މާލޭ ހުކުރު މިސްކިތައް އަރައި ބިދޭސީ އަންހެނަކު "އަޅުކަމެއް" ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ވީޑިއޯ އިން ފެންނަނީ އަންހެން މީހާ "މެޑިޓޭޝާން" ގައި އިންނަ މަންޒަރެވެ. އެއީ ޔޯގާ ކަސްރަތު ކުރާ މީހުން ވެސް އިށީންދެގެން ތިބޭ ގޮތެކެވެ. ވީޑިއޯ އާއްމު ކުރި ބައެއް ފޭސްބުކް ޕޭޖްތަކުގައި ވެސް ބުނެފައި ވަނީ އަންހެން މީހާ އިނީ ޔޯގާ ކަސްރަތު ކުރަން ކަމަށެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ އަންހެން މީހާ އިނީ ޔޯގާ ކަސްރަތު ކުރާކަށް ނޫނެވެ.

މެޑިޓޭޝަން ފެށިގެން އައީ ދީނީ އަޅުކަމެއްގެ ގޮތުގައެވެ. އެކަން ފުރަތަމަ ފެށި ކަމަށް ވަނީ ބުދު ދީނުގެ ހާމުދުރުންނާއި ހިންދޫ ދީނުގެ ގުރޫންނެވެ. ނަމަވެސް މިހާރު ބައެއް އެހެން ދީންތަކުގެ މީހުން ވެސް އެކަން ކުރެއެވެ. އަދި ދީނީ ކަމެއްގެ ގޮތުގައި ނޫން ގޮތަކަށް ވެސް އެގޮތައް ހަމަހިމޭންތަނެއްގައި އިށީންދެގެން މިގޮތައް ތިބޭ މީހުން އުޅެއެވެ.

ހުކުރު މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ އޮންނަނީ ވެސް ހަމައެކަނި ފިރިހެނުންނަށެވެ.

ހުކުރު މިސްކިތައް އަރައި މެޑިޓޭޝަންގައި އިން އަންހެން މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މިސްކިތުގައި އިށީންދެގެން އިން އަންހެން މީހާ އާއި ވީޑިއޯ ކުރި މީހާ ފިޔަވައި އިތުރު މީހަކު އެވަގުތު މިސްކިތުގައެއް ނެތެވެ.

ފަހަކަށް އައިސް މިސްކިތްތަށް އިހްތިރާމް ކުޑަވާ އެތައް ކަމެއް މިސްކިތްތަކުގެ ތެރޭގައި ހިނގަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. ބައެއް މީހުން މިސްކިތްތަކުގައި ކައިބޮއެ، ނިދައި އަދި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަތައް ވެސް ފެންމަތިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. Anonymous

    ކޮބާތަ ތި ބަލާ ޕޮލިހުން ބިދޭސީން ހިތު ހުރި ގޮތަކަށް މިހަރު މިއުޅެނި

    81
    1
  2. ސަމީ

    ޢިންޑިއާ މީހަކަށް ނޫނީ ނުވާނެ ތީ ކިހާ ބޮޑުވެއްޖެ ކަމެއް މީ

    84
    1
  3. ކަހުރަބު

    ތީ އެމް ޑީ ޕީ އެމް ޑީ އެން ރޭވިގެން ކުރުވާ ކމެއް އިންޑިއާ އައުޓް

    89
    4
  4. މއކ

    ތިވީޑިޔޯ ކުރިމީހާވެސް ބަލަންހުރީތަ. މަނަމަ އޭނަގެ އެއްކަންފަތުގަހިފާ ބޭރުކުރާނަން މިސްކިތުން. ވާއެއްޗެ ވިޔަސްހެއޮ. ފެމިނުސްޓުންތަ މަގޭފަހަތުން ދުވިޔަސްހެޔޮ

    97
    2
  5. މުހަންމަދު

    އިންޑިޔާމީހެއް.......

    65
    1
  6. ހާޟީޑޫ ޗަޑީޑޙޫ

    ދެން މިކަމުގެ ޒިންމާވެސް އަންނިތަ ނަގަންވީ. ކީކޭ ބުނާނީދެން، މިހުންނެވި ލަންބޫޗޯޅާ އަކަށް ކުރެވޭ ކަމެއް ނޯވޭތަ.

    36
    19
  7. ކިޔުންތެރިޔާ

    ye desh ab hamara nehi he.

    20
    2
  8. ބަރނާޑު

    މި ސަރުކާރު އައިފަހުން މިސްކިތްތަކުގެ އެތެރެއިންނާއި ބޭރުން ބޭއަދަބީ ކަންތަށްތަށް ކުރާމީހުން ގިނައެވެ ސަބަބަކީ މިކަންކުރަންއުޅޭ މީހުންނަށްވެސް އެނގޭ ގައުމުގެ ހުންގާނުގައި ހުރީ ގަދަކަނޑުގައި ދުއްވާލެވޭނެ ފަދަ މާލިމީއެއްނޫންކަން އަދި ރަށްޔަތުންނަށް ދައްކަން މީހަކުލަށްވާ ހުވާކުރިޔަސް އެކަމުގެ އެކުސަން ނުނަގާ މީހެއްކަން .

    60
    2
  9. ބާބީޑޯޅް

    އިންޑިޔާ އާއި ރީނދޫ އުރަހަ ގުޅިގެން ރާވައިގެން ހިންގާ ޖަރީމާތަކުގެތެރެއިން ސިލްސިލާ ބޮޅެއް.

    56
  10. ސަނީ

    ތިޔަ ވެދާނެ ސިހުރެއްގެ ބަޔަކައްވެސް.

    43
    2
  11. ވައިކިންގ

    އަހަންނަށް ތިޔަ މަންޒަރު ފެނުނުނަމަ ބިރުންވެސް ފިއްކަޑައިގެން ދިޔައީސް. އެހެންނުވާންވީ ކީއަވެ. އެއިނީ އިންގޮތް. އަނެއްކާ އަންހެނުން ނިވާވާންވާގޮތަށް ނިވާވެސްނުވެ. އަހަންނަށް ހީވާނީ ސިހުރުވެރިއެއް ނުވަތަ ޖިންނި މޮޔަވެފަ އިންމީހަކު އެތަނުގަ އިންހެން.

    42
    1
  12. ނައުޒް

    ބޮޑައް ލަފާކުރެވެނީ ހަމަ އެއްކަލަ ބިލުގެ ފަހަތުގައި ތިބޭ ލާދީބީ ބަޔަކު ހިންގާ ކޮންސާޓެޑް އެޕިސޯޑުތަކެއްގެ ބަޔެއް ހެން. އެއީ ދިވެހި އިސްލާމީ މުޖުތަމައު ރުޅިއަރުވައި ހަމަނުޖެހުން އުފައްދައި ކޭޔޯސްގެ ތެރެއިން ވެރިކަމައް އަތް ގަދަކޮއްގަންނާނެ މަގެއް ފެންނަތޯ ކުރެވޭ މަސައްކަތްތަކެއްހެން.

    43
  13. ހޯހޯ

    އަހަނަށް އެބަހީވޭ މުލިއާގެޔާ ދިމާލަށް ވާގޮތަށް ވަކިމީހަކު ފޮނުވައިގެން ބޮޑުވަޒީރުކަން ހޯދަން ކަމެއްކުރަން އަރާއިންމީހެއްހެން.

    41
    1
  14. އިންޑިއާ އައުޓް

    ކޮބާ މައްސަލައަކީ ދިވެހިން ދިވެހިންގެ ގޮތުގަ ކުޑަދޫ ފަމާނެރެގެން ބުރިކޮށްގރންދާއިރުވެސް ތިބޭނީ މީ އަދި ކުޑަ މަންޒަރެއް މިދާގޮތައް ދާނަމަ ދިވެހިން މިސްކިތުން ބާލާފަ އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާދުވަސް މާދުރު ހެނެއް ހީނުވޭ އޭރުންވެސް ދިވެހިން ދިވެހިންގެ ގޮތުގަ

    42
  15. މިތުރާ

    މިސްކިތް ބަލަހަށްޓަން މީހަކު ބަހަށްޓާ ސަރުކާރުން ބަޖެޓު ހަދާފަ ދެކޮޅުޖެހޭ މުސާރައެއް ދީފަ،ގައުމު ހިންގަންނޭގެންނާ މަށާ ހަވާލު ކުރޭ!

    38
    1
  16. މަރިއްތަ

    މޯޑީ ޑިވްސް. ގައުމެއް ނެތް. އިންޑިޔާ އަތްދަށުވެ ނިމިއްޖެ.

    36
    2
  17. ހަމްޒާ

    އިބޫ ސޯލިހައް ހަމަ ނުބެލެހެއްޓޭކަން މި އީ. ސްލޯލިހު އިސްތިއުފާ.

    44
    3
  18. ޥަނަވަރު

    ތިޔަކަން ކޮށްފައިވާނީ ތިޔަ ވީޑިއޯ ކުރި މީހާގެ އެހީގައި ލަފާކުރެވެނީ އޭނާ ކުރުވި ކަ މެއް ކަ މަށް . ލާދީނީ މީހަކު އެ މީހާ ލައްވާ އެކަން ކުރުވާފަ ވީޑިއޯ ވައިރަލް ކޮށްގެން އުޅެނީ .

    37
    5
  19. Anonymous

    ޔާﷲ އަޅަމެންގެ މާތްވެގެންވާ އިސްލާމްދީނާއި ދީނާއި މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކުރާނެ އަމާނާތްތެރި ވެރިއެއް އަޅަމެންގެ މައްޗަށް ލައްވާނދޭވެ. އާމީން.

    71
    1
  20. ތަހުމީ

    މަގޭ ހިތައް ހީވީ ފެންއެއްޗެއް އޮއްސާލިހެން ފޮޓޯ ފެނިފަވެސް މަށައް ހަމަފުރަތަމަވެސް ހީވީ ޖިންނިއެއްހެން. މަމީތިވީޑިއޯ ކުރިމީހާނަމަ ވީޑިއޯ ނުކޮއް އެމީހާ އެކުރާކަންތައްހުއްޓުވާނެރުނީމުސް އަދި ސިފައިންވެސް ގެނުވާނަން. ކޮންމެގޮތެއްވިޔަސް އެކަމައް ހުރަސް އެޅީމުސް. މޑޕ އައުޓް.

  21. އިންސާނީހައްޤު

    ތިއީ އޮމާން ހުދު މަޑު ކަށި . ތީނަގެ ހައްގޭކިޔާފަ ފައްޅި އަޅަން ނުގޮވާފިއްޔާ ރަނގަޅު އިންސާނީ ހައްޤުތައް ހަނި ޤައުމެކޭ ކިޔާފަ، ދެން ތީނަ ހިފާ ހައްޔަރުކޮށްފަ ބުނާނެ ނަފްސާނީ ބައްޔަކަށް ބޭސް ކުރާ ބަލި ކުއްޖެކޭ އެއީ.. ދެން ބުނާނެ އިސްލާމް ދީނަކީ އެހެން ދީންތަކުގެ މީހުންނަށް އިހްތިރާމް ކުރާ ދީނެކޭ.. އެންމެފަހުން މައްސަލައަކަށްވާނީ ވީޑިއޯ ކުރި މީހެއް ނޫނީ ފިތުނަ އުފެދޭ ގޮތަށް ތި ޙަބަރު ނޫސް ތަކުގަ ލިޔުނީއޭކިޔާފަ އެހަބަރު ލިޔުނު މީހެއް.. އިސްލާމްދީނާއި ދީނުގެ ޝިޢާރުތަކަށް ސަލާމަތާއި ރައްކާތެެރިކަން ދޭނެ ބާރެއްވެސް މިއަދު ނެތީތޯ؟

  22. އާސީ

    ތިޔަކަން ކޮށްފައިވާނީ ތިޔަ ވީޑިއޯ ކުރި މީހާގެ އެހީގައި ލަފާކުރެވެނީ އޭނާ ކުރުވި ކަ މެއް ކަ މަށް ލާދީނީ މީހަކު އެ މީހާ ލައްވާ އެކަން ކުރުވާފަ ވީޑިއޯ ވައިރަލް ކޮށްގެން އުޅެނީ .

    3REPLY

  23. ނަސީ

    އިންޑިޔާމީހަކައް ވާނީ ކީއްވެތަ ފުލުހައް އަންގައިގެން މައްސަލަނުބެލެނީ

  24. ސޮއި

    މޑޕ ވެރިކަމެއްގައި އިންޑިއާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ.
    ޢެމީހާ އެތަނަށް ދާނީކީ އެއީކޮންތަނެއްކަން ނޭނގިއެއްނޫން.
    ޢޭނާގެ ހިމާޔަތުގައި އެމްބަސީ އޮންނާނެކަން އެނގިހުރެ އެކަން ކުރާނީ .
    ގައުމެއް އަޅުވެތިކަމށް ގެންދާއިރު އެމީހުންގެ ޓޮލެރެންސް ޓެސްޓް ދޭތެރެދޭތެރއިން ހަދާނެ. މިއީ ސިލްސިލާކޮށް ޖައްސާނެ ހަރަކާތެއް.

    4
    1
  25. ޕޮއްއް

    އެމްބަސީ ސޮޕޮންސަރ ކުރި އެއްވެސް ނޫހެއްގައި ތިކަހަލަ ވާހަކައެއްނެތް !!!

  26. މހމމ

    ތްރޯ ދެޓް އައުޓް..

  27. ޒުމައްރަދު

    މިކަން ކޮށްފައިވާނެކަމަށްލަފާ ކުރެވެނީ އިންޑިޔާގެ ދެމަފިރިން. ވެދާނެ މީނޫސްވެރިއަކަށްވެސް. ބޭނުމަކީ އިންޑިއާގެ ބާރު މިރާއްޖޭގައި އެބައޮތްކަން ހާމަކުރުން ކަމަށް އަހަރެންދެކެނީ. އިންޑިއާގެ ނޫސްތަކުގައި ވެސް މިވާހަކަ ލިޔާނެކަމަށް ބެލެވެނީ.

  28. اکف

    އިންޑިއާ އައުޓް އިންޑިއާ އައުޓް

  29. ހަނާ

    ތިއީ ރޭވިގެން ބަޔަކު ކުރުވަމުން ދާކަމެއް ބެލެވޭ މީގަކުރީގަވެސް ބޭރުމީހުން އުޅޭ ތިިކަހަލަކަމެއް ނުކުރޭ.ތީއާލާވަމުން އަންނަކަމުގެ ފެށުން.....ގައުމުގެ ރައްޔައްތުންނަ ރަގަޅު ނިޒާމެއް ގެނެވޭނީ އެއީވޯޓުން....

    5
    1
  30. ހަސަދު

    ފުލުހުންނޭ ކިޔާބަޔަކު އުޅެ ގައުމު ނުބެލެހެއްޓިދާ ތަން މިފެންނަނީ!!!

  31. ބަރުގޮނު

    ވީޑިއޯ ކުރެއްވި ބޭފުޅާ ވީޑިއޯ ކުރެއްވުމުގެ އިތުރަށް ވަގުތުން ޕޮލިހަށް ރިޕޯޓް ކުރެއްވުން ވަރަށް ރަގަޅު. ރިޕޯޓް ކުރައްވާފައި ވާނަމަ ނޫސްވެރިންނަށް އެމަޢުލޫމާތު ދެއްވިނަމަ ރަގަޅު.

  32. ކިޔާ

    ތަނެއްގަ ކަމެއް އާލާކުރަން ފަށާއިރު ޢަމަލުން ފުރަތަމަ މިފަދަ ކަންކަން ޢާންމުކުރާނީ
    ދެން ލިޔުންބަހާނީ އެއަށްފަހު ދެންހުރި ކަންކަންކުރަމުން ޅަދަރިންގެ ސިކުޑިތަކަށް ވެރިވާނީ
    މިއަދު އެންމެން މިކަންކަމާ ދެކޮޅޭ ކުއްވެރިކުރަމޭ ބުނުމަކުން ނުނިމޭ ބަޔަކު ރާވައިގެން ކިތަންމެ ނުބައި ތަސައްވުރެއް އިސްލާމްދީނާމެދު ދައްކަން އުޅުނަސް އެދީން ޤިޔާމަތާ ހަމައަށް
    ޙިމާޔަތްވެ ކުރިއަރާނެ.

  33. ދިވެހި ރައްޔިތުން

    އެ އަންހެން މީހާ އަށް އިސްލާމީ ހި ދާޔަތުން ދެއްވުން الله އަށް ދުއާ ދަންނަވަމެވެ. އާމީން