ހުޅުމާލޭގައި ރޭ މެންދަމު ބާރުގަދަ އަޑެއް އިވުނީ ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓަކުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭ ބޯގަންވިލާ މަގު ސަރަހައްދުގައި ރޭ 00:35 ކަންހާއިރު އެއްޗެއް ގޮވައި ބާރުގަދަ އަޑެއް އިވުމާއި ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތްކޮށް އެސަރަހައްދުގައި ހަރަކާތްތެރިވެ އެސަރަހައްދުގައި ތިބި މީހުންނާއި ސުވާލުކޮށް ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ބާރުގަދަ އަޑެއް އިވިފައި ވަނީ ހުޅުމާލޭ ލޮޓް ނަމްބަރު 1138 ގެ ޓެރެސް މަތީގައި ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިނގި "އިންސިޑެންޓަކުން" ކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
މި އަޑު އިވުނު ބައެއް މީހުން ބުނީ، އިވުނީ ވަރަށް ބާރު އަޑެއް ކަމަށާއި، ގޮވީ ކޮން އެއްޗެއް ކަން ސީދާ ބުނަން ދަތި ކަމަށެވެ. "ވަރަށް ބާރު އަަޑެއް އިވުނީ، ހަވާ އަރުވާއިރު އޭގެވެސް އެންމެ ބޮޑު އެތި ގޮވާއިރު ގޮވާކަހަލަ އަޑެއްް" ހުޅުމާލޭގައި ދިރިއުޅެމުންދާ މީހަކު ބުންޏެެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ވަރުގަދަ ހަމަލާއެއް ދީފައި އޮތުމުން ހުޅުމާލެ އިން ބާރުގަދަ އަޑެއް އިވުމާއިއެކު ބައެއް މީހުންނަށް ހީކުރެވުނީ ހަމަލާއެއް ދިނީ ކަމަށް ނުވަތަ ހަމަލާއެއް ދޭން މަސައްކަތް ކުރި ބައެއްގެ އަތުން އެއްޗެއް ގޮވީ ކަމަށެވެ.
ތިކަން އިނގޭ މާކުރިންވެސް. ކީއްވެތަ އެހާލަސްވަނީ އެކަމު ޕޮލިހުން މައުލޫމާތު ދޭން އެހާ ފަސޭހައިން ބަލާފަ ބުނެވެން އޮތް ކަމަކައް..
އަލްހަމްދުލިﷲ. މީހަކައް އަނިޔާ ނުވާކަން ރަނގަޅުތާ
.މިވަރު ކަމެއްވާއިރު ރައްޔިތުންގެ ތެރެއިން އެއްވެސް މީ ހަކައް ހިލަމެއް ނުވޭބާ
އެއްވެސް މީހެއްގެ ގަޔަށް ރޭޒަރ ފުކެއް ނުވަދޭ؟
ތިފަދަކަންތައް އެޓީޑީ ނުހުޓުވި ކީވެ
ސިޓީ ކައުންސިލުން ދޭނީ ހުއްދައެއް. ދެން ބަލައެއް ނުލާނެ ކިތައް ގަވައިދުކަމެއް މުގުރާލަނީ. މަސައްކަތް ކުރާ މީހުން ސޯޓޫކަޓު ނަގާފަ. ފައިދާ ގިނަކޮށްލާނީ. ޖެހިގެން ހުރި ފަގީރުމީހާގެ އެޕާޓުމެންޓުގަ ވަރިހަމަ ރޯވިޔަސް. ސިމެންތި ކޮތަޅު ވާހަކަޔަށް ނިމޭނީ. މިތަން މިހާރު މަހުޖަނުންގެ ސަހަރަކަށް ވެއްޖެ.. ގައުމެއް ނެތް/
ފޭކް ނިއުސް ފަތުރާ ނޫސްތަށް !
ތިގޮވިއެއްޗެއް ނޭގުނީތީ ދެރައީ
ނަޝީދުކިޔާމީ ހަކަށް އަނިޔާނުވޭބާ ؟؟
ހުރިހާ އަޑެއް ނަސީދުއަށްތަ މިގުޅެނީ ކިހާދެރަކަމެއް