ކ. އަތޮޅު މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަރުކަށި ފިކުުރުގެ ގައިދީންތައް އެތަނުގައި ގާއިމުކޮށްފައިވާ ވަކި ހާއްސަ ޔުނިޓަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއް އެ ޖަލުގައި ހަދާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން "ވަގުތު" އަށް ވިދާޅުވީ، މާފުށީ ޖަލުގައި ހަދާފައިވާ ޔުނިޓަށް ހަރުކަށި ފިކުރަށް ތާއީދުކޮށް، އެފިކުރު ފަތުރާ ކަމަށް އެނގިފައިވާ ފަރާތްތަކުން ބަދަލު ކުރުމުގެ މަސައްކަތް އަންނަ މަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

އެކަމަށް ތައްޔާރުވުމުގެ ގޮތުން މިހާރު އެސަސްމެންޓް ހެދުމަށްފަހު އެފަރާތްތަކުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔުސްރީން ވިދާޅުވިއެވެ.

ޔުސްރީން ވިދާޅުވީ، ޖަލުތަކަކީ މިހާރު ބާރުބޮޑުތަނަކަށް ވުމުން، އެފަދަ ފަރާތްތަކާއި އެކީ އެހެން ބަޔަކު ތިބުމުން އެއީ އެފަރާތްތަކަށް އެފިކުރު ފަތުރަން ލިބޭ ހިތްވަރެއް ކަމުން އެފަދަ ފަރާތްތަކުން ދަނެގަނެ ވަކި ކުރާނެ ކަމަށެވެ.

"ވަކިކޮށް ރިހެބިލިޓޭޓްކޮށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި" ޔުސްރީން ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ މީހުން ޖަލުން ވަކި ކުރުމަށް ތައްޔާރުވެފައިވާއިރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މީގެ ކުރިން ވިދާޅުވެފައިވަނީ ޖަލުތަކުގައި 40-50 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ފިކުރަށް ތާއިދު ކުރާ ގައިދީން އުޅޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢބްދުއްﷲ

    ޖަލުގައި ތިބޭ ހަރުކަށި ފިކުރުގެ ގައިދީން ވަކި ޔުނިޓަކަށް ބަދަލު ކުރަނީ

    1 މިނެޓް ކުރިން ( ޖުލައި 22, 2021 )

    ކީއްވެތަ ؟ އިސްލާމް ދީނަށް ފަސްއިރު ހަމަޔަށް ނަމާދުކުރާ މީހުނޭ ބުނަން ނުކެރި ގެން

    ތިއުޅެނީ

    12
    2
  2. ކޮވިޑް

    ތިބުނާ ޔުނިޓަށް ޝޭހު ހެދިގެން އުޅޭ އިމްރާން ލާން ފެނޭ. މިހާތަނަށް ހަމަ އެކަނި ނަޝީދު އެއީ ލާދީނީ މީހެއްކަން ސިފަވާ ގޮތަކަށް ﷲ ގަންދީ ހުވާކޮށްފަ ބުނިމީހާ އިމްރާނަކީ. އިމްރާން ތި ޔުނިޓަށް ލާ ފުރަތަމަ.

    13
    • ޚާރު

      ޔާނުވެސް ލާ ކަށި ހަރުކުރަން ތި ޔުނިޓަށް

      1
      1
    • ސެންޗޯ

      ރަނގަޅު ހިޔާލެއް ހަދަންވި ގޮތަކީ އެމީހުން ވަކިން ބައިތިއްބައިގެން މެޓީރިއަލް ދީގެން ބޮންތައްޔާރު ކޮށްގެން އިޒުރޭލު ގޮއްވާ ލަންވީ

  3. ޖާރިޔާ ހިސާން

    މިހެންވެ މި ލާދީނީ ސަރުކާރެކޭ މިކިޔަނީ. އިސްލާމްދީނައް ފުރައްސާރަ ކުރާ އެއްވެސް މުރުތައްދަކު ހައްޔަރުކޮއް އަދަބު ނުދެވެނީ ކީއްވެ؟ ކިނބޫ ކަނާތާއި ވައަތާއި ކުރިމަތީގައި ފުރަގަހުގައި ތިބީ ހުސް ލާދީނީ މީހުން. ޝަރުއީ ދާއިރާ ތެރޭގަ ގާނޫނު ހަދާ ބަކަރި ކޮށި ތެރޭގައި ހުރިހާ މުއައްސަސާތަކުގައި ސަރުކާރު ކުންފުނިތަކުގައި ކެބިނެޓްގައި ހުސް ލާދީނީ އެއްޗިސްތައް.

    2
    2
  4. ރާއްޖެތެރެ

    އަޅުގަނޑު ގޮވާލަން އިމްރާން އިސްތިއުފާ ދިނުމައް