އީދު ފާހަގަ ކުރުމުގެ ގޮތުން ކުލަ ޖެހުމުގެ ތެރޭގައި ގއ. ދާންދޫގައި ހިނގި މާރާމާރީ އާއި ގުޅިގެން އެރަށޫގައި މުޒާހަރާ ކޮށްފިއެވެ.

އިއްޔެ ހިނގި އެ މާރާމާރީ ހިނގާފައިވަނީ ދާންދޫގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސާ މުޒައިނާ މުހުތާރު އާއި އެރަށުގައި ހަރަކާތްތެރިވާ ފިރިހެނަކާއި އެވެ.

މި ހާދިސާ ހިނގިގޮތް އެނގޭ މީހަކު "ވަގުތު" އަށް ބުނީ، އެހާދިސާ ހިނގަން ދިމާވީ މުޒައިނާ އެ ފިރިހެން މީހާގެ ގަޔަށް ކުލަ ޖެހުމުން އެކަމާއި ހިތް ހަމަ ނުޖެހިގެން ކަމަށެވެ. އެގޮތުން އެފިރިހެން މީހާ ހިތް ހަމަ ނުޖެހިގެން މުޒައިނާގެ ގައިގައި ކޮފީ ތަށިން ޖަހާ، ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމައި އަނިޔާ ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަން ހާމަ ނުކުރަން ޝަރުތުކޮށް "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެކަމާއި ގުޅިގެން މއިަދު ހަވީރު އެރަށުގައި މުޒާހަރާއެއް ގޮތަށް ހިނގާލުމެއް ބޭއްވި ކަމަށާއި އެ ހިނގާލުމުގައި ގިނަ އަދަދަކަށް އަންހެން ބޭފުޅުން ބައިވެރިވި ކަމަށެވެ.

"މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތަކަށް ފާހަގަ ކުރީ، އެކަން ކުރި ފިރިހެން މީހާ ހައްޔަރު ކުރުމަށާއި މުޒޭއަށް އިންސާފު ހޯދައި ދިނުމަށާއި އަވަހަށް މައްސަލަ ބެލުމަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް" އެ މީހާ ބުންޏެވެ.

މި މުޒާހަރާގައި ގާތްގަނޑަކަށް 50 ވަރަކަށް މީހުން ބައިވެރިވިއިރު، އޭގެ ތެރޭގައި ގިނައީ އަންހެން ބޭފުޅުން ކަން ފާހަގަ ކޮށްލެވެއެވެ.

ދާންދޫގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ

ކުލަ ޖެހުމުގެ ތެރޭގައި އެރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސާ މުޒައިނާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، މި މައްސަލަ އޭނާ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގޮސް ހަތަރު ވަރަކަށް ގަޑިއިރު ފަހުން ދޫކޮށްލާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ފިރިހެންމީހާގެ ހައްޤު ކޮބާ

    ޢީދޭ ކިޔާފަ އޭނާ ނުރުހޭ ކަމެއް އޭނާޔަށް ކުރެވިގެން ނުވާނެ. ދެފަރާތަށްވެސް އިންސާފު ހޯދަދޭން ޖެހޭ މައްސަލައެއް ތީ

    115
    4
  2. ބަބޫ

    ފުލުހުންނަކީ މީހުން ހުކުމް ތަންފީޒު ކުރާ ބައެއްނޫން. ތަހުގީގަށް ބަންދު ކުރަންޔާ ކުރާނީ. ބަންދު ކޮށްގެން ކުރަން ޖެހޭ ތަހުގީގެއް ނެތިއްޔާ ހައްޔަރުގަ ބެހެެއްޓުމަކީ ގާނޫނާ ހިލާފް ކަމެއް.

    58
    6
  3. މަންސޫރު

    ކަންކަން ހަޖަމުކުރުމުގެ މައްސަލަ ހުރިމީހުން ޢީދުކުޅިވަރުތަކުގައި ބައިވެރި ނުކުރާގޮތަށް ފާސްކުރީމާ ރަނގަޅުވާނެ

    50
    7
  4. ޓަކިބެ

    އީދަކަސް ހިތުހުރި ގޮތަށް މީހުންގެ ގަޔަށްބޮލަށް އަރާކަށް ނުޖެހޭ. ކޮން އިންސާފެއް ހޯދާކަށްތަ؟

    104
    7
  5. ޚިޔާލަކީ ކޮބާ؟

    ޢީދަކީ އުފާފާޅުކުރުމަށް މާތްﷲ ދެއްވާފައިވާ ދުވަސްތަކެއް. އެކަކު އަނެކަކު ގަޔަށް ކުލަޖެހުމެކޭ އެކަކު އަނެކަކާ ޒުވާބު ކުރުމެކޭ ކޮބާ ތަފާތެއް؟ ދިވެހިން އެބަޖެހޭ އުފާފާޅުކުރަން ތަންކޮޅެއް ރިވެތި ގޮތްތަކެއް ދަސްކުރަން. ކުލަޖެހުން ނޫން އެހެން ގޮތެއް. މިއުޒިކު ޝޯވ ނޫން އެހެން ގޮތެއް. ދެޖިންސުގެ މީހުން މަސްހުނިވުން ނޫން އެހެން ގޮތެއް.

    62
    2
  6. ކުޒޭ

    ތާކުން މީހަކު ފެންނަ އިރަށް ގަޔަށް ބޮލަށް އަރައިގަންނަން ޖެހޭތަ؟ މިހާރު އޮންނާނެ ރާކަނިމަސް ކެވިފަ. ނަސީބެއްނު ތިފިރިހެންމީހާ ތިއަށްވުރެ ބޮޑުވަރު ނުކުރިކަން. މުޒޭ ގޭގަ އޮއްވާތަ އޭނަ މުޒޭއަށް ކަމެއްކުރީ؟ ކޮން އިންސާފެއް ހޯދަން ތިއުޅެނީ؟ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގަ އުޅުން ބެހެއްޓިނަމަ ތިޔަހެން ނުވާނެ. އަހަރެންނަކަށް އީދު ދުވަހު އަނިޔާއެއް ނުލިބޭ.

    61
    4
  7. ޙަދިސައިބު

    މިހާ ރަކަށް އައިސް މިކުލަޖެހުން ވެއްޖެ ބަލާ އަކަށް. ބައެއްމީހުން ނަށްހީވާކަހަލަ މިއީއީދާއި ގުޅިގެން ކުރަންޖެހޭކަމެކޭ އިސްލާމް ދީނުގައި ކުލަޖެހުމާއި ގަޔަށް އެ ރުމެއް ނޯވޭ މޯދީދީނުގައި މިކަންއޮތީ!

    64
    3
  8. ޟ

    ކުރީ ސަފުގަ އެއީ ދިވެހި ރުކެއް ތ

  9. ޢަޒްރާ

    ކުލަޖެހުމަކީ އީދު އުފާ ފާޅުކުރުމެއްނޫން އެްީ ވ ނުބައިކަމެއް ހިންދޫދީނުގެ ޝަޤާފަތެއް މިކަން ރާއްޖޭގަ މަނާކުރެވެންޖެހޭ އަމުދުން އަންހެނުންނާއި ފިރިހެނުން ކޯޑިކެނޑުމާ މާލިޖެހުން މިކަން ހުއްޓުވަން ޖެހޭ ﷲ އަށްޓަކައި މިކަން ކޮއްދެއްވާ

    14
  10. ....

    ފިރިހެން މީހާ ހައްޔަރު ކުރުމުގެ ކުރިން އަންހެން މީހާ ޖެހޭނެ ހައްޔަރު ކުރަން....ފުރަތަމަ ކުށްކުރީ އަންހެންމީހާ....އެހެން ނޫނަސް އެއީ ހައްޔަރު ކުރާ ވަރުގެ ކުށެއްވެސް ނޫން...

    12
  11. އޭބީ

    އަންހެން މީހާއެއްނު ފުރަތަމަ ތިއޮތީ ގަޔަށް ބޮލަށް އަރާފަ. އޭނަ ހައްޔަރުކުރޭ ފުރަތަމަ

    13
  12. Anonymous

    ކުލަ ޖަހައިގެން ނުވާނެ މީހެއްގެ ނުރުހުމުގައި. އަދި ކުލަ ޖެހީމަ ޖަހައިގެން ނުވާނެ. 2 މީހުންވެސް ކުއްވެރިވޭ

    7
    1
    • އަހުސަން

      އަމިއްލަދިފާއުގަ ކުރަންޖެހުނުކަމެއް ކުރަންޖެހޭނެ

  13. އިންޑިއާ އައުޓް

    މުޒައިނާ މީހެއްގެ ގަޔައް އެމީހާ ރުހުމެއް ނެތި ކުލަޖެހީ ކޮން ގާނޫނަކުން މުޒައިނާޔައް ބާރުލިބިގެންތޯ އެމީހާ ގަޔައް ކުލަޖެހުމުން އެމީހަގެ ހެދުން ހަލާކުވެދިޔައީ ތީގެ އެމްމެ ރީތި ގޮތަކީ މުޒޭނަ އެމީހާކާރިން މާފައް އެދި އެމީހާ ވެސް މުޒޭނާކާރިން މާފައް އެދި ދެމީހުން ސުލހަވީމަ ނިމުނީ ހިފާ ހައްޔަރުކޮށް މައްސަލަބަލާނަމަ ފުރަތަމަ މުޒޭނާ ހިފާހައްޔަރުކޮށް އެމީހާގަޔައް ކުލަޖެހި މައްސަލަބަލާ އެމީހާޔައް އިންސާފުހޯދާދިނުމައްފަހު ދެން މުޒޭނާޔައްލިބުނު ގެއްލުމުގެ ވާހަކަދައްކާ

    17
  14. ވަހީދުބެ

    ޢީދުކުޅިވަރަކީ އަންހެނުން ފިރިހެނުންގަޔަށް، ފިރިހެނުން އަންހެނުންގަޔަށް އެރުމެއްނޫން. ކުޅިވަރެއްގައި ބައިވެރިވާ މީހެއްކަން ނޭނގޭ ޙާލު ހަމަފެންނަ ކޮންމެމީހެއްގެ ގަޔަށް ކުލަޖަހައި ފެންޖަހައި ހެދިގެންނުވާނެ. އަންހެނުންކޮމެޓީގެ ކޮންމެ މީހަކަސް އެކަން ކުރެވެންޖެހޭނެ އެއްވެސް ހަމައެއް ނޯންނާނެ.

    10
  15. ޚަލީލު

    ތިޔަ މައްސަލައިގައި އަންހެންކުއްޖާ ވެސް ކުށްވެރިވާނެ. މީހެއްގެ ނުރުހުމުގައި އެމީހެއްގެ ގަޔަށް ކުލަޖެހުންވެސް ވާނީ މާރާމާރީއަށް.

    11
    1
  16. نوفل

    ކަލޭމެން ކޮން ފޮތަކުން ދަސްކޮށްގެން އުޅޭ އެއްޗެއްތަ ތިޔަ މުޒާހަރާ ކުރުމަކީ؟ ތިޔައީ އިސްލާމްދީނާއި ބީރައްޓެހި ކަމެއް. ނަމަވެސް ދީންމުގުރާތީ ނުވަތަ ޑިމޮކްރަސީއާއި ވަރަށް ގުޅުން ހުރި ކަމެއް.

    9
    2
  17. ހަސަން

    މުޒޭ ހައްޔަރު ކުރޭ!