ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ސަރުކާރު ހިންގަން ހުރަސް އަޅާ އެޅުމަށް ނޫނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ބައެއް ވަޒީރުން ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހާ އެކު ސިޔާސީ މަސައްކަތުގައި ދެމި ނުހުރެވޭނެކަން އިއުލާން ކުރައްވާ، ނަޝީދު ގެންދަަވަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެމްޑީޕީ އާއިއެކު އިއްތިހާދެއް އެކުލަވާލަން އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް އެއްވެސް އެއްޗެއް ވިދާޅުނުވެ ރައީސް ސޯލިހް އަދި "ހަނު ހުންނެވި" ނަމަވެސް އެމަނިކުފާނު ވަނީ ވަޒީރުންނާއި، އަދި އަރިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ.
ނަން ނުޖަހަން ޝަރުތުކޮށް "ވަގުތު" އާ ވާހަކަ ދެއްކި ވަޒީރަކު ވިދާޅުވީ، ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސަށް ސުވާލުތަކެއް އަމާޒު ކުރެވުނު ކަމަށެވެ. ވަޒީރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް އެ ވަޒީރު ވިދާޅުވިއެވެ.
"ރައީސް ހުންނެވި ދޫ ދެއްވާ ގޮތަކަށް ނޫން" މައުލޫމާތު ދެއްވި ވަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ވަގުތު ރައީސް އެއްޗެއް ވިދާޅުނުވެ ހުންނަވަނީ މިއީ އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ނުވާތީއެވެ. ނަމަވެސް "މައިދާނަށް ރައީސް ނިކުމެ ވަޑައިގަންނަވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް "މައިދާނަށް ނިކުންނަވާނީ" ސީދާ ކޮންއިރަކު ކަމެއް އޭނާވެސް ވިދާޅެއް ނުވެއެވެ.
"ވަގުތު" އާ ވާހަކަ ދެއްކި އިތުރު ވަޒީރަކު ވިދާޅުވީ އެމްޑީޕީގެ ވަޒީރުން ހިމެނޭ ގޮތަށް ކެބިނެޓްގެ ހުރިހާ ވަޒީރުން ތިއްބެވީ ރައީސް ފަހަތްޕުޅުގައި ކަމަށެވެ. އަދި އެގޮތުގައި ދެމި ތިއްބަވާނެކަމުގެ ޔަގީންކަން ވަޒީރުން ރައީސަށް އަރުވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ އެންމެ ގާތް އެކުވެރިޔާ ނަޝީދާ ދެ ބޭފުޅުންގެ ދެމެދުގައި ގިނަ ކަންތައްތަކުގައި ހިޔާލު ތަފާތުވެއެވެ. ނަމަވެސް އެއިން މީގެ ކުރިން އެއްވެސް ފަހަރަކު ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅެއް ނުވެއެވެ. އެމްޑީޕީގެ އަސަސާތަކާއި އެއްގޮތަށް މަސައްކަތް ކުރެއްވުމަށް ނަޝީދު ގެންދަވަނީ ރައީސަށް ގޮވާލައްވަމުންނެ ވެ.
އެމްޑީޕީގެ ބައެއް ގުނަވަންތަކުންވެސް ދަނީ ނަޝީދުގެ ވާހަކަތަކަށް ތާއިދުކޮށް، ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވާ ގޮތުންނަމަ ހުރިހާ ގޯހެއްވެސް އުޅެނީ ސަރުކާރު ތެރޭގައެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ބަލިވެސް ނަޝީދު އެޅުވީ ސަރުކާރު ބޮލުގައެވެ. އެމަނިކުފާނުވެސް ނިސްބަތްވެވަޑައިގަންނަވާ ކޯލިޝަން ސަރުކާރުގެ އެއްވެސް ކަމެއް މިހާރު ރަނގަޅަށްދާ ކަމަށް ނަޝީދު ގަބޫލެއް ނުކުރައްވައެވެ.
ހެހެހެހެހެ... ތިއީ ވުމަށްވުރެ ނުވުން ކައިރިކަމެއް. ރައީސުއާ އެއްކޮށް ދެން ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ނަޝީދު ބުނީ އަނގައިން. ރަސްމީކިށް ނަޝީދު އެކަން ލިޔުމުން އަންގައިގެން ނޫނީ ނަޝީދުއާ އިބޫ ތިހެން ދައްކާ ވާހަކަ ގަބޫލުކުރަން ވަރަށް ދަތި.
ކޮންމައިދާނެއްތަ ތިބުނަނާ ރައީސްސައް 5000 ވޯޓުވެސްނުލިބޭނެ ކޮރޯނާވަގު ތިހުރިހާއެއްމެންނައް ވަރުގަދަސަރިޔަތެއްކުރަންޖެހޭ ރައްޔަތުން ގެ ލޭބޯލާފި ބަޖެޓުދަވާލާފި ގައުމްވިއްކާފި އަންނައަހަރު ރާއްޖެތެރޭން ވެސް އަހަރުމެން މާލެއަންނާނަން ސޯލިހުބާލަން ކުރެވެންހުރިހުރިހާކަމެއް ކުރުމަކީ މިހާރު އެންމެ ބޮޑު ޒިންމާ ނާގާބިލް މީހުން މަގާތަކައްލާގެން މިހަލުވާހެލުވުން ރައްޔަތުން މިހާރު ބަނޑައްޖެހިއްޖެ މިހާރުވޯޓުލީ މީހަކުނޫޅޭ
ވަރަށް ރަނގަޅު! އިބޫއަށް އިބޫ ބޭނުންވާގޮތަށް ވެރިކަން ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ!
ތީ ޢިންތިޚާބު ކައިޜިވުމުން ޖައްސާގޭމް.
ނަޝީދުގެ ސަރުކާރު މިއީ! އެމްޑީޕީ ކޯލިޝަން ސަރުކާރު މިއީ!! ހުރިހާ ކަމެއް ބޮއްސުންލައިގެންގޮސް ގައުމު އަވަށްޓެރި އިންޑިޔާއަށް ވިއްކަމުންދާއިރު މިހުރިހާ ކަންކަމެއްގައި ނަޝީދުގެ ޙިއްސާވެސް ވަރަށްބޮޑު!! ފޭލްވެ ރައްޔިތުން ރަތަށްއެރީމާ ނަޝީދު މިހާރު ހޯހޯ ތިމަންނަ ބައިވެރިނުވަމޭ ބުނެ ބޯދަމައިގަންނަން އުޅުނަސް އެކަމެއްނުވާނެ!! ހުރިހާ ގޯހެއްގެ އެއްމޭސްތިރި ނަޝީދަކީވެސް! ދެންތިބި އިބޫ އާއި މައުމޫނާ ގާސިމާ އިމްރާންއަކީވެސް ހަމަ ޝާމިލްވާ މީހުން!!
މި އަންނިގެ ވާހަކަ އެކަކުވެސް ނުދައްކަބަލަ ހެޔޮނުވާނެ
ފައްޔާޒު އައްވަރައްބޮޑައް ޝުކުރިއްޔާ ތިޔަވަޒީރަކީ ފައްޔާޒު ނޫންކަމަކައް ނުވާނެ އަންނިޔައް ބޭރުނުކުރެވުނު ވަޒީރ ރަކީ ފައްޔާޒު ތިޔަވާހަކަ ތަކުންވެސް އެނގޭ ރާގު ތިހު ރީ ހަމަ ފައްޔާޒުގެ ރާގައް
މައްސަލަ އަކީ ދޫނުދިމެއްނޫން. ގައުމު ރަނގަޅަށް ހިންގަވާ ދެއްވާ. ގައުމުގައި ހުރި ބޮޑެތި މައްސަަލަ ހައްލު ކޮށްދެއްވާ!!!
ދޫދޭކައްނުޖެހޭ ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް މަޖުލީހުގެ ރައީސް ވަންނާކައްނުޖެހޭ
ރައްޔިތުން އެންމެމީހަކަށް ވުރެ އިސްލާމްދީނާ ގައުމުއިސްކުރަން ޖެހެ އެވެ.
ލަފާކުރެވޭގޮތުގަ މިވެރިކަން ނިމޭތަނުން ތިރައީސްވެސް އިންނަވާނީ ޖަލުގަ، އެހެންނޫނީ ގައުމު ދޫކޮއް ފިއްލަވާނީ، ދެންތިރައީސެއް މިގައުމުގެ ވެރިކަމަކަށް ރައްޔިތުން ވޯޓްލާގެން ނާންނާނެ.
މިއުޅެނީ އަންނިއާއި އިބޫ ޖެހިގެނެއްނޫނެވެ. މިއުޅެނީ މިވެރިކަމުން ރައްޔިތުންނަށް ކަމެއްނުކޮށްދެވި ހިންގަންނޭގި ތާއިދުދަށްވެ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުނުވާނެތީ ރައްޔިތުންގެ ކުރިމަތީގައި މިވެރިންނަށް ކަމެއްނުވެގެން އުޅެނީ އަންނިއާއި ހެދިކަމަށް ދައްކުވައި އިބޫރަގަޅުކަމަށް ވިސްނައިދީގެން ދެވަނަދައުރަކަށް އެމްޑީޕީވެރިވުމަށެވެ. މިކަމުގެ އަޑީގައި ތިބީ ޔަހޫދީންނާއި އިންޑިޔާއެވެ.
ހުސް އޮޅުވާލުން
ދޫދެއްވާކަށް ނުވެސް ޖެހޭ.އަހަރުމެން ވޯޓް ދިނީ ރައީސް އިބޫ ސޯލިހަށް.ކެނެރީގޭ އަންނިއަކަށް ނުން.އަހަރުމެން އަންނިއަކަށް ތާއީދު ނުކުރަން.އަދިވެސް ތިބޭނީ އެގޮތުގަ.