ގދ. އަތޮޅު ނަޑެއްލާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް، އަރައި މުޅި ރަށަށް ބަލީގެ ބިރުވެރިކަން ބޮޑުވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނަޑެއްލާއިން މިއަދު 13 ވޭދަނަ ފެނިފައި ވެއެވެ. މިއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 105 އަށް ވަނީ އަރާފައެވެ.

އޭގެ ތެރެއިން 102 މީހަކަށް މިހާރުވެސް ފަރުވާދެމުން އެެބަ ދެއެވެ.

ނަޑެއްލާއިން ކޮވިޑް ޖެހުނު އެކަކު ވަނީ ތިނަދޫގައި ހުންނަ ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

އެރަށު ކައުންސިލުން ބުނެފައިވާގޮތުގައި އެރަށުން ފުރަތަމަ ފައްސިވެފައި ވަނީ، އެރަށުން ތިނަދޫއަށް ގެންދިޔަ މީހެކެވެ.އެއީ އުމުރުން ދުވަސްވީ މީހެކެވެ.

އަދި އޭގެ ފަހުން ރަށުގެ ބައެއް މީހުންގެ ގައިންވެސް ބަލީގެ އަލާމަތްތައް ފެންނަން ފެށިއެވެ.

މިހާރު އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން، އެންމެ ގިނައިން ކޮވިޑްގެ ވޭދަނަތައް ފެންނަމުން ދަނީ ށ. ފޯކައިދޫ، ކ.ކާށިދޫ އަދި ގދ. ނަޑެއްލާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތު

    ޓެސްޓް ހެދޭލެއް މަދީ މިހާރުވެސް އެތައް ބަޔަކު އެބަ ގުޅަމުންދޭ ބަލިވެގެން ހެލްތު ސެންޓަރައް ބޭހެއްވެސް ނުލިބޭ ރައްޔިތުން މިހާލަތައް ވެއްޓީ ވެސް ހެލްތުސެންޓަރގެ މުއައްޒަފުންނާއި ޑޮކްޓަރގެ އިހުމާލުން