ހުޅުމާލޭގައި ބާރުގަދަ ގޮވުމެެއް އަޑުއިވިގެން ފުލުހުން ހަރަކާތްތެރިވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން އެ ގޮވުން ގޮވާފައި ވަނީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލް ސަރަހައްދުން ދަންވަރު 00:45 ކަންހާއިރުއެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ހުޅުމާލޭގައި ގޮވާފަައި ވަނީ ކޮން އެެއްޗެއްކަން އަދި އެނގިފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގައި ބާރުގަދަ އަޑެއް ގޮވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ބާރުގަދަ ގޮވުން ގޮވާފައި ވަނީ ހުޅުމާލެ ބޯގަންވިލާ މަގު، ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދުގައި ކަމަށެވެ.

މިކަމާއި ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ މައުލުމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިގޮވުމާއި ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެސަރަހައްދުގައި ބައެއް ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވި މަންޒަރު ފެނުނެވެ.

މި އަޑު އިވުނު ބައެއް މީހުން ބުނީ، އިވުނީ ވަރަށް ބާރު އަޑެއް ކަމަށާއި، ގޮވީ ކޮން އެއްޗެއް ކަން ސީދާ ބުނަން ދަތި ކަމަށެވެ. "ވަރަށް ބާރު އަަޑެއް އިވުނީ، ހަވާ އަރުވާއިރު އޭގެވެސް އެންމެ ބޮޑު އެތި ގޮވާއިރު ގޮވާކަހަލަ އަޑެއްް" ހުޅުމާލޭގައި ދިރިއުޅެމުންދާ މީހަކު ބުންޏެެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "ވަގުތު"ގެ ނޫސްވެރިޔާ ބުނީ، މިހާރު ރަބަރު ގަސް މަގު އަށެއް އަދި ހުޅުވާ ފުޓްސަލް ދަނޑު ކައިރި ބަންދުކޮށްފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ވަރުގަދަ ހަމަލާއެއް ދީފައި އޮތުމުން ހުޅުމާލެ އިން ބާރުގަދަ އަޑެއް އިވުމާއިއެކު ބައެއް މީހުންނަށް ހީކުރެވުނީ ހަމަލާއެއް ދިނީ ކަމަށް ނުވަތަ ހަމަލާއެއް ދޭން މަސައްކަތް ކުރި ބައެއްގެ އަތުން އެއްޗެއް ގޮވީ ކަމަށެވެ. ނަމަވެސް އެފަދަ ކަމަކާއި މިގޮވުމާއި ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫންކަމެއް ވެސް އެއްވެސް އިދާރާއަކުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.

ބާރުގަދަ އަޑަކާއިއެކު ހުޅުމާލޭގައި ގޮވީ ކޮންއެއްޗެއްކަން ސާފުކޮށްދިނުން ފުލުހުން ލަސްކުރާތީ ބައެއް ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ށަވިޔަނި

    ހުޅު މާލޭގަ އޮވޭތަ ޗައިނާ ޓައުނެއް ވެސް. ދިވެހިންގެ ބިން ދިވެހިން މި ނިސްބަތް ކުރަނީ ބޭރު މީހުންނަށް. ދެރަ😭

    26
    14
  2. ބަބޫ

    ހުޅުމާލެ ހައިވޭ ނިމޭތާ ކައިރީ ޕެޓްރޯލް ޝެޑްގެ ކައިރީ އެބަތިބި ހުރިހާ ޑިލަރުން އެމީހުންގެ އަޑުގަދަ ކާރުތަށް ގެންގޮސް ސްޓަންޓް ޖައްސަން. އޭގެއިން އެއްޗެއް ހުޅުމާލެ ތެރެޔަށް ގޮސް އަޑެއް ގޮއްވާލީހެން ހީވަނީ.

    31
    1
  3. ސަމްޔަންގް

    އެވާނީ މީހަކު ފޮޑިއެއް ޖެހީ ކަމަށް 😐

    27
    7
    • ޏަވިޔަނި

      ޢިންޑިއާ އައުޓް
      ... ފޮޑިޖެ ހީ އިންޑިއާ މީހެއް

      33
      5
  4. ވައިކިންގ

    ކަންތަކާ ޖެހުނީޔޭ ދެން. ދިރިއުޅުމަށް ނުރައްކާވެއްޖެ.

    36
    3
  5. އިންޑިޔާއައުޓް

    وއިންޑިޔާގެ މިލިޓަރީ ތަނެއްގައި ބޭސްކޮށްފިނަމަ ފެންނާނެ ހުރިހާ ކަމެއް ފެންނަމުން މިދަނީ.. ކޮވަޓް އޮޕަރޭޝަންތައް ވާނީ ގިނަ ބަލަންތިބޭ! ޤައުމުގެ ދާޚިލީ ހަމަޖެހުން ދާނީ ގެއްލެމުން...
    އިންޑިޔާ އައުޓް.

    45
    3
  6. Anonymous

    ރާޖޭގަ މިއުޅޭ ހުރިހާ ގޭންގުތަކާ އެގޭންގުތަކުގެ އައްޑާތައް ކީއްވެތަ އަދިވެސް ހުރިގޮތައްއެހުރީ.. ކީއްވެތަ އަޅެ ޕޮލިހުން އަހަރުމެންނަށް ކުރިއައް އޮތްތާނގަ ފައިދާވާ ގޮތައް އެއްވެސް ކަމެއް ނުކޮއްދެނީ.. ކީއްވެތަ ރާޖެއައް ބޭނުންވާ ވަރަކަށް މަސްތުވާތަކެތި ގެނެވެނީ. މުއްސަނދި ހުރިހާ ޕޮލިޓީޝަނުން ބޭނުން ވާގޮތަކައް މިކަންތައް ކުރަނީ.. އެއްވެސް ފެއާ ކަމެއްނެތް. މުއްސަދި މީހުން މުއްސަނދި ވަނީ.. ނިކަމެތި އާއިލާތައް އަބަދުވެސް ނިކަމެތި ވެފަ. މައްސަލަ އެއް ހުޝައެޅިއަސް ޕޮލިސް އޮންނަނީ ކޮރަޕް ޓުވެފަ. މާދަން ގައުމު ހިނގާނީ މިހާރުގެ ޒުވާނުން. މި ޒުވާނުންގެ ކަމަކީ މަސްތުވުމާ، އެއްގިންސުން ގުޅޫން ހިންގުމާ، މިގައުމަށް ނަސޯރާ ދީން ގެންނަން އުޅުން. މަގޭ ދަރިން މިގައުމުގަ ބޮޑުކުރަން ވިސްނާލުމުންވެސް ހިތައް އަރަނީ ސަހަރޯއޭ.

    37
    3
    • ޢަހުމަދުވަގާރު

      މާތް ބިމަށް ހިޖުރަ ކުރޭ

  7. ލޮލް

    ތިވާނީ ޕީސްފުލީސްތަށް ބޮމެއް ޓެސްޓުކޮށްލީކަމަށް. ދެންވެސް އިމުރާނަށް ގައުމުދީގެން އޮވޭ ލަދުކޮބާތަ އިބޫ ކަލޭގެ

    19
    19
  8. ަިަަައިބްރާހީމް

    ބޭރުގެ ޖާސޫސީ އިދާރާތަކުން މިޤަވްމުގެ ހަމަޖެހުން ނަގާލަން ޖަރީމާތައް ހިންގަނީ ކަމަށް ބަލަމާ

    38
    3
  9. އައްބެ

    ކުޅުދުއްފުށީގައި ގޮއްވާނެ ފާޚާނާ ސާފުކުރާ ކެމިކަލް އަޅައިގެން ފުޅި ތިވާނީ އެފަދަ އެއްޗަކަށް. 20 ލިޓަރުގެ ރީނދޫ ހަން ގޮއްވި 2008 ގަ މައުމޫން ގެ ކެމްޕޭންތެރޭގައި ރީނދޫކުދިން ވަރަށް ގިނައިން. ވެދާނެ ވެހިކަލް ޓަޔަރެއް ގޮވީ ކަމަށްވެސް.

    28
    2
    • ދަރިޔާ ތިބުނީ ރަގަޅު ވާހަކަޔެއް

  10. އައްމަޑޭ

    ތިވާނީ ހަރުކަށި މީހުންގެ ބޮލުގަ އަޅުވަން މަޑުކަށި މީހުން ކުރިކަމަކަށް.

    35
    7
  11. ކެމެރާ

    ސީސީޓީވީ ކެމެރާ ތައް ބަލާބަލަ

    26
    1
  12. ޙަސަނު

    ރޫހާނީ ލީޑަރު މާލެ އެރީތަ

    24
    5
  13. މަބޫރު

    މިސްކިތުގަޔޯގާާ ހެދިޔަސް އޯކޭ އެއްނޫން

    15
    10
  14. Anonymous

    ހޮޅުމާލޭ ބޮޑުމީހާ ކަމައްވެދާނެ! މަށަށް ހީވަނީ، ތި ވެލްދިން ކުރާސާމާނު އޮކްސިޖަން ޓޭންކާ އެކީ އެއްޗެއް ތެރެއްލާ ބަންދުކޮއްފަ ބެހެއްޓީމަ ވީކަމެއްހެން

    15
    1
  15. ނަސީ

    ތިވާނީ ކާރެއްގެ ރޭޑިއޭޓަރު ގޮވީކަމައް ، ބަޔަކު ކިތަންމެ ވާހަކަ އެއް ދެއްކިޔަަސް މަށެއް ގަބޫލެއް ނުކުރާނަން ޓެރަރިސްޓް އުޅޭނެކަމަކައް

  16. އައްޑޫ މީހާ

    މިއީ ކަން ބޮޑުވާން ޖެހޭ ކަމެއް މިހެން ބުނަން މިޖެހެނީ މިހާރު ރާއްޖޭގައި އެކި ގުރޫޕްތައް ހަދައިގެން ބޮޑެތި ކުށްތައް ހިންގަމުންދާއިރު ރައްޔިތުންގެ މަޖިލިހުން އެއްވެސް.ވަރަކަށް މިކަމަށް ހައްލެއް ހޯދަން މަސައްކަތެއް ނުކުރޭ ހަމަ އެކަނި ފުލުހުން މަސައްކަތެއް ނުކުރެއޭ ބުނެވޭކަށެއް ނެތް ސަބަބަކީ ފުލުހުންނަކީ ޤާނޫނު ތަމްފީޛް ކުރާ މުއައްސަސާއެއް ގާނޫނުތައް ހަދަންތިބީ މަޖިލިހުން ރާއްޖޭގައި ޖިނަޢީ އިޖްރާތުގެ ޤާނޫނު ވުޖޫދައް އައިފަހުން ގޭންގް ކުށްތަކާ ބެހޭ ޤާނޫނަކަށް އަމަލެއްް ނުކުރެވޭ އެހެންވެ ރާއްޖޭގައި ގޭންގް ހިންގަން ފުރުސަތު އެބައޮތް ބުނަން މިއުޅޭ ވާހަކައަކީ މިހުރިހާ ގޭންގް ތަކަކީ ކުރިޔަށް އޮތްތަނުގައި ނިރުބަވެރިންގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ވަރަށްވެސް ބޮޑު އެމީހުން ޖަރީމާ ހިންގަން މިގުރޫތައް ބޭނުން ކުރަން ފަށަން މަސައްކަތް އެބަކުރޭ މަސްތުވާތަކެތީގެ ނެޓްވޯކް ތަކުގައި އުޅޭ މީހުންވެސް މިހާރު ރެކްރޫޓް އެބަކުރޭ ތިމާމެންނަށް ލިބޭ ސިޔާސީ ފައިދާ އެއްފަރާތްކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރަން އެބަޖެހޭ ނޫނީ ހައްލު ނުކުރެވޭ ވަރަށް ހާލަތު ގޯސްވެދާނެ ފުލުހުންގެ މުއައްސަސާއިން ޓްޕްރޮޓެއްކްޓް އެންޑް ސަރވް އޭ ސޭފް ކޮމިއުނިޓީއެއް ބިނާ ކުރާނަމޭ ބުނެ ވާހަކަތަކެއް ދެއްކިޔަސް އެމުއައްސަސާއަކަށް އެކަމެއް ކޮށެއް ނުދެވޭނެ ދާދި ފަހުން ފާސްކުރި ގާނޫނާއި އޭގެ ދަށުން ހެދި ގަވައިދުތައް ބުނާގޮތުން އެމީހުންގެ ހަތަރެސްފައި ބަނދެފަ އެތިބީ އެގޮތަކަށް ގައުމުގެ ކަންތައް ހައްލު ކުރަން ތިބި ބަޔަކަށް މަސައްކަތެއް ނުކުރެވޭނެ ހަމަ ބުއްދިހުރި ސިކުނޑިތަކުން ވިސްނާލީމަ އެކަން ވަރަށްސާފު! ފާޑު ފާޑުގެ ގާނޫނުތައް ހަދާއިރު ޤާނޫނު އަސާސީއާއި ތަޢާރުޒު ވާހެން ޖިނާޢީ އިޖްރާތުގެ ގާނޫނާއި ގާނޫނުލް އުގޫބާތާއި ފުށުއަރާހެން ގާނޫނުތައް ހެދީމަ އެގާނޫނުތައް ފުލުހުންނަކަށް ތަމްފީޛެއް ނުކުރެވޭނެ އެއްވެސް ފުލުހަކު ބޭނުމެއް ނުވާނެ އިޖްރާއްތަކާއި ޚިލާފް ވެގެން ވަޒީފާ ދޫކުރާކަށް މިހުރީ މިއަދު މިގައުމުގެ ހާލަތު ހުރިގޮތް މިކަންތައް ރަނގަޅު ކުރަން އެބަޖެހޭ މިކަން ރަނގަޅު ނުކުރަންޏާ ގޮވުންތަކުގެ އަޑު ދުވަހުން ދުވަހަށް ގިނަވާތަން ފެންނާނެ އިހައް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ

  17. އަބޫ

    މި ރާއްޖޭގަ ޖައްސާ ސިޔާސީ ސްޓަންޓް ތަކުގެ މޮޅުކަމާއެވެ

    8
    1
  18. ާައެނޮނިމަސް

    ކުދިން ކޮޅެއް އީދު ފާހަގަ ކޮއްލީ ކަންނޭނގެ

    8
    1
  19. ބުރޯ

    މިކަހަލަ ގަދަ އަޑެއް އިވުމުން ފުލުހުންގެ މީޑިއާ ޓީމް ކޮބާ؟