އެމްޑީޕީ ތެރެއިން ސަރުކާރު ބަލިކޮށްލުން ބަލައިނުގަނެވޭނެ ކަމަށާއި ޕާޓީގެ އެންމެ ބޮޑު މަގުސަދަކަށް ވާންޖެހޭނީ ވެރިކަން ދެމެހެއްޓުން ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވުމުން ރައީސް ނަޝީދު ފެކްޝަންގެ މެންބަރުން އަސްލަމާއި ދެކޮޅަށް ވާހަކަ ދައްކަވަން ފައްޓަވައިފިއެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވަނީ ވެރިކަން ދިފާއު ކުރަން މަސައްކަތް ކުރުމަށް އަސްލަމް ވިދާޅުވެފައި އޮތުމުން އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. ވައްޑެ ވަނީ ކުރީގެ ރައީސް މައުމޫނު ވެސް 30 އަހަރު ވަންދެން ކުރެއްވީ ވެރިކަން ދެމެހެއްޓުމުގެ ކަންކަން ނޫންތޯ ސުވާލުކުރައްވާފައެވެ. އެމްޑީޕީން ވެރިކަމަށް އައީ ވަކި ސިޔާސަތުތަކެއް މައްޗަށް އެކުލެވޭ، ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ވަޢުދުވެގެން، އެކަންކަން ފުއްދައިދިނުމަށް ޓަކައި ކަމަށް ވައްޑެ ވިދާޅުވިއެވެ. "ކޯލިޝަން ރުއްސަން އެމްޑީޕީ ބަލިކަށިކޮށްލުން ބަލައިގަނެވޭތޯ؟" ވައްޑެ ސުވާލު ކުރައްވާފައި ވެއެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވަނީ ހަރުކަށި ފިކުރުގެ ވާހަކަދައްކަވާ ހަމައެކަނި ލީޑަރު، ބޮންގޮއްވާ ޒަޙަމްކޮށްލުމުން، އެޙާލުކޮޅުގައި އޮންނަވައިގެން، އެޙާލަތަށް ޤައުމުދިޔަ ސަބަބާއި ޙައްލުކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން، އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނީ ކޮން ވާހަކައެއްތޯ ސުވާލުކުރައްވާފައެވެ.
ވައްޑެ އާއި އިންތިގެ ޓްވީޓްތައް ނަޝީދު ވަނީ ރިޓްވީޓް ކުރައްވާ އެބޭފުޅުންގެ ވާހަކަތަކަށް ތާއިދު އޮތްކަން ހާމަކުރައްވާފައެވެ.
ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށްފަހު ނާއިންސާފާއި ދިމާލަށް ދަތުރު ކުރާނަމަ ހަމަ މިސްރާބަށް ގެންދަން އަޑުއުފުލާ އެކަމަށް މަސައްކަތް ކުރުމަކީ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ.
"ހަރުކަށި ފިކުރު ހުއްޓުވުމާއި ސަރުކާރު ތެރެއިން ހިނގާ ކޮރަޕްޝަނާއި ވައްކަން ހުޓުމުގައި އަސްލަމް ވެސް ފަސްޖެހެންވީ ސަބަބެއް ނުފެެނޭ" ޝިޔާން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކާއިއެކު މަސައްކަތް ކުރަން ނަޝީދު ޝައުގުވެރިކަން ފާޅުކުރަމުން ގެންދާތީ އެކަމަށް އިޝާރާތްކޮށް އަސްލަމް ވިދާޅުވީ ނަޝީދު ފާޅުކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލު ކަމަށެވެ. ނަޝީދު މަސައްކަތްކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާނީ ނަޝީދަށް ކަމަށާއި، އެކަމަށް ކޮމެންޓެއް ނުކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، އެމްޑީޕީގެ ކަންކަން އަބަދުވެސް ނިންމާނީ ޕާޓީގެ ތެރެއިން އެކަންކަމާ ގުޅުންހުރި ގުނަވަންތަކުން ކަމަށެވެ. ޕާޓީގެ އެއްވެސް ގުވަނަކުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން އެއްވެސް މަސައްކަތެއް ކުރަން ބޭނުންވެގެން އެވާހަކަ ޕާޓީތެރޭގައި ނުދެކެވޭކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިދިކޮޅުގެ އެހީތެރިކަން ހޯދައިގެން ސިޔާސީ މަސައްކަތް ކުރުމުގެ ވިސްނުން ޕާޓީގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ހިނގަމުން އަންނަ ގޮތާމެދު ހިތްހަމަޖެހޭ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
ނަޝީދު އައް ވުރެ އިބޫ ރަނގަޅު. ލާދީނީ މީހުން ކުރިއަރުވަން ނަޝީދު ކުރާ މަސައްކަތް ރައްޔިތުން ބަލައި ނުގަނޭ
ވެރިކަމުގަ ހުރީ އިބޫ، އޭނަ ވެރިކަމުގަ މިއުޅެނީ ވައްކަމާ ކޮރަޕްސަންއިން އަރައި ނުގަނެގެން.
ދެން މައުމޫނާ އަންނި އާ ޔާމީން ގޯސް ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް
އަލިފާންނިވާ ފުޅިން އަވަހައް ނޮވާލާ އައްނިގެ މެަދު އިނގިލިއިން ގޮތެއްވެސް ބަަލަަލާތި ޙެހެހެ
މިނަޝައީދު މާލެނަރުވާ މީބޮޑުއުދަގުލެއް
ތިޔަ މެމްބަރުން ކުރެން އަހަން ޖެހޭ ސުވާލަކީ ވެރިކަމާި ހެދީ ދުނިޔެއިން މޮޔަވެގެން އުޅޭ މީހާ އަށް ވެރިކަން ލިބުމުން އެކަނިތޯ ސަރުކާރު ހިންގެނީ،،
ށަރުކާރު ހިންގިޔަ ނުދޭން ތިޔަ ކުރާ މަސައްކަތް ހުއްޓާފައި ޤައުމަށް ކަމެއް ކޮށްދެވޭތޯ ބަލާބަލަ....
އިންތި އީވާ ބޮންޑޭ މީކާއިލް ކިތަންމެ ވަރަކަށް ފުއްޕިޔަސް އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އެމްޑީޕީގެ އެންމެ އިސް މީހަކީ ރައީސް އިބޫ. މިކަން ހަޖަމްކުރޭ.
ތި ވައްޑޭ ތިޔައީ ކޮންތާކުން ނިކުމެގެން އުޅޭ ބީތާއެއްތަ؟
ޢަސްލަމް ބަރާބަރު. އެމްޑީޕީގެ ވެރިކަމެއްގައި އިދިކޮޅު ލީޑަރަކަަށް ނަޝީދު ނުކުމެވަޑައިގެން ބަޣާވާތް ކުރައްވަން އުޅުމަކީ ޕާޓީގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން.
އެމްޑީޕީ އުފެދުނީސް ސުރެ އަންނި އެމްޑީޕީގެ ރައީސް ކަމުގަ އެވެ. 30 އަހަރު ވަނީ އެވެ.ދެން އެހެން މީހަކަށް ފުރުސަތު ދޭން ވެއްޖެ އެވެ.
ހަމަ ހުސް ޑްރާމާކުޅެނީ. އަދި ހަމަ ޑްރާމާ ބަލާނެބަޔަކު ނުވެގެން މިވެރިން މިއުޅެނީ. ލަންޑަންގަ މިހާރު ޝޫޓިންތައް ކުރިއަށްދަނީ.
ސަލްމާނު ރުސްދީގެ ހާލަކީ ކޮބައިތޯ. އެންމެނަށްވެސް އިނގޭ އެހެންނޫންތޯ، މުސްލިމުންގެ ތެރޭގައި ހުރެ އިސްލާމްދީނަށް މި ރާއްޖޭގައި އެންމެ ގިނައިން ފާޑުކިޔަނީ ކާކުތޯ. އިސްލާމް ދީނާދުރު މީހުން އެންމެ ގިނައިން އަރިސް މީހުންގެ ގޮތުގަ ގެންގުޅެނީ ކާކުތޯ. ކޮބައިތޯ ޖަވާބު. ދެން އަމިއްލަ އެދުންބޮޑު އާހިރަތަށްވުރެ ދުނިޔޭގެ އެދުންބޮޑު ދަހިވަތި މީހުން ހަޅޭއްލަވާނެ އެހެންނޫންތޯ. ގާރޫނުގެ ވާހަކަ އިސްލާމީ ތާރީހުގަ އެބައޮތް ނޫންތޯ
މީ ގާނޫނީ ގޮތުން ރައްޔިތުން ހޮވާފަ އޮތް ސަރުކާރެއް، ރައްޔިތުން ވޯޓުދިނީ އަންނި އަކަށް ނޫން. މީ އަންނިގެ އަމިއްލަ މުދަލެއްވެސް ނޫން އެހެންނޫންތޯ. ވެރިކަމަށް ދަހިވިއަސް ތިޔައި ބޮޑުވަރު. ގާނޫނީ ގޮތުން ސަރުކާރު ވައްޓާލުމަށް މަޖިލީސް ތެރެއިންނާއި އަދި އެމްޑީޕީ ތެރެއިން މަސައްކަތްކުރާ ކޮންމެ މެންބަރަކު ޕާޓީން ވަކިކުރުމަކީ ކުރަންޖެހޭކަމެއް.މި ގޮތުން މަޖިލިސް ތެރެއިންނާއި އެމްޑީޕީ ތެރެއިން ސަރުކާރު ވައްޓާލުމަށް ތިޔަކުރާ ބަގާވާތް ހުއްޓާލުމަށް އާދޭހާއިއެކު ދަންނަވަން
ދަންނާށޭ ދަންނާށޭ ބާގީންނޭ ދަންނާށޭ.
ބަގާވާތް ކުރުން ހުއްޓާލައްވާ. މީ ގާނޫނީ ވެރިކަމެއް، ﷲ އިރާދަ ކުރެއްވިއްޔާ ބާގީންނަކަށް ފުރުސަތެއް ނުލިބޭނެ
ޢަންނިއަކީގައުމަށްކުރިމަތިވެފަހުރިމުސީބާތެއް
ޝުކުރިއްޔާ އަސްލަމް
ތިޔައުޅެނީ ބޮޑުވަޒީރުކަން ނުލިބިގެން. ޥައްޑެ މޮޅުވާހަކަ ނުދައްކާ ތިޔައީ ހަމަ ފައްކާ ބޮޓެއް