ށ.ޅައިމަގުގައި މިއަދު ބޮޑު އީދު ފާހަގަކުރަން ކޯޑި ކުޅުނު ވަގުތު ކަފަ މާލި ހެދިގެން އުޅުނު މީހެއްގެ ގައިގަ އަލިފާން ރޯވެ ފިހިއްޖެއެވެ.
ޅައިމަގުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މާލި ހެދިގެން ހުރި ވިއްސަކަށް އަހަރުގެ ޒުވާނެއްގެ ގައިގަ މިއަދު ހަވީރު އަލިފާން ރޯވީ ސިނގިރޭޓް ބޯން އުޅެނިކޮށް ކަމަށެވެ. އޭނާއަށް ސިނގިރޭޓް ރޯކޮށްދިނީ އެހެން މީހެކެވެ.
އަލިފާން ރޯވުމުގެ ސަބަބުން ފިހުނު މީހާއަށް ޅައިމަހު ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހަށިގަނޑު ވިއްސަކަށް އިންސައްތަ ވަނީ ފިހިފައެވެ. އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އީދު ކުޅިވަރުތައް ކުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން އިލްތިމާސް ކޮށްފައި އޮތް ނަމަވެސް ގިނަ ރަށްރަށުގައި އާއްމު އުސޫލުން އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް އެބަގެންދެއެވެ.
ހިތާމަ ހުރި ކަމެއް ތިރަށަށް ކިޔާފަވާ ނަންވެސް ސަރުކާރުން ބަދަލުކުރަންއެބަޖެހޭ އެނަންނޫން އެހެންނަމެއް ރަށްޔަތުން އަމިއްލަޔަށްވެސް ކިޔަންއެބަޖެހޭ މިސާލަކަށް ރީތިމަގު ރަސްމަގު މިހިރީވެސް ކިޔާލަންރީތި ނަން.
ތި ޅައިމަގުގައި ހިންގާފާނެ ކޮށް މެ ކަ މެއްވެސް... ސިގިރެޓް ބޮވިފަ ހުންނާނެ މިހާރު
ކޮބާ ދެން ބަޔަކު ވިސްނާ ޢިބުރަތް ލިބިގަންނަން ވެއްޖެއެއް ނޫންތޯ މި މިކަ މުން؟
އަލިފާނާ ނުކުޅެ ކުޅިވަރެއް ވެސް ނުކުޅެވޭދޯ؟
އީދު ފާޅުކުރުމުގެ ނަމުގެ މިހާރުގެ ޒުވާނުންގެ އަމަލުތައް ވަނީ ހައްދުން ނެއްޓިފަ.އަންހެނުން ފިރިހެން ހެދިގެން ، ފިރިހެނުން އަންހެން ހެދިގެން އީދު ފާހަގަކުރުން އެއީ އަހަރުމެން ދަންނަ ކަމެއް ނޫން.މަމެން ކުޑައިރު ސާފުފެން ނޫން އެއްޗެއް ގަޔަށް ނުޖަހާނެ.ނަމަވެސް މިއަދު ތޯ.ކުލަ ޖެހުން ވެސް އޮންނަނީ އިންޑިޔާގެ ކުލަ ފެސްޓިވަލްތަކުގަ ކަންކުރާގޮތަށް.ފިހުނު ޒުވާނާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން.ވ.ވެދުން
ހިތާމް ހުރި ކަމެއް! ސަގާފަތޭ ކިޔައިގެން ކޮޗެއް ދައްކަން އުޅޭބައެއްބާ!
ބުރާންތި ކަ މުން ނޭގުނުދޯ ކަފައަކީ އަލިފާން ވަރަށް ފަސޭހައިން ހިފައި ފެތުރިގަންނަ އެއްޗެއްކަ މެއް.