ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އިން ބޭރުން އައިސް ކަރަންޓީންވާން ނުޖެހޭ ގޮތް ހެދުމާ ގުޅިގެން މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ރާއްޖޭން ބޭރުން އައިސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލު ކުރުމާ ގުޅިގެން އަނެއްކާ ވެސް އިތުރު "ރާޅެއް" ބޯމަތިވެފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކާ އިތުރު ރާޅެއް ބޯމަތިވެގެން މިދަނީ. ހުރިހާ ގެއްލުމެއް ނިކަމެތި ރައްޔިތުންނަށް،" މުއިއްޒު ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި އުސޫލުގައިވާ ގޮތުން ޑަބްލިއުއެޗްއޯގެ އިމަޖެންސީ ލިސްޓްގައި ހިމެނޭ ކޮވިޑް ވެކްސިނެއް ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ މީހެއް ނަމަ ރާއްޖެ އެތެރެވުމަށްފަހު ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.

އޭގެއިތުރުން ކޮވިޑަށް ފައްސިވެ، ބަލިން ރަނގަޅުވިތާ 60 ދުވަސް ނުވާ މީހެއް ނަމަވެސް، ރާއްޖެ އެތެރެވުމަށްފަހު ކަރަންޓީނުވާކަށް ނުޖެހޭނެއެވެ. އެ ނޫން ހުރިހާ އެންމެން މިހާރު ވެސް އަމަލު ކުރަމުން އަންނަ އުސޫލުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަސް ވަންދނެް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ. އެ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ކޮވިޑް-19 ގެ ނަތީޖާ ނައްސިވެގެންނެވެ.

މި އުސޫލަށް އާންމުންގެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެން ދިޔައެވެ. އެއީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންވެސް މި ބަލިމަޑުކަމަށް ހުށަހެޅެމުން ދާތިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަފޭ

  އެއީސަރުކާރުން ބޭނުންވަނީ ކޮއިޑް ފަތުރަން ގައުމުގައި ތިބި މީހުންނައް ވުރެން ފައިސާ ސަރުކާރައް މުހިއްމު ވަނީ

  10
 2. ޙަދިސައިބު

  މިއީ އިންޑިޔާ މީހުންނަށް މޯދީ ބުނެގެން ދުން ހަދިޔާއެއް މި އަހަރު ވެސް ސްކޫލު ތަށް ޖެހޭނީ ބަންދުކޮށްފައި ބަހައްޓަން ޖީލެއް ހަލާކޮށްލީ ރޯމާދުބާލު ކެރަފާއާއިލާގެ ބަލާ ވެރިކަން މިއީ ހެލްތު މިނިސްޓަރ މި އިޢުލާނު ނުނެރެގެން މައިމޫނާފަހަތުން ރޭގައި ދުވުނީ ހީވީ ބޮއިގެން ހުރި މީހަކު މޮޔަވެގެން އުޅުނު ހެން!

  10
 3. ރަބަރޭ

  ކޮވިޑުގެ 2 ޑޯޒް ފުރިހަ މަ ކޮށްފައިވާ މީހުން އިތުރަށް
  ކަރަންޓީނު ވާން ވެއްޖެނަ މަ 2 ޑޯޒް ފުރިހަ މަ
  ކުރު މުގެ ބޭނު މެން ނެތްކަ މަށް ފެންނަނީ
  ސުކުރިއްޔާ

 4. ސަމީރު

  ރައްޔިތުން ކޮންމެ ފަހަރަކު ގެޔަށް ވަދެ ވިޔަފާރި ތައް ބަންދު ކޮއްގެން ޕޮސިޓިވް ރޭޓިންގްސް ދަށް ކުރަނީ ވަރަށް އުދަގޫ ދަތި ހާލުގަ، ދެން ސަރުކާރުން މިކުރާ ކަމަކީ އަނެއްކާ އެއްވެސް ވަރަކަށް ބެލުމެއް ނެތި ހައި ރިސްކް ގައުމު ތަކުން މީހުން ގެނެސް އަޅަނީ، ރައްޔިތުން ބަލަން ނުތިބެ މަގު ތަކަށް ނިކުމެ މިކަން ކަން ހުއްޓުވަން ޖެހޭ އެބަ! މީ ސަރުކާރުން ދިވެހިން ނަށް ދޭ އަނިޔާ އެއް!