ކުރިން ވެސް އަދި މިހާރުވެސް އެންމެ ބާރުގަދަ ޕާޓީއެއްގެ ގޮތުގައި އޮތީ ޖުމުހޫރީ ޕާޓީ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދިއަޔަސް އަދިވެސް ގޮތްނިންމާނީ ޖުމްހޫރީ ޕާޓީން ކަމަށާއި ރިޔާސީ އިންތިޚާބުގައި މިފަހަރުވެސް ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް ރަނގަޅު ސިޔާސީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ކޯލިޝަނުން މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ނެރުމަށް ޖޭޕީގެ ލީޑަރު މިވަގުތުވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށްވެސް މުހިންމު ނިންމުންތަކެއް ނިންމަންޖެހޭއިރު ގުޅިފައިވާ ޕާޓީތަކުން އެއްޕާޓީ އަނެއް ޕާޓީއަށް އިހުތިރާމް ކުރަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ގާސިމް އިބްރާހީމަކީ އަބަދުވެސް ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއް. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ އިތުރު ހަރުފަތަކަށް ގެންގޮސްދީ، އަދި ރައްޔިތުންނަށް އިންތިޚާބުގައި ރަނގަޅު ގޮތެއް ހޯދައިދޭން ބޮޑެތި ނިންމުންތަކެއް ނިންމާނެ" އަލީ ވަހީދު ވިދާޅުވިއެވެ.

ތާރީޚަށް ބެލިނަމަވެސް މިހާތަނަށްވެސް އެއްބުރުން އެއްވެސް ޕާޓީއަކަށް އިންތިޚާބެއް ކާމިޔާބު ކުރެވިފައި ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއްބުރުން އިންތިޚާބު ނިންމޭވަރުގެ ޕާޓީއެއް އަަދިވެސް ނެތް ކަމަށެވެ.

ކުރިން ވެސް އެންމެ ބާރުގަދަ ޕާޓީގެ ގޮތުގައި އޮތީ ޖުމްހޫރީ ޕާޓީ ކަމަށް ވިދާޅުވެ އަލީ ވަހީދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް އައި ބަދަލާއެކު ޖޭޕީގެ މަސައްކަތްތައް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށާއި މުޅި ރާއްޖެއަށް އަދި ރާއްޖޭގެ ކޮންމެ ރަށަކަށް ޕާޓީގެ މޫ ވަރުގަދައަށް ފޯރާނެ ކަމަށެވެ.

"އެންމެ ދިމިގްރާތީ އުސޫލުން ހިންގާ ޕާޓީގެ ގޮތުގައި މިއަދު އޮތީ ޖުމްހޫރީ ޕާޓީ އަދި އެ ޕާޓީއަކީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ސިޔާސީ މައިދާނުގައި ކުރިއަށްދިއުމުގެ މަގު ފަހިކޮށްދޭނެ ޕާޓީއެއް" އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފާއިޒް

    ކޮން ބުރު ބުރެއް އެއްބުރުން މިކަން ނިންމާނި 2018 ނޮވެމްބަރ 11 ގައި ރައީސް ޔާމިން ހުވާކޮށްފަ އިންޝާﷲ...

  2. ރަޝްފާ

    2018 ގެ ރިޔާސީ އިންތިޚާބުގައި ދެވަނަބުރަކަށް ދާންނުޖެހި ވަރަށް ސާފު އަޣުލަބިއްޔަތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރައްވާނެ އިންޝާއަﷲ! ދިވެހިރައްޔިތންގެ މަދުވެގެން 60 އިންސައްތަ މީހުން ތިބީ ރައީސް ޔާމީނަށް ދެވަނަބުރެއްދޭން ފޫގަޅައިގެން!

  3. 3ނިރު

    ހުތުރު މޫނެއް ފޫހިމޫނެއް

  4. ބުރުމާ

    ކަލޭ ހުންނަ ކޮންމެ ޕާޓީއަކީ އެންމެ ބާރުގަދަ ޕާޓީދޯ، ވަރިހަމަ ސައިޕާޓީއަކަސް

  5. އާބިދާ

    ގުއިރޯނު ދައްކާ ވާހަކަ

  6. މާސްޓަރ

    ތިޔައީ ދެވަނަ ބުރުން އަންނިއަށް ޖޭ.ޕީ ގެ ތަޢީދު ހޯދައިދޭން ތިތަނަށް ފޮނުވި މީހެއްކަން ނޭގޭ ދިވެއްސަކު އުޅޭނެ ހެއްޔެވެ.

  7. އަފްލާ

    ގާސިމް ގޮތް ނިނމަންދެން މިފަހަރު އަހަރެމެން ބަލާކަށް ނުތިބޭނަން

  8. ބޭބެ

    ގާސިމް އިބްރާހީމަކީ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެކޭ އަލީ ވަހީދު ބޫން ބޫން ލައްވާފަ ތިޔަ ގޮވާނަގަނީ!! އެކަމަށް އެއްޗެކޭ ބުނާކަށް ނެތިން!! އެއީ އޭނާ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ވަރު ނޭގޭތީ!! އެކަމަކު ގާސިމަކީ އަމިއްލަ އެދުން ބޮޑު އިންތިހާއަށް ބޮޑު ދެފުއްކެހެރިއެއް!! ސިޔާސީ ކަންކަމުގައި އެއްވެސް ހަރުދަނާކަމެއް ނެތް ރައްޔިތުންގެ ކުރިމަތީ އެތައްފަހަރު ފެއިލްވެފައިވާ މީހެއް!! އަމިއްލަ އެދުން ބޮޑޭ މިބުނަނީ ކެނެރީގޭ ނަޝީދާ ޑީލް އޭރު ހަދައިގެން މައުމޫނަށް ލަނޑު ދިނީ!! ދެން ރައިސް ވަޙީދާ ޑީލް ހެދީ!! އެވެސް ޗޮކުން ދުއްވާލި!! ރައިސް ޔާމީނާ ގުޅި އެއް ހަރަކުން ދެފަހަރު ކައްޓެއް ޖަހަން ފުރުސަތު ނުދޭނަމޭ ބުނެ ނަޝީދަށް ބަވާ ކުޑަކޮށްލި!! މިހާރު ފާޓު ފުޅާ ކޯލިޝަނޭ ކިޔާ ނަޝީދުގެ އުނގަށް ބޯލައިގެން އުޅެނީ!! މިހަދާ ކޮންމެ ޑީލެއްގައިވެސް ފަޅު ރަތްތަށް ހޯދުމާ ދައުލަތަށް ދައްކަން އޮންނަ ކުލި ނުދައްކާ ފަރުޖައްސާފަ އޮންނަނީ!! މިކަން މިއެގެނީ މިހާރު ކޯޓުތަކުގައި ހިނގާ މައްސަލަތަކުންނާ މީރާގެ ރިޕޯޓްތަކުން!! މިއީ އަމިއްލަ އެދުން ބޮޑު ފިރިހެނެއް!! ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ގައުމާ ރައްޔިތުންނަށް ކޮންމެފަދަ ގޮތެއް ހަދަންވެސް މިފަދަ މީހުން ޖެހިލުމެއްނުވާނެ!!

  9. މޫސަ

    އެއްކަލަ ބޫންބޫން އަޅުވަންފެށީދޯ. އަދިވެސް އެހެރީ ކޮރަޕްޓްކޮށް ގަތް ބިންނުހެދި. މިފަހަރު ކިހާވަރަކަށްބާ މިބޭވިކުނީ. 2008ގައި މައުމޫން ފޭލްކޮށްދިން، 2013ގައި އަންނި ފޭލްކޮށްދިން، 2018ގައި ގާސިމް ފޭލްކޮށްދޭން މިބޭ މިނިކުތީ.

  10. ައާބި

    ތިބުނަނީ ތީ އަބަދުވެސް 3 ވަނަ ޕާޓީ އޭތަ؟ މޮޔަފުޅުވީތޯ

  11. ޑިމޮކްރަޓިސްޓް

    ފުރަތަމަ ބުރުންވެސް ޖޭޕީއަށް ކާމިޔާބު ވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަން ގަބޫލުކުރީދޯ؟؟؟ ކިއްލިބޭ ތީ ފެއިލްބަޔެކޭ!!! އަބަދުވެސް ކޮންމެސްބައެއްގެ ފައިބުޑަށް ވެއްޓި ކޯޅިޝަންވެގެން ތިއުޅެނީ!!!

  12. ލުބުނާ

    މަށަށްހީވަނީ އެމްޑީޕީއިން ކުއްޔަށްހިފި މުއްދަތު ހަމަވެ ، މާ ބޭނުންތެރި މީހަކަށްނުވާތީ ކުލީގެ އެއްބަސްވުން އާނުކުރުމުން އަލުންވެސް އަތްފައިން ކަމެއްނުކޮށް އަނަގައިން ރުފިޔާހޯދޭނޭ ގޮތަކީ ތިޔައީހެންނެވެ. ޤާސިމަކީ ދެއުޅިއެއްނުވާ ދެއަތަށް އެބުރޭ ބުރުމާއެއްކަން މީނަޔަށް އެގޭނެއެވެ. ކުރިން މީނަ ދައްކާފަހުރި ވާހަކަތަކުންވެސް އެކަން ވަރަށް ސާފެވެ. ޤާސިމު ހައްދާގެން ޖީބު ފުރާލާނޭގޮތެއް ތިއޮތީ ފެނިފައެވެ. ބާރަށް ކުރިޔަށް!

  13. ނަސީދު

    ޢަލީވަހީދުގެ ވީއްސްނުން މުަޅިންހެން ގޯސް ގާސިމަކީ މިހާރު ފެއިލިއަރެއް
    ޢަނެއްކާ ރިޔައުޅެނީ ގާސިމް ގުބޯހައްދަން

  14. އިބިރިހިމާ ބެއްޔާ

    މިކަހަލަ ބަތާހަރާމީން އަބަދުވެސް ސޭޓް ގެންގުޅޭނީ އެހެންވެ ކުރިޔަށް ނުދަނީ

  15. ކުޑަކަރާ

    ކަރާދަޑުގަ ގޮތްނިންމަންހުރޭ މިތާކަލޭގޮތް ނިންމަން ފުރުސަތެއްނެތް ތިއައީ މިހާރު ބާކީ ޕާޓީއެއް ބާކީ ބާކީ ބާކީ ބާގީ ބާގީ ބާޤީ

  16. މާރިޔާ

    ކޮން ބުރު ބުރެއް އެއްބުރުން މިކަން ނިންމާނި 2018 ނޮވެމްބަރ 11 ގައި ރައީސް ޔާމިން ހުވާކޮށްފަ އިންޝާﷲ...

  17. މާރިޔާ

    ގާސިމް ގޮތް ނިނމަންދެން މިފަހަރު އަހަރެމެން ބަލާކަށް ނުތިބޭނަން ބަލަގަ ބޯގޯސްއަލީވަހީދު