އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ އިތުރު މަޝްރޫއުތަކެއްގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޝާހިދުގެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަން ނިންމާފައިވާ ކޮމިއުނިޓީ ޑިވޮލޮޕްމަންޓާ ގުޅޭ މަޝްރޫއުތަކުގައި ސޮއި ކުރާނެ ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް އެ މަޝްރޫއުތަކާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ބައިނަލްއަގުވާމީ މައިދާނުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އދ. އިން އަދާކުރެވޭނެ ދައުރާމެދު ޝާހިދުއާއެކު މަޝްވަރާ ކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ.

ޝާހިދު ވަޑައިގަތް އެ ދަތުރުފުޅަކީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިއްސިޔަތުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.އިންޑިއާގެ ތާއީދާއެކު އޭނާ އެ މަގާމަށް ހޮވިވަޑައިގަތް އިރު މަގާމުގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރައްވާނީ ވެސް އިންޑިއާ އަށެެވެ.

ޝާހިދުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރާ މޯދީ އަދި އެ ގައުމުގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖަޔަޝަންކަރާ ބައްދަލު ކުރައްވާނެއެވެ.

ޝާހިދާއެކު ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސޭން) އަދި މިނިސްޓްރީގެ ޖޮއިންޓް ސެކެރެޓަރީ މަރިޔަމް މިދްފާ ނައީމް ބައިވެރިވެވަޑައިގަންނަވައެވެ.

މި މަހުގެ 23 ވަނަ ދުވަހު އިންޑިއަން ކައުންސިލް އޮފް އެފެއާސް އިން ބާއްވާ " ޕްރެސިޑެންސީ އޮފް ހޯޕް 76 ޔޫއެންޖީއޭ: ކޮވިޑް ޕެންޑެމިކް އެންޑް ދަ ނީޑް ފޯ ރިފޯމްޑް މަލްޓުލެޓްރިޒަމް" ގައި ޝާހިދު ތަގުރީރު ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    އދ އޭ ހާރިޖީ އޭ ކިޔައިގެން ދިޔަސް ތި އިންޑިއާ އަށް ދިޔައީ ކީއްކުރަންކަން ނޭންގޭ ދިވެހިން އެބަ އުޅޭތަ؟ ތި ދަތުރު ނިއްމާފަ އައިސް އައްޑު އަށް ދާން މަޖުބޫރު ވާނެ. އޭގެ ފަހުން ލާމް އަތޮޅަށް ވެސް ދާން ޖެހޭނެ. ބާކީ ދެ އަހަރު ތެރޭ ކުރާ ކަމެއް ކުރޭ އިންޝާ ﷲ ކުރި ހުރިހާ ކަމެއް ރައްޔަތުން ނުކުމެ ބޭކާރު ކުރާ މަންޒަރު ފެންނާނެ. އޭރު ކަލޯމެން ތިބޭނީ ފިލާ އަތް ޖަހަން.

    17
    • Anonymous

      ޢެއިރުން މިބައިގަނޑުމެން ތިބޭނީ ފިލާ އަތްޖަހާކަށްވެސްނޫން ހިބަރުވަދުގައިޖެހި ކަސްތަޅު އެޅިފައި

  2. ޒާ

    އދ. އޭކިޔާފަގޮސް އިންޑިއާއަށްރާއްޖެ ވިއްކާ އެއްބަސްވުންހަދަނީ. ކޮރަޮްޓްމީހެއް.

  3. Anonymous

    ޢެއިރުން މިބައިގަނޑުމެން ތިބޭނީ ފިލާ އަތްޖަހާކަށްވެސްނޫން ހިބަރުވަދުގައިޖެހި ކަސްތަޅު އެޅިފައި

  4. Anonymous

    ދިވެހި ތަ ރިކަ ވިއްކަން