީގެ %60 އަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވާނަމަ ވެކްސިން ފުރިހަމަ ނުވާ ފަތުރުވެރިންނަށް ވެސް އެރަށްރަށުގެ ގެސްޓްހައުސްތަކަށް އާދެވޭނެއެވެ. ނަމަވެސް ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައި ހުންނަން ޖެހޭނެއެވެ. ރަށުގައި ދިރިއުޅޭ 65 (ފަސްދޮޅަސް ފަހެއް) އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ހުންނަން ޖެހެނެއެވެ.

ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިން ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުންނެވެ.

ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާ ޤައުމުތަކުގައި ބަލީގެ ޙާލަތުއޮތްގޮތަށް ބަލައި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޗެކް-އިން ކުރުމުގައި އަމަލުކުރުމަށް ބަދަލުގެނެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަބޭ އަލީ

    މިއުސޫލައްއަމަލުކޮއް އަނެއްކަާކޮވިޑްކޭސްތައް އިތުރުވާނޭކަން ދަނެތިބެމިކަންމިކުރަނީ ސިޔާސީޕްރެސަރާހެދި މިކަމުގެ ހުރިހާތަކުލީގެއް އުގުލަނޖެހޭނީ ރައްޔިތުންނައް

  2. ގުދުގުދާބެއްޔާ

    165 އިންޑިޔާ ޓުއަރިސްޓުން އަބުރާ ފޮނުވާލީމަ އިންޑިޔާއިން ޕުރެސަރ ކުރީދޯ!؟. ތިޔަ ގަވައިދު ތަންފީޒު ކުރެވޭނެ ގޮތެއް އެޗްޕީއޭ އިން ބުނެލަދީބަލަ! މީހަކު މައްސަލަ ޖައްސާއިރަށް އާބާދީގެ %5 މީހުން ވެކްސިން ފުރިހަމަ ކުރިޔަސް އެކަން އެގޭނެ ގޮތެއް އެބައޮތްތަ؟ ހުސް މަކަރާ ހީލަރުން އިންޑިޔާގެ ގަލްފު ގައުމުތަކަށްދާ ފަތުރުވެރިން އަނެއްކާ ގެނެސް އަނެއް ކޮވިޑް ރާޅެއް މިއުފައްދަނީ އެޗްޕީއޭއިން! ރައްޔިތުން ބުނާބަސް ނާހައިގެނެއް ނޫން!

  3. ބުއްޅަބެ

    ވެކްސިން ޖެހިޔަސް ކޮވިޑް ޖެހޭ ދެން ކޮން މަޖުބޫރެއްކުރާކަށް؟

    2
    1
    • ފާއިޒާ

      ތިބުނީރަނގަޅަށް .. ކޮން މެހެން ވެކްސިންފުރިހަ މަނުކުރިއަސް ނައްސި ރިޕޯޓެއްދެއްކިއަސްވާނީހަ މަ އެއްކަ މެއް. ސަބަބަކީ ވެކްސިންގެ ޔަގީންކަން ނޯންނާތީ