ފުވައްމުލައް ސިޓީގެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ސިޓީގެ މިސްކިތް މަގު އަވަށުގެ ލަކީ ސްޓާ ގޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑިއެފްގެ ރެސްކިއު ޓީމުން ހަރަކާތްތެރިވެ، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަަމަށެވެ.

އެ ގޭގެ ބަދިގޭގައި ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:32 ހާއިރުއެވެ.

ފުވައްމުލަކު ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންވެފައި - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްއިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ގޭގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައި ހުރި މަަންޒަރު ފެނެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ،އެ ގޭގެ ބަދީގައި ރޯވެފައި ވަނީ، އެއްޗެއް ތެލުލާ ނިންމާއި، ސުތުލި ގޯންޏެއްގެ މަތީގައި ބޭއްވި ތެޔޮ ތާހުން، އެ ގޯނީގައި ރޯވެ، ކައިރީގައި ހުރި ބާލިއްދީގައި އަލިފާން ހިފައިގެން ކަމަށެވެ.

ފުވައްމުލަކު ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންވެފައި - ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.