އީދު ފާހަގަ ކުރުމުގެ ގޮތުން ކުލަ ޖެހުމުގެ ތެރޭގައި ގއ. ދާންދޫގައި މާރާމާރީއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާވެފައިވަނީ ދާންދޫގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސާ މުޒައިނާ މުހުތާރު އަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ދާންދޫގައި އީދު ކުޅިވަރު ކުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރިއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހަވީރު 17:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށަށެވެ.

މި މާރާމާރީއާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ހަތަރު ގަޑިއިރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މާރާމާރީއާއި ގުޅިގެން ލިބުނު އަނިޔާތަކަށް އެރަށު ސިއްހީ މަރުކަޒުގައި މުޒައިނާއަށް ފަރުވާ ދީ ވަނީ ދޫކޮށްލާފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެމައުލޫމާތު އެނގޭ މީހަކު “ވަގުތު” އަށް ބުނީ، އެ ހާދިސާ ހިނގަން މެދުވެރިވީ، މުޒެއިނާ އެކުއްޖާގެ ގަޔަށް ކުލަ ޖެހުމުން ކަމަށެވެ.

“މުޒެއިނާއަކީ ވަރަށް ސަކަ މަޒާޖެއްގެ އެންމެންނާއި އެކީ ގުޅިގެން ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވާ ކުއްޖެއް. އެ ފިރިހެން ކުއްޖާ ގެއިން ނިކުމެގެން ގޮސް ކޮފީ ބޯތަނަކަށް ވަންގަޑީ މުޒެއިނާ ކުލަ ހޭކީ. ދެން އެތަނުން ހިތްހަމަ ނުޖެހިގެން ކޮފީ ބޯ ޖޯޑުން ޖެހީ“ އޭނާ ކިޔާދިނެވެ.

އޭނާ ބުނީ، އޭގެ ފަހުން ވެސް މުޒެއިނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަނެ އެކި ކަހަލަ އަނިޔާ ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބަބޫ

  ހޯލީ ފާހަގަ ކުރުމުގެ ތެރެއިން ހަމަ ނުޖެހިން ހިނގައިފި. މިހެން ޖަހަން ވީ.

  16
  1
 2. ހަހާ

  ކުލަ ޖެހުމުން ހިތްހަނަމުޖެހޭ މީހުން ވަރަށް ގިނަ. އެހެންވީމަ ނުރުހޭ މީހުންގަޔަށް ނުޖަހާވާނެގޮތެއް އޮތުން މުހިންމު. އިންޑިއާގައި ހޯލީ ދުވަހު އެންމެން ކުލައިން ތެމި ފޯވޭ. އެކަމަކު ބައިވެރި ނުވާ މީހުންގަޔަށް ނުޖަހާ. މުސްލިމުންކާރީ ދުރަށްދާންވެސް ބުނަމުންދޭ. މަށާ ދިމާވިކަމެއްމީ.

  5
  1
 3. ދިދަ ދަނޑި

  މީހުންގެ ގަޔަށް ބޮލަށް އަރަންޏާ ވާނީތިހެން.. ހަމަ ތަނަކުން މީހަކު ފެންނަ އިރަށް ނުޖެހޭ ކުލަ ޖަހާކަށް.. ނައިބު ރައީސަކަސް ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ..

  11
  1
 4. މުޙައްމަދު

  ކުލައާއި ފެންޖެހުމުގެ ނަމުގައި ހިލޭ ފިރެހެނުންނާއި ހިލޭ އަންހެނުން އެއްބަޔަކު އަނެއް ބަޔަކު ގަޔަށް އަތްލާ، ސަމާސާކަމަށް ދައްކައިގެން ސަކަ މިޒާޖުވެގަނެގެން އުޅުމަކީ ދަށުދަރަޖައިގެ ޢަމަލެއް. ތީގައި އެ އަންހެން މީހާވެސް ފުލުހަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭ.

  8
  2
 5. ހުސައިނު

  މިހާދިސާއާއި ގުޅިގެން ދާންދޫ މުދިންބެ ލޯޑުން އާގުރާނު ގޮވަނީ

 6. Anonymous

  ކުލަޖެހުން ތިޔައީ ދިވެހިންގެ ސަގާފަތެއް ނޫން. އިންޑިޔާގެ ހިންދޫ ބުދު ދީނުގެ އީދެއްގެ ސަގާފަތެއް.