މާލޭގައި އަނެއްކާވެސް މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ، އަލިކަލޭގެ ފާނު މަގުގެ ނޭޝަނަލް ޑްރަގް އެޖެންސީ ކުރިމަތީގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ ސަރަހައްދުގައި މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައެއް މިއަދު 17:23 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްް ފަރުވާދެމުންދާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަދި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިއީ ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި މާލޭގައި ހިނގި ތިން ވަނަ މާރާމާރީއެވެ.
އާ ކަމެއް ނޫން! ދޮތަ؟ މިހާރުގެ އެވްރީޑޭ ޕްރަކްޓިސް! އަޚާލާ އެއްޗެއް.ނޫން 😎
އެކުދިންނަށް ރަނގަޅަށް ބޭސްބޯންދީފާ ބަހައްޓާ. ނޫނީ ތުރާވާނީ އެހެންމީހުންނަށް. އެކުދިން ހުރަގެއަށްލެވޭކަށްވެސް ނެތްވިއްޔަ. ބަލިކުދިންވިއްޔަ.
ތިޔައީ އަނދިރި ދައުލަތުގެ މެންބަރުން ތިޔަ މީހުންފާޅު ވާނީ ސިޔާސީވެރިން ކޯޅޭ ދުވަސްވަރު.
އަނެއް ދުވަސްވަރު ތިއްބަވާނީ މަސްމާރުކޭޓް މަތީ ވަޅޯމަސް މާރުކޭޓް ފުރަގަހުގައި.