ޗައިނާ އިން ދާދިފަހުން ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ފެށި ދެއިނީޝިއޭޓިވްގައި ބައިވެރިވުމުގެ ދައުވަތު ޗައިނާ ސަރުކާރުން ދިވެހި ސަރުކާރުކަށް ދީފައިނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ "އިކޮނަމިކް ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ދެކުނު އޭޝިއާ އަށް ހާއްސަކޮށްގެން ޗައިނާ އިން ފެށި ދެކުނު އޭޝިއާގެ ގައުމުތަކުން ފަގީރުކަން ނައްތާލުމުގެ އިނީޝިއޭޓިވް އާއި އަދި ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ޗައިނާ އިން ފެށި އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެ އަށް ޗައިނާ އިން ނުދޭ ކަމަށެވެ.

"ޗައިނާ އިން އެދެއިނީޝިއޭޓިވް ވެސް ކުރިއަށް ގެންދަނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ކަމަށް ބުނި ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ ދިވެހިރާއްޖެ އަށް އެއިނީޝިއޭޓިވްގައި ބައިވެރިވުމުގެ ދައުވަތު ލިބިފައެއް ނެތް." ޝާހިދު ވިދާޅުވިއެވެ.

ޗައިނާ އިން ފެށި ދެއިނީޝިއޭޓިވްގެ މަސައްކަތުގައި ބައިވެރިވުމުގެ ދައުވަތު ބޫޓާނަށް ވެސް ޗައިނާ އިން ނުދޭކަމަށް ރިޕޯޓްތައް ބުނެއެވެ. ޗައިނާގެ ދެއިނީޝިއޭޓިވްގައި ބައިވެރިވެފައި ވަނީ ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ، އަފްޣާނިސްތާން އަދި ޕާކިސްތާނެވެ.

މިނިސްޓަރ ޝާހިދުގެ އިންޓަވިއުގައި ވަނީ އިންޑިއާ އަކީ ރާއްޖެއަށް ދިމާވާ ކޮންމެ ދަތިކަމެއްގައި އެންމެ ފުރަތަމަ އެހީތެރިވާ އެންމެ ރަނގަޅު ރަހުމަތްތެރިޔާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. މާލޭގައި ތިބޭ އިންޑިއާގެ ޑިޕްލޮމެޓުންނަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކަށާއި ދާދިފަހުން އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ދިން އިންޒާރަށް އިޝާރާތްކޮށް ޝާހިދު ވިދާޅުވީ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ އިދިކޮޅު ހަރަކާތްތަކުގެ އަމާޒަކަށް އިންޑިއާ ހަދާފައި ވަނީ ރައީސް ސޯލިހްގެ ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކުގެ ސަބަބުންނާއި ރައީސް ސޯލިހްގެ ސަރުކާރުން ގެންގުޅޭ "ފަސްޓް އިންޑިއާ ސިޔާސަތުގެ" ސަބަބުން ކަމަށެވެ.

މިނިސްޓަރު ޝާހިދު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ވެފައިވާ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއިވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ފެއިލްބޭ

    މިއީ ތިޔަ މަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން އަމިއްލަ އެދުމައިގެން ފޯވީމަ ބޮޑުބޭބެ ގެރި ނޫން އެހެން ގޮތެއް މިއަދަކުނެތް ، ކޮންމެ ކަމެއް ފެއިލްވީމައި ޔާމީން ސަރުކާރު،މިދެން ތަންކޮޅެއް ބޮޑުވަރު#އިންޑިޔާއައުޓް

    28
  2. ނ

    ބަލަ ޝާހިދޫ...ވެކްސިން ދޭން ޗައިނާ އިން އުޅުމުން އެކަމަށް ހުރަސް އެޅީ ކަލޭ އިންޑިޔާ އާއި ބައިވެރި ވެގެން ނޫންތަ....އެ ވެކްސިން ލިބުނު ނަމަ ރާއްޖޭގެ އެންމެން ތިބޭނީ ޖަހައިގެން...ކަލޭގެ އޮފީސް ޗައިނާއިން އާބާތުރަ ފިލުވާ ދިނީމާ ޝުކުރުގެ ބަހެއް ބުނެ ލަން ނުކެރުނު .
    ކަލެއަކީ ހަމަ ޖީވަން...

    24
  3. ށުމަން

    ށާހިދަކަސް. ދިވެހި ރައްޔިތުން ގެ ނަމުގަ ނިކުމެ އަހަރެމެންގެ އަގު ވައްޓާލަން އެއްބަހެއް ނުވެވޭނެ. ތިހެން ކަންތައް ކުރަންޔާ މަދަނީ ބަސްނޭހުމަކަށް މަގުތަކަށް ނިކުމެ މުޅި ދުނިޔެ އަށް މީހާ ފަޝީހަތް ކޮއްލަން ޖެހިދާނެ. އަހަރެން ނަކީ ވެސް ދިވެހި ރައްޔިތުން ކަން ދަންނާތި!!

    21
  4. މަބޭ

    ތިޔަސާހިދުގެ އަންގައިންބުނީ އިންޑިޔާސިފައިންއަރާ ރައީސްޔާމީނުގެވެރިކަން ވައްޓާލަންވެއްޖެކަމައްބުނި މިހާރު ރާއްޖޭގެ ރައްޔިތުން ގޮވަނީ އިމްޑިޔާ ސިފައިން މިތަނުންދާށޭ އިންޑިޔާމިލިޓަރީ އައުޓް

    18
  5. ޒަރީނާ

    ޝާހިދު ލަދުގަންނަންޖެހޭނެ ތިކަހަލަބޮޑާހާކަން . ޝާހިދު ތިދައްކަނީ ކުޑަކުދިންގޮސް މަންމަކައިރީގަ ދައްކާކަހަލަވާހަކަ.. މަންމާއޭ ދޮންބެ އަޅުގަނޑަށްނުދީ ލޮލީޕޮޕް ބޮއެފިއޭ ..

    20
  6. ކަނު

    ޝާހިދުއަކީ އުނިސިކުޑިއެއް ހުރިމީހެއް ވީމާ ނެއެގޭނެ ޗައިނާއިން އެދައުވަތު ރާއްޖެއައް ނުދިނީ ކީއްވެކަން

    19
  7. ޑަރޭ

    ޝާހިދުމެން ވަނީ ގައުމަށް ގައްދާރުވެފަ. އަމިއްލައެދުމަށް ހުރިހާކަމެއް ކުރުމުން ގައުމާ ރައްޔިތުން ބިކަވެފަ. އިސްތިއުފާ ދެއްވާ.

    19
  8. ޙުދުހުދު

    މައްސަލަ ވަރަހ ސާފު... ހާރިޖީ ސިޔާސަތު ކަޑައީ ތަ..؟

    14
  9. ސަރުދާރު

    މި ދައުރު ނިމުމުން ސާހިދު ކުރެއްވި ދަތަުރު ތަކުގެ ހަރަދު ތަފްސީލު ވަގުތު ޓީމުން ތައްޔާރު ކޮއްދިނުން އެދެން. އިންޑިޔާގައިތޯ އދ. ގެ މައި އިދާރާ ހުންނަނީ؟

    13
  10. ހަސަނު

    އެނގޭކަމެއް ނުދޭނެ މިސަރުކާރު އޮއްވާ. ނަސީބެއްނު ބުރިޖު ވެސް އެޅުނުކަން

    17
  11. ީހިބަރުވަދު

    ކާމިޔާބުކަން އެގޭނީ ވޯޓުގުނާދުވަހު.

    10
  12. މަށަންދަތި

    ޗައިނާއޭ ނުކިޔާ އެއްވެސް އެއްޗެއް ބުނަން ނޭގެނީތަ. ޝާހިދު!

    16
  13. ޖަސްޓިސް ސެލްވަމް

    ތުއްތު ކުއްޖެއް އަތަށް ފެން ފިސްތޯލައެއް ދިނީމަ އުޅޭގޮތަށް ރާއްޖޭގެ ޚާރިޖިއްޔާ ހިންގަންފެށީމަ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް. ދުނިޔޭ ޑިޕްލޮމެސީ އެއް ނޯވޭ ދިސްކަންޓްރި މައި ބެސްޓް ފެރެންޑް އެންޑް ދިސް ކަންޓްރީ މައި މަދަރ އިން ލޯ ވައްތަރަކަށް.

    10
  14. ޢަހު

    އިދިކޮޅު މީހުން ނޫޅޭ ކާޕެޓް ނުލިބިގެން ކަލޭ އުޅޭ ހުރިހާކަމެއް ކުރެވޭ މީހަކަށް ބެގެން

    11
  15. އަޑަފި

    އިންޑިއާ ނޫން ގައުމުތަކުން ހާއްސަކޮށް ޗައިނާއިން ރާއްޖެއަށް ދޭއެހީތައް ހުއްޓުވަނީ ސީދާ އިންޑިއާގެ ނުބައި ރޭވުމުގެ ދަށުންނެވެ. އިންޑިއާގައި ހުރެ، ޗައިނާ ބަދުނާމުވާގޮތައް ވާހަކަ ދެއްކުމުން، އެނގިގެންދަނީ ރާއްޖޭގެ ހާރިޖީސިޔާސަތު އިންޑިއާއަށް ވިކި ހުސްވެފައިވާކަމެވެ.

  16. ޢަލިބެ

    ކޮންމެހެން ދޭންޖެހޭތަ؟ ކިހާއެއްޗެއް ގޮވައިފިންތަކުރިން. ދައުވަތުދޭ މީހުންކައިރިއަށް ގޮހެއްނު ތިއުޅެނީ. އިންޑިއާއިން ކަމެއްކޮށްދޭން އެއްބަސްވާނީ އެކަމެއްގެ ހަގުނަ އެމީހުންނަށް ފައިދާވާގޮތަށް. ވޭތުވެދިޔަތާނގައިވެސް ކުރީއެހެން. ތިބުނާ އިނިޝިއޭޓިވް ހަދާފަ ދައުވަތުދޭށޭބުނޭ މޯދީ ކައިރީގަ. އޭރުން ފުރަތަމަ ދައުވަތުދޭނީވެސް ރާއްޖެއަށް. ފާޑުފާޑުގެ ވާހަކަދައްކަން ލަދުނުގަންނާތީވެސް ޙައިރާންވޭ.

  17. ގެރި ޒަންޖަޞީލު

    މީނަ ހީކުރަނީ އެހެންމީހުންނަކީ ގަމާރުންކަމައްތަ ކަލޭ ޔޫއެންގެ މަގާމަކޮއް ހޮވާފަ ގޮނޑީގަ ބެހެއްޓީ އެމެރިކާ ބުނެގެން އިންޑިޔާ ގެރިމޯދީ ދެން ކަލެޔައް ފެންނާނީ އަޑުއިވޭނީ ޗައިނާ ގޯސްކޮއް ރާއްޖެ މިއޮތީ މީންޒަމާނުަކު ނުވާވަރައް އިންޑިޔާގެ އަޅުވެތިވެފާ

  18. މާމި

    ދޭކައް ނުޖެހޭ އެހެންވެ ނުދިނީ، ކަލޭ އިންޑިއާ އިން ހޯދާ..

    10
  19. އަލީ

    ރާއްޖެއަކީ އިންޑިއާގެ އަވަށެއް ވީމަ ދޭކައް ނުޖެހޭ..

  20. Anonymous

    ކަލޭމެންގެ ހުރި ނުލަފާ ޖަބާރުކަމުން ވާގޮތްތީ

  21. އާންމު ރައްޔިތުން

    "..ކޮންމެވެސް ސަބަބަކާއި ހުރެ ދިވެހިރާއްޖެ އަށް އެއިނީޝިއޭޓިވްގައި ބައިވެރިވުމުގެ ދައުވަތު ލިބިފައެއް ނެތް."
    ބަލަ އިންޑިއާގެ ނުސީދާ އަޅުވެތި ކަމުގައި އޮތް ގައުމެއްގެ ފަގީރުކަންނައްތާލުމަށް އެހީތެރިވާނީ އިންޑިއާއިން ނޫންތޯ. ދެކޮޅުން ކާންއުޅުނީމަ ވާނީ ތިހެން. ދެން ތިބޭ އިންޑިއާއަށް ބަރޯސާވެގެން ކުރިޔަށް އޮތް ދިހަ އަހަރު މިގައުމު ތަރައްޤީވޭތޯ!

  22. ރައްޔިތުމީހުން

    އަބްދުﷲ ޝާހިދުއަށް ހަމަ ނޭންގެނީތޯ؟

    8
    1
  23. ހަރީ

    މިއީ ގައުމަށް ޚިޔާނާތްތެރި، ދޮގުވެރި އަމިއްލަފައިދާއަށް ބޮޑުވާންވެގެން ދެއްކުންތެރި މަސައްކަތްކުރާ ގޮލައެއް. ޢަދި ވަކި ގައުމެއްގެ ޕަޕެޓެއް. ރާއްޖެއިން މީގެކުރިންވެސް ޚާއިނުން ފެނިފަވޭ.

  24. ނާބެ ކޮޅުމަޑުލު

    އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނިމައްސަލާގައި ހައްޔަރު ކުރީ އެމްޑީޕީގެ އެކުޓިވިސްޓެއް ރައީސް ޔާމީނަކީ ތަންދޮރު ދަންނަ ކެރޭ ހިއްވަރު ކަދަ ބޭފުޅެއް އެބޭފޫޅާ އެކަލަ ނާތަހުޒީބު ކަންކަން ކުރާކަށް ނުގޮވާނެ . ރައީސް ޔާމީނަކީ މިގައުމުގެ ތަރައްގީގެ ބާނީ.

    10
  25. ހާސިމް

    އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ވެފައިވާ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވެސް މިދައްކަނީ އދ ގެ ވާހަކަ އެއްނޫން. ހުސް އިންޑިޔާ ހިމާޔަތްކޮށްފައި ޗައިނާ ގޮސްވާހަކަ ، މިއީތޯ މަނިކުފާނުގެ މަސައްކަތަކީ . މިއީތޯ މަނިކުފާނާއި އދ އިން ހަވާލުކޮށްފައިވާ ޒިންމާ ތަކަކީ . އދ ގެ ކޮރަޕްޝަން ކޮމެޓީއިން މަނިކުފާނު އދ ގެ ދަތުރެއްގައި ގޮސް އެހެންކަންކަން ކުރާ ކުރުން އެބަޖެހޭ ތަހުޤީޤުކުރަން. މިއަށް ކިޔާނި އަހަރުން ކޮރަޕްޝަން

  26. ލޫޓުވާ

    ފަސްޓްއިންޑިޔާ. ދެން ޗައިނާއިން ފައިސާ ނުދިނީމާ ކޮންހާހަޅޭކެއް ތިލަވަނީ. ވެކްސިން ދޭން އުޅުނީމާވެސް ބުނީ ބޭނުމެއްނޫނޭ އިންޑިޔާވެކްސިންނޯ ބޭނުންވަނީ. މިގައުމުގެ ހުރިހާ ޕްރޮޖެކްޓެެއްވެސް އިންޑިޔާއަށް. އަބްދުﷲ ޝާހިދުމެން ބޭނުން އެއްޗެއް ނެހެދޭނެ. ޗައިނާ ގޯނިފުލަށް ނުލެވޭނެ. ރާއްޖެ އިންޑީޔާއަށް ވިއްކައިގެން ތިލިބުނު މަގާމުގަ ހުރެބަލަ ޗައިނާއާނުބެހި

    6
    1
  27. Anonymous

    ޗައިނާ އިން ފެށި ދެއިނީޝިއޭޓިވެއްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ނުދިން ވަކި ސަބަބު ހެލްތް މިނިސްޓަރ ނަސީމަށާއި ޚާރިޖީ ކާޕެޓް މިނިސްޓރ ޢަބްދުﷲ ޝާހިދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ހެލްތްމިނިސްޓަރ ކެރަފާ އިންޑިއާގެ ވެރިންނަށް އިންޓަވިއުދިނީ ހިލޭސާބަހަށްދިނަސް ޗައިނާގެ ވެކްސިން އަދި އެހެން އެހީއެއްވެސް ނުހޯދާނެކަމަށް، ޗައިނާއަކީ އެއްވެސް ގައުމެއްގެ ފައިދަށުވެ ފިތިގެން އުލޭވަރުގެ ބައެއްތަ؟؟އެމީހުން އަނގަނުތެޅިއަސް ކަމުން ކަންދައްކަމުން ދާނެ.

    10
  28. އިސްމަަޢީލް

    ޔާމިނނޭ ކިޔައިގެން ބުހުތާނު ދޮގު ނުގަތުރަން އިންޑިއާގެ ޕަޕެޓް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއަށް ގޮވާލަން އިންޑިއާ އެމްބަސީ ގޮއްވާލަންވީ ކަމަށް ބުނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ގެ އެކްޓިވޮސްޓެއް. ކާޕެޓް ވަގު ހަދާދޮގު.

  29. ދފދދދދ

    އިންޑިއާއި އާއި ގުޅިގެން ގެނެވޭނެ އެއްވެސް ތަރައްގީއެއްނެތް ،

    މަލިކު ތަރައްގީވެފަތަ އޮތީ
    ގަޅިން ގިނަ ގައުމެން މިނޫނީ ނޯންނާނެ

  30. ބޭބެ

    ޝާހިދު އިސްތިއުފާ

  31. ކާފަބޭ2020

    ކޮންމެވެސްސަބަބަކާއޭބުނަންލަދުކޮބާ؟

  32. އަމާ

    ޝާހިދޫ ވަރަށް އަސަރުކޮށްފިދޯ..... ކަލޭމެން ބޭނުންހާއެއްޗެއް ކިޔާފަ ތިޔައިހެން ކައިލައިގެން ނުތިބެވޭނެ. އަންނިކައިރި ބުނެބަލަ ސައިބިލު ކެނޑޭވަރު ނެތިއްޔާ ސައި މޭޒަށް ނާރާށޭ.... ދަރަނި ދެއްކޭނެގޮތެއް ނެތިއްޔާ ވެރިކަމަށް ނާރާށޭ މިބުނީ..... ވަރަށް މޭ ގުޑައިފިދޯ ޗައިނާއިން ދަޢުވަތު ނުދިނީމަ.... ދައުވަތު ދިން ނަމަވެސް ބުނީހޭ ދަރަނި ދަންތޫރައަށް ދައުވަތު ދިނިއްޔޭ.... ތި ބައިގަނޑަށް ހެޔޮ އެއްގޮތެއްވެސް ނޯންނާނެ.... ޕަކާސް

  33. ޙހހހ

    ބަލަ ޝާ ހިދުމެންދޯ ބުނީ ވެކްސިން ނުލިބުނަސް ޗައިނާއިން ނުގެންނާނަމޭ ، މި ހާރު ކޮންކަމެއް ލިބުނީތޯ ، އިންޑިއާއަށް ދިޔަދަތުރު ޖީބަށް ބަރުވީތޯ

  34. އަހްމަދު

    ދަޢުވަތު ދިނަސް ޗައިނާއިންކުރާކަމެއްގައި މިސަރުކާރުންބައިވެރިއެއްނުވާނުވާނެ ސަބަބަކީ މޯދީގެ ހުއްދަނޯންނާނެތީ ދަޢުވަތުނުދީގެން ޝާހިދު އެވާހަކަތިދެއްކީވެސް އިންޑިއާއިން ކޮންމެސްކަހަލަ އެދުންވެރިކަމެއްހަމަޖައްސަންވެގެން ތިކަންވަރަށްސާފު

  35. އިބްރާހިމް

    އެނގި ހާމަވީ ރާއްޖޭގެ ޚާރިޖީ ގުޅުމުގެ ދޯހަޅިކަން. މި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން އެ ގެއްލުނީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އިޤްތިސާދުގެ އެހީތެރިކަން. ދެފުށް ދެގޮތް ސިޔާސަތުގެ ސަބަބުން. އިންޑިޔާ އައުޓް. އިންޑިޔާއިން ނޭދޭނެ ރާއްޖެ ތަރައްޤީވާކަށެއް.

  36. ނަސީ

    މަމީދިވެހި ލޭހިގާ ދިވެއްސެއް މިހާރުން މިހާރައް ތި އިންޑިޔާ ބޭރުކުރަން ގޮވާލަން 2023 ޔާމިން ޢައް ރައިސް ކަން ހަވާލުކުރާ ގޮތައް އޮތީ ތިކަންތައް ނުހުއްޓުވައިފިއްޔާ