ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަކީ ރޯމާ ދުވާލު އަދުލު އިންސާފުން ކޮށްފައިވާ ވައްކަމެއް ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވިތާ 600 ދުވަސް ވުމާއި ގުޅިގެން ޗެނަލް-13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޖަމީލް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމުގެ އުއްމީދުގައި ތިބި ދިވެހި ރައްޔިތުންނަށް ފެނިގެން ދިޔައީ ފަނޑިޔާރުގެ ރައީސް ކަމުގެ ކޮއިލުގެ ތެރެއިން ހިންގަމުންދާ ނިޒާމު ކަމަށެވެ. މިހާރު ވެސް ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އަދުލް އިންސާފުގެ ނިޒާމަށް ބާރުފޯރުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަދީބު، ޒިޔަތު، ރައީސް ޔާމީންގެ މައްޗަށް ދޭ ހެކިބަސް ރާއްޖޭގައި ކީއްކުރަންތޯ ދުނިޔޭގެ އެއްވެސް ތަނެއްގައި، އެއްވެސް ގާނޫނީ ނިޒާމެއްގައި، ކިރިޔާ ވެސް އަދުލް އިންސާފުގެ ޒައްރެއްގެ މިންވަރުގެ ލޯތްބެއް ހުރި ފަނޑިޔާރަކު ނަމަވެސް އެމީހުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށްފައި ޝަރީއަތެއް ނުނިންމާނެ. ނިންމޭނެ ގޮތެއް ވެސް ނޯންނާނެ. ރައީސް ޔާމީންގެ އަދުއްވެއް އަދީބަކީ. ރައީސް ޔާމީނަށް އަނިޔާވެރިވުމަށް އެތައް ކަމެއް ހިންގަވާފައިވާ އެކަމުގެ ތުހުމަތު އެޅުވިފައިވާ ބޭފުޅެއް އަދީބަކީ. ޝަރީއަތްތައް ކުރެވިފައި ހުރި ބޭފުޅެއް އަދީބަކީ. ޒިޔަތަކީ ވެސް އެފަދަ މީހެއް. އަނެއްކާ ރައީސް ޔާމީން މަގާމުގައި ހުންނަވައިގެން އެބައެއްގެ މައްޗަށް ޝަރީއަތް ހިންގިފައިވާ ބައެއް. އެބަޔަކާއި މުއާމަލާތް ކޮށްގެން ރައީސް ޔާމިން ފައިސާ ހޯދަން އުޅުނުކަމަށް ބުނުމަކީ އެއަށްވުރެ ބޮޑު ޖޯކެއް އުޑު ދަށުގައި އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ޖަމީލް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކޮށް އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ޙުކުމަށް ހައިކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތު ފަނޑިޔާރުން ތާއިދު ކޮށްފައި ވެއެވެ. އެމައްސަލަ ޔާމީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަބަރޭ

    ބަލަ ޖަމީލު ތިޔަވާހަކަ ދިޔަގޮތަށް ދެއްކުން ހުއްޓާ ލަންވެއްޖެ އެއްނުން ހުޅުވާލައިގެން ބޭއްވި ސަ ރިއަތެއް
    ކުއްވެ ރި ވެގެން ސާބިތު ހެކި ލިބިގެން ޖަލަށްލީ

  2. ޢަދުލު އިންސާފު

    އެއީ އެމީހުން ވެސް މަގާމު ގައި ތިބެ ވައްކަން ކުރީ ރޯމާ ދުވާލު ކަމަށްވާތީ

  3. ސުރުމުތީ

    މިއީ ވެސް ވެ ރިކަމާ ހެދި އުޅޭމީހެއް އަންނި ފަދައިން...މިކަހަލަ މީހުންގެ ސަބަބުން ސިޔާސީ ޕާޓީތައް ހަލާކުވަނީ...

    2
    1
  4. ާަެެައބދ

    ޕޕގެ 10 ވަރަކައް މީހުންނަކީ ރިޔާސީ ޓިކެޓުގެ އުއްމީދުގަ އަމިއްލަ ޒަމީރު ތިކަހަލަވާހަކަ ނުދައްކާށޭ ބުނާއިރުވެސް ޔާމީނަޢް ޚުސާމަދު ކުރާ ބައެއް . އެކަމަކު ހައްގު ތެދު ނުބުނާތީ އެމީހުން ނިކަމެތިކުރައްވާނެ.

  5. ސެންޗޯ

    ތިއީ ރަނގަޅުވާ ހަކައެއް ރޯމާ ދުވާ ފާޅުގައި ގައުމު ލޫޓުވާލައި ގެން ދިރުވާލިކަން އެންމެނަށް އިގޭ

    1
    1