މާލޭގެ އާޓިފިޝަލް ބީޗަށް ދާ ކުޑަކުދިން އާއްމުކޮށް ކާންދީ އުޅޭ ކުކުޅުތަަކެއް ހިފައި ކަތިލި ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައި ފުލުހުން އެ ސަރަހައްދަށް ގޮސް އެ ތަނުގައި ތިބި ކުކުޅުތަކެއް ހިފައި އެ ކުކުޅުތައް ކަތިލި މަންޒަރު އެ ސަރަހައްދުގައި ތިބި ބައެއް މީހުންނަށް ވަނީ ފެނިފައެވެ. އެ ވާހަކަތައް އޭގެ ތެރެއިން ބައެއް މީހުން ވަނީ "ވަގުތު" އާ ހިއްސާކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މިއަދު ވިދާޅުވީ، ކުޑަހެންވޭރު ސަރަހައްދުގައި ދޫކޮށްލާފައި ތިބި ކުކުޅުތައް ހިފައި ކަތިލާފައިވާ ކަމުގެ މައްސަލައެއް އިއްޔެ ހެނދުނު ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަމަކު މިހާތަނަށް ބެލި ބެލުމުން ފުލުހުން އެކަމުގައި ބައިވެރިފައިވާކަން އެނގިފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮވިޑް

  މުޅިން ކެމެރާ ހަރު ކޮށްފަ ވާ ސަރަހައްދެއް މީ. އެކަން ކުރިބަޔަކު ދައްކަބަލަ ޕޮލިހުން؟

  10
 2. ކޮރަލް

  ތިޔަ ސަރަހައްދުގަ ހުރި އަމިއްލަ މީހުންގެ ގޭގަ ހަރުކޮށްފަ ހުރިސީސީޓީވީ ފުޓޭޖް ތަކުން ހަގީގަތް ބަލާލެ ވޭނެ އެވެ.

 3. ކުކުޅު ހ ގެ ޖަމުއިއް ޔ

  ޝުކުރިއްޔާ ޕޮލިސް

 4. އަލްޖިބްރާ

  އެމީހުން ކުރާކަމަކަށް އެއްބަސްވީ ކޮންއިރަކުތަ ؟

 5. ށުމަން

  ފުލުހުން މި ފަހަކަށް އައިސް ހިންގާ އެއްވެސް ޖަރީމާ އަކަށް އެއްބަސް ނުވެ ، އެކަން ދޮގު ކުރަމުން ދަނީ. ކޮންމެ ކަމެއް ކޮއްފަ ވެސް " ދޮގު ކުރީމަ ނިންމައެއް ނުލެވޭނެ. ނުކުރާކަން ސާބިތު ކޮއްދޭން ވެސް ޖެހޭނެ!

 6. އިއްބެ201

  އެކަން ދޮގުކޮށްފަ ނެތެއްނު. ފުލުހުން އެކަން ތަހުގީގު ކުރަނީޔޯ. ދެން "މިހާތަނަށް" ބެލި ބެލުމުން ފުލުހުން އެކަމުގައި ބައިވެރިފައިވާކަން "އެނގިފައިނުވާ" ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެހެންވީމާ އޭގެ މާނައަކީ ތަހުގީކޮށްފަ ޔަގީންވާނީ. ސާފު ދިވެހިބަހުން ބުނީމަވެސް ހަމަ އޮޅުވާލަނީ. އޮޅުވާލުމަކީ މި ޤައުމުގެ މީހުންގެ ގައިގައި ހިފާފަ އޮންނަ ސިފައެއް.