ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް މަސްވެރިންތަކެއް އިސްވެ، ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފިއެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާ، މަސްވެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ބުނެ ސިޔާސީ ޕާޓީއެއް ހެދުމުގައި އިސްކޮށް އުޅެނީ މާލެއަށް އުފަން އަބްދުﷲ ރަޝީދުއެވެ. އޭނާއަކީ "ހަމްދު-6" ނަމަކަށް ކިޔާ ދޯނީގެ ކެޔޮޅުއެވެ.
އޭނާ ބުނި ގޮތުގައި މިހާރު ކުރަމުން ދަނީ ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމުގެ މަސައްކަތެވެ. އަދި އުންމީދަކީި އަންނަ ސެޕްޓެމްބަރު ހިސާބުގައި މި ޕާޓީ އުފެދިގެން ދިއުން ކަމަށް އޭނާ ބުންޏެވެ.
އަބްދުﷲ ރަޝީދު ވަނީ އެ ޕާޓީއިންވެސް އަންނަ އިންތިހާބުގައި ވާދަކުރާނެކަން ހާމަކޮށްފައެވެ. އަދި ޕާޓީގެ ޓިކެޓުގައި ނެރޭނީ މަސްވެރިންގެ ތެރޭގައި އުޅޭ ތައުލީމީ، އަދި ގާބިލް ޒުވާނެެއް ކަމަށް ބުނެފައެވެ.
އޭނާ ބުުނީ އި މަސްވެރިކަމަކީ އެންމެ ގިނަ ދިވެހިން މަސައްކަތް ކުރާ އެއް ދާއިރާއަށްވާ އިރު، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރަން ބޭނުންވާ މެޖޯރިޓީ ލިބޭނީ މަސްވެރިންގެ ވޯޓުން ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.
ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން އާއި މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވައިފައެވެ.
އަދި ކިރިޔާ ރާއްޖެ މި އަންނަނީ. މީ "މަގޭ ދިވެހި ރާއްޖެ"
އެންމެން މަސްވެރިންގެ ޕާޓީއަށް ވަދޭ
ކޮނމެ އެއްޗެއް ހޭދަކޮއްގެންވެސް މިފަހަރު ޕޕ އާއި އެމްޑީޕީ ގެ ޚިޔާނާތްތެރިން މިގައުގެެ ސިޔާސީ ދާއިރާއިން ބަސްކިޔޭހިސާބައްވުރެ ދުރައް ފޮނުވާ ބާކީ ކޮއްލަން ޖެހޭނެ.
ހޫނ. ދެން ކަލޭމެންގެ ޕާޓިން ބާނާ މަސްކޮޅު ބޮޑުއަގުގަ ނުވިކުނީމަ މަހަށް ނުގޮސް މަގުމައްޗަށް ނިކު މުޒާހަރާ ކުރޭ. ޕާޓީ ހަދަނީ އެނޫން ދެން ކޮން ބޭނުމެއްގަ؟
ރަނގަޅުނިންމުމެކެވެ. ދެން ދަނޑުވެރީން ވެސް ޕާޓީ އެއްހަދަން ވީ އެވެ.
ރާއްޖެ އަކީ ވެރިން ގިނަ ތަނެއް މަސްވެރިން ދަޑުވެރިން ޕާޓީ ހަދަން ރަގަޅު !
މަސްވެރިން މަހަށް ދޭބަލަ...ކޮންޕާޓީ އެއް ހަދާކަށްތަ
ދެން އެމީހުން ގުދާރު ބިނދެންދެން ކުރާ މަސައްކަތުގެ ފޮނި ބޯން ކަންނެތް މީހުން ވެރިންނަށް ތޯ ބައިތިއްބަންވީ
މަށައް ހެޔޮ ޔާމީނު ނަސީދު އިބޫ މައުމުނު ތިފާޓީއައް ވަނަސް މަގޭނުވަންނަން! ނަރުހުންނާ ޓީޗަރުންނާ ދަނޑު ވެރިން ފަޓީ ހަދަންޖެއާ އެމިހަކާ އެމިހެއްކިޔާފަ އަންހެނުނާ ދަރިންއިގެން ވެސްފާޓީ ހަދަން ވީނޫންތޯ