ގދ. ނަޑެއްލާގައި އެމްބިއުލާންސެއް ނެތި ގިނަ ދުވަސްތަކެއް ވެފައި ގިނަ ބައެއްގެ ޝަކުވާ އިތުރުވެފައި ވަނިކޮށް އެރަށަށް އަންނަ ހަފްތާ ތެރޭގައި އެމްބިއުލާންސެއް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު "ވަގުތު" އަށް ވިދާޅުވީ، އެމްބިއުލާންސް ލިބޭނެ ކަމަށް ބެލެވެނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ހިސާބު ކަމަށާއި އެމްބިއުލާންސް ގެނައުމަށް ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
ސަރުކާރުން ހަމަޖައްސާފައިވާ އެމްބިއުލާންސް ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ ރަށުގެ ހެޔޮ އެދޭ މީހެއްގެ އެހީތެރިކަމާއި އެކީ ކަމަށް އަންޝާއު ވަނީ ފާހަގަ ކުރައްވާފައެވެ.
ނަޑެއްލާގެ އެމްބިއުލާންސެއް ނެތި ދެ އަހަރު ދުވަސް ވެގެން ގޮސްފައިވާއިރު، އެކަން އާއްމުންގެ ބޮޑު ސަމާލުކަމަށް އައިސްފައި ދާދި ފަހުން މީސްމީޑިއާގައި ގިނަ ބަޔަކު އެކަމާއި ވާހަކަ ދައްކައި، ބަލި މީހަކު ގޯންޏެއްގައި ލޯންޗަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމު ވުމާއި ގުޅިގެންނެވެ.
އެރަށުގައި އާއްމު ގޮތެއްގައި މީހަކު ބަލި ވެއްޖެނަމަ ސިއްހީ މަރުކަޒަށް ގެންދަނީ ރަށު ޕިކަޕަށް ލައިގެން ކަމަށް އަންޝާއު ވަނީ ވިދާޅުވެފައެވެ.
ނަޑެއްލާގައި އެމްބިއުލާންސް ނެތުމުގެ އުނދަގޫ ދިމާވެ ޝަކުވާ އިތުރުވެފައިވާއިރު، އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއެކު ހެލްތް މިނިސްޓްރީން މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިތާ މަސްވެރިގެ ޕާކުގަ އެބައޮއް ނަޑައްލާ އޮއް ޓާޓާ އެންބިއުލައިން އޭތި ގެންދިޔާމަ މީގެ 40 ފަހަތައްގޮސް ޖަޒީރާވީ ލައިޓުބޭރުގަ ތަޅަކީ އެލުވާތަޅު ނޫނީ ކުޑަޕިކަޕެއްގަ އެންބިއުލައިސް ޖަހާގެންދުއްވާ ސޯލިހުއަކައް އެންބިއު ލައިންސު ކީއްކުރަން ބައިސއކަލެއްވެސް ނުހަނެވޭނެ
ތިނަދޫއަށް ވުރެ ގިނައިން ނަޑެއްލާއަށް އެންބިއުލައިންސް ގެނގޮސްސި މީގެކުރިން ގެދި އެންބިއުލައިސް އަމިލައަށް ހަލާކު ކުރީ
ހަލާކުވީމަ އެހެން އެއްޗިހިވެސް ހަދަނީ ހަދައިގެން ބޭނުން ކުރަނީ ފުރަތަމަ އެމްބިއުލެންސް ބެޓެރި ގޮބައިގެން އެނދީ ދެވަނަ އެތިވެސް ކޮންމެވެސް މައްސަލައެއްޖެހިގެން ހަލާކުވީ ގަސްތުގަ ހަލާކު ކުރުމަކީ ކޮބާ؟ނޭނގެންޏާ އަނގަމަޑުންލައިގެން ތިބުން ބުއްދިވެރި