އިންޑިއާ އާއި ރާއްޖޭގެ ކަސްޓަމްސްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

"އެކްސްޗޭންޖް އޮފް ޕްރީ-އެރައިވަލް އިންފޮމޭޝަން ފޯ ފެސިލިޓޭޝަން އޮފް ޓްރޭޑް އެންޑް ކަސްޓަމްސް ކޮންޓްރޯލް އޮން ގުޑްސް" އާ ގުޅޭ އެމްއޯޔޫގައި ސޮއިކުރައްވާފައި ވަނީ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ޗެއާމަން، އަޖިތު ކުމާރު އާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފްއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ މި އެމްއޯޔޫ ގެ ދަށުން އެކްސްޕޯޓްގެ ވަގުތު ސަބްމިޓް ކުރެވޭ ކަސްޓަމްސް ޑޮކިއުމެންޓް ތަކުގައިވާ މައުލޫމާތު މުދާ ޕޯޓާ ހަމައަށް އައުމުގެ ކުރިން ބަދަލު ކުރެވޭނެ ފްރޭމްވޯކެއް ފޯރުކޮށްދެވޭނެ ކަމަށެެވެ. އޭގެ ސަބަބުން ކަސްޓަމްސް ޕްރޮސީޖާތަކުގައި ހޭދަވާ ވަގުތު ކުޑަ ކުރެވި، މުދަލުގެ ކަސްޓަމްސް ކޮންޓްރޯލް މެތަޑް ތަކާއި ފޯމްތައް އޮޕްޓިމައިޒް ކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ.

އަދި މި އެމްއޯޔޫ ގެ ދަށުން ޑޭޓާ އެކްސްޗޭންޖް ކުރުމުގައި ދެފަރާތުގެ ކޯޕަރޭޝަން އިތުރުވުމުގެ ސަބަބުން ދެ ފަރާތުގެ ކަސްޓަމްސް އެޑްމިނިސްޓްރޭޝަން މަރުހަލާތަކުގެ އެފިޝެންސީ އިތުރުވެ، ވިޔަފާރި ކުރުމަށާއި، ސަޕްލައި ޗެއިން އަދި ރެވެނިއު ކަލެކްޝަންގެ ސެކިއުރިޓީ ވަރުގަދަ ވުން ފަދަ އެތައް ފައިދާއެއް ލިބިގެންދާނެ ކަމަށް އިންޑިއާއިން މައުލޫމާތުދެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އަދި ބޮޑު ވަޒީރު ނަރޭންދްރަ މޯދީގެ ވެރިކަމާއި އިސްނެންގެވުމުގެ ދަށުން އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ބައިލެޓަރަލް ގުޅުން ބަދަހިވެ، ދެގައުމުގެ މެދުގައިވާ ވިޔަފާރި އަދި ކޮމާޝަލް ގުޅުން ވަނީ ވަރަށް ވެސް ބޮޑަށް ވަރުގަދަ ވެފައެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ދެގައުމުގެ މެދުގައި ބައިލެޓަރަލް ޓްރޭޑް ވަރުގަދަ ކުރުމަށް އެތައް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ސެޕްޓެމްބަރު 2020 ގައި އިންޑިއާ އާއި ރާއްޖޭގެ މެދުގައި ގާއިމް ކުރެވުނު އިންޑިއާ-މޯލްޑިވްސް ޑައިރެކްޓް ކާގޯ ވެސެލް ސާވިސްގެ ސަބަބުން ދެގައުމުގެ ބައިލެޓަރަލް ޓްރޭޑް ޕާޓްނަޝިޕް އަށް ވަނީ އިތުރު އާރޯ ކަމެއް ލިއްބައިދީފައިވާ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުންޏެވެ. މި ޑައިރެކްޓް ކާގޯ ވެސެލް ސާވިސްގެ ސަބަބުން ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޓްރޭޑް ޕާޓްނާ ގެ މަގާމު 2020 ވަނަ އަހަރު އިންޑިއާއަށް ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރު މި ލިސްޓުގެ ފަސް ވަނައިގައި އޮތުމަށް ފަހު ލިބުނު ބޮޑު ކާމިޔާބީއެކެވެ. ބަދަހި ވަމުން އަންނަ ވިޔަފާރީގެ މި ގުޅުމުގެ އެތައް ފައިދާއެއް ދިވެހިރާއްޖެއަށް ވެސް އަންނަނީ ލިބެމުންނެވެ.

އެގޮތުން މިދިޔަ ޖަނަވަރީ އާއި ޖޫން މަހުގެ ދެމެދުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކޮށްފައިވާ އެކްސްޕޯޓްތަކުގެ އަދަދު ވަނީ ފާއިތުވި އަހަރު ތަކާއި އަޅާކިޔާއިރު ވަރަށް ބޮޑުތަން އިތުރުވެފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން ދާދި ފަހުން އިންޑިއާއިން ވަނީ ރާއްޖެއަށް ފޯރުކޮށްދޭ ނުވަ ޒަރޫރީ ބާވަތުގެ ކޯޓާ އިތުރުކޮށް، އާކޮށްދީފައެވެ. މިއީ 1981 ވަނަ އަހަރު ދެގައުމުގެ މެދުގައި ސޮއިކުރެވިފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސެކިއުރިޓީ އާއި، ކޮންސްޓްރަކްޝަން ސާމާނުގެ ސަޕްލައި ގެރެންޓީ ކުރުމަށްޓަކައި ހުއްޓުމެއް ނެތި ހިނގަމުންދާ މެކޭނިޒަމް އެކެވެ.

މި އަހަރު މި މެކޭނިޒަމްގެ ދަށުން ކޯޓާތައް ވަނީ 15 އިންސައްތަ އިތުރުކުރެވިފައެވެ. މިއީ 1981 ވަނަ އަހަރު ދެގައުމުގެ މެދުގައި ވިޔަފާރި އެއްބަސްވުމުގައި ސޮއިކުރެވުނީއްސުރެ އެޕްރޫވްކުރެވިފައިވާ އެންމެ ބޮޑު އަދަދުތަކެވެ. ރާއްޖޭގެ އެކި ދާއިރާތަކުގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި އިންޑިއާ އަކީ ޒަމާންވީ ބައިވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑީމަކްރަތީ

    ކަސްޓަމުސް ކުރިއެރުމައްޓަކާ ކުރައްވާ ބުރަމަސްއްކަތައް ވަރައްއިހުލާސްތެރިކަމާއެކު ސީޖީ ސަރީފުއައް ސުކުރުދަންނަވަން މަނިކުފާނު ކަސްޓަމުސް ހިދުމަތުގެ ފެންވަރު އާމުރައްޔަތުމީހާގެ އަތުފޯނުން ކުރެވޭގޮތައް ބައައްޓަންކުރަމުން އަދި ދިގުތާރީހެއްގާ ކުރީގެ ސަރުކާރުތަކުން އިހުމާލު ވެފައވާ މުއްޒަފުންގެ ހައްގު ހޯދައި ދިނުމައް ސީޖީ ސަރީފުކޮއްދެއްވިމަސައްކައް ފާގަކުރަން ހާސަކޮން ދިވެހިރާޖޭގެ ލޮބުވެތި ރައީސް ސޯލިހުޢާ މާރިޔާގެނަންފުޅުއުފަލާއެކުފާހަގަކުން ސީޖީގެވެރިކަމުގާ ތިޔަގަދީމީމުއްސިސާ ކުރިއެރުމށާ ރައްޔަތުންނާގާތުންއަވަސް ހިދުމަތްތަކެއްލިބެމުންދިއުން އާމީން،

  2. މަރީ

    މީގެ ބޭނުމަކީ ރާއްޖެއަށް ގެންނަ ހުރިހާ މުދަލުގެ އަގު ތަކާ މައުލޫމާތު އިންޑިޔާގެ ޑޭޓާބޭސް ތަކަށް އަޅައިގެން ރާއްޖޭގެ މާކެޓަށް ޓާގެޓް ކޮށް އެއްޗެހި އިންޑިޔާ ކުންފުނިތަކުން އުފެއްދުން. އިންޑިޔާ ފަސްޓް ޕޮލިސާ ވަރަށް ރަގަޅު އިންޑިޔާއަށް. މޯލްޑިވްސް ފަސްޓް ޕޮލިސީއެއް އެމީހުން ނުގެންގުޅޭ.