ޗައިނާއާ ދެކޮޅަށް މާލޭގައި މުޒާހަރާކޮށްފިއެވެ.

ޗައިނާ އެމްބަސީ ކައިރީގައި އެ ގައުމާ ދެކޮޅަށް މުޒާހަރާ ކުރީ ތިރީހަކަށް ޒުވާނުންނެވެ. އެ ޒުވާނުން ތިބީ ޗައިނާއާ ދެކޮޅު ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

އެމީހުން ހިފަހައްޓައިގެން ތިބި ބައެއް ބޯޑުތަކުގައި ޖަހާފައި ވަނީ "ޗައިނާ އައުޓް"، "ސްޓޮޕް ޗައިނާ"، "ލޯން ޗާކް"، "ޗައިނާ އިން މުޅި ދުނިޔެއަށް ދޮގު ހަދާ" މިފަދަ އެކިއެކި ޝުއޫރުތަކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ލޯނުތަކަށް ދަރަނީގެ ގޮތުގައި ރާއްޖެ އިން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެ އަދަދު ޗައިނާ އިން ކުރިން ވަނީ ދޮގުކޮށްފައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި ކުރީގެ ސަފީރު ންގްލީ ޖޮންގް ވިދާޅުވީ ރާއްޖެ އިން ދަރަނީގެ ގޮތުގައި އެކި ގައުމުތަކަށް ދައްކަން ޖެހޭ 3.21 ބިލިއަން ޑޮލަރުގެ ތެރެއިން ޗައިނާ އަށް ދައްކަން ޖެހޭނީ 1.53 ބިލިއަން ޑޮލަރު ކަމަށެވެ.

އިންޑިއާގެ "ވިއޯން" ނޫހަށް މިދިޔަ އަންގާރަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަށް އަދިވެސް ލުޔެއް ދީފައިނުވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ޗައިނާގެ ނުފޫޒު ރާއްޖެއަށް ރާއްޖެއަށް ކުޑަކުރުމަށް އެންމެ ފުރަތަމަވެސް ކުރި ކަމަކީ ޗަައިނާއަށް ދަރާފައިވާ މިންވަރު އިތުރަށް ބެލުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޗައިނާގެ ކުންފުނިތަކާއި ބޭންކުތަކުގެ އިތުރުން އެ ގައުމުގެ ސަރުކާރަށް ދަރާފައިވާ އަދަދު ބަލަން މަޖިލީހުން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ "ދަރަނި ދަންތުރަ" އެކެވެ. އެ މައްސަލާ ގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ކުރީގެ ސަފީރާ ނަޝީދާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ރައްދުކުރެއެވެ. ނަޝީދު އަބަދުވެސް ވިދާޅުވާ ގޮތުގައި ޗައިނާގެ ނުފޫޒުން ރާއްޖެ ސަލަމާތްވާން ޖެހެއެވެ. އަދި ގާތް ގުޅުމެއް ބާއްވަން ޖެހެނީ އިންޑިއާއެެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ޫުކުރަފި

    މާގިނަަަ މިިީހުން

    80
    1
    • ޙައުލާ

      500 މީހުން ނުކުމެ އިންޑިޔާ އެންބަސީ ކައިރީ އިންޑިޔާ އައުޓް ގޮވާ އިނޑިޔާ މުދާ ގަތުންހުއްޓާލާއިނޑިޔާއަށް ދަތުރުކުރުމާ އިނޑިޔާ ޓީޗަރުންނާ ނަަރުހުންނާ ޑރ ބޭރުކުރުމަށް މަޖުބޫރު ކުރުވަންވީ!

      183
      6
      • ޑީނޯ

        ޢިންޑިއާމުދާ ގަތުން ހުއްޓާލީމަ ކޮންބަޔަކައްބާ ދެރަވާނީ. ޥަގުންގެ ބަނޑަށް ވައިއަރައިގެން ދަޢްކާކަހަހަހަލަ ވާ ހަކަ ތި ހުންނަނީ. މި ހާރުވެސް ކިނބިއްސެއްއެޅޭއިރަށްވެސް ތިދުވަނީ އިންޑިއާ ބޭސްގުޅައެއް ހޯދަން.

        15
        73
        • ޙަބީބު.

          އިންޑިޔާ ފިޔާކިލޯޔަކައް ނުވިކިބަލަ އިންޑިޔާ ކައްޕަޅިމާރޯ ގައުމައް ކެންސަރުބަލީގަ ފަރުވާ ހޯދަން އިބޫގެ ކޮއްކޮނުދިޔައީ ޑުބާއީ ރަނގަޅުވީމަ ވިސްނާލަބަލަ އިންޑިޔާ އެއީކޯޗެއް އެގައުމުގެ އާބާދީޔައް 24 ގަޑިއިރު ކަރަންޓްނުދެވެ

          14
    • ޙައްގުބަސް

      އިންޑިޔާއައުޓް## ހަމަ ގަދަޔަށް ޖައްސަންވީ!! މިދަންނަވާހެން އިނގިރޭސިން ފޮތިގަނޑުތަކުގައި ލިޔެގެން އަވަހަށް ނިކުންނަންވީ!! އިންޑިިޔާ ސިފައިން މިގައުމުން ބާލާ!! އިންޑިޔާ ހެލިކޮޕްޓަރު މިގައުމުން ބާލާ! އިންޑިޔާއިން މިގައުމުގެ ދާޚިލީ ކަންކަމުގެތެރެއަތް އަތްބޭނުން ހުއްޓާލާ!! އިންޑިޔާގެ ދަރަނި ދަންތުރައިން މިގައުމު ސަލާމަތްކުރޭ!! މިސަރުކާރުން މިހާތަނަށް އިންޑިޔާއިން އެއް ބިލިއަން ޑޮލަރު ލޯނު އެކިއެކި މަޝްރޫޢުތަކަށް ވަނީ ނަގާފަ!! އިންޑިޔާއައުޓް!! ޗައިނާގެ ސިފައިން މިގައުމުގައި ނެތް!! ޗައިނާއިން މިގައުމުގެ ދާޚިލީ ކަންކަމާ ނުބެހޭ! ޗައިނާ ސިފައިން ބޭނުންކުރާ ހެލިކޮޕްޓަރު މިގައުމުގައި ނެތް!! ޗައިނާ އެންބަސީން މިގައުމުގެ ހިންގާ މަޝްރޫއު އިއުލާންނުކުރޭ ސަރުކާރުން އިއުލާންކުރުމުގެ ކުރިން!! އިންޑިޔާ ބުނެގެން އެމީހުންގެ ޕަޕެޓުން ލައްވާ ޗައިނާ އެންބަސީ ކައިރީ މުޒާހަރާ ކިރީމާ ހަމަ އޮރިޔާންވަނީ އިންޑިޔާ!! އިންޑިޔާއައުޓް## ދިވެހިރައްޔިތުންނޭ އިންޑިޔާއައުޓު ބާރަށް ގޮވަންވީ!!

      92
      5
    • ގަމާރު

      އިންޑިއާ އައުޓް.

      98
      4
  2. އާދަމުގެދަރި

    މިދިޔަ ހަފުތާގެތެރޭގައި ޗައިނާގެ ރައީސާއި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ގުޅުއްވި ޚަބަރު ލިބުމާއެކު ހަރުކަށި ޚުދުމުޚުތާރު ކަލޭގެއަށް ކެތްނުވެގެން ދުލަށް އައިހައި އެއްޗެއް ގޮވީމާވެސް ލޮބުވެތި ރައީސުލްޖުމްހިއްޔާ އަޅުއްވައެއް ނުލައްވައި ޗުއްޓީ ހައްދަވައި ލަންކާގެ ރައީސާ ބައްދަލުކުރައްވައި މަޝްވަރާވެސް ކުރެއްވުމަށްފަހު ކާމިޔާބުކަމާއެކު ރާއްޖެއަށް ވަޑައިގަތުމުން މިތަން ބަލަން ހަރުކަށި ޚުދުމުޚުތާރު ކަލޭގެއަށް ކެތްނުވެގެން އައުވާނުން ނެރެގެން އަނެއްކާ އަނެއް ގޮތަކަށް ކުޅިވަރެއް ކުޅެންފެށީ. އިންޑިއާ އައުޓް ގޮވުމެއް ނުހުއްޓޭނެ. އިންޑިޔާ އައުޓް. ހަރުއަޑުން އިންޑިއާ އައުޓް. ބާރަށް އިންޑިޔާ އައުޓް.

    168
    7
  3. އަލިބެއްޔާ

    ވަރަށް ދެރަ ކަންކަން..

    117
    1
  4. ބުއްޅަބޭ

    ގުއި ތަފާތަ ދަނޑިން ތަޅަންވީނު!

    134
    2
  5. ކެޔޮޅު

    އިންޑިއާ ސިފައިން މިޤައުމުން ފައިބާ!!

    188
    4
  6. ހެހެ

    އިންޑިއާ އާއި ދިވެހި ސަރުކާރު ރާވައިގެން ޗައިނާ އާއި ދެކޮޅަށް މުޒާހަރާ ކުރަނީ.

    172
    2
  7. ނ

    ފަސް މިނެޓް ވީ އެކުދިން ގެ ަަ..އަގު ހަމަ ވެގެން ފިލައިފި
    ކަރުދާސް ތައް އުކާލާފައި...އެއީ ޕީކޭ ސަރަހައްދުގާ އުޅޭ
    ބަލި ކުދިން ކޮޅެއް...ހެ ހެ.

    143
    1
  8. މ

    މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކުދިބައެއް ލައްވާ
    ޢަދުން ހުސެން ކުރުވި ކަމެކޭ ބުނަނީ...ޕީކޭ ސަރަހައްފު ކުދިން

    141
  9. ގައުމު

    ނަޝީދު ދެކެ އިޝްޤީ ލޯބި ވާ ޒުވާނުން.. ޗައިނާ ދެކެ ރުޅި އަންނާނެ.. އެއީ ޗައިނާއިން ބިޔަ ބޮޑު ޕްރޮޖެކްޓްތައް އަވަސް މުއްދަތެއްގައި ނިންމާތީ.. ނަޝީދަށް ކަމަކު ނުދާނެ އޭނާ ނޫން މީ ހަކު ވެރިކަމުގައި ހުންނާކަށްވެސް، އަދި އެހ ހެންމީ ހެއްގެ ވެރިކަމުގައި އަވަސް ތަރައްޤީ އަންނާކަށްވެސް..ނަޝީދު ގެ ބޯއީސް މުޒާ ހަރާ ކުރަނީ..

    128
  10. ބާލާނަން

    މިކަން ނިންމާނީ އިންޑިޔާ ސިފައިން މިގައުމުން ބޭރުކޮށްފައި. އިންށާﷲ#އިންޑިޔާއައުޓް

    141
    2
  11. އަހްމަދު

    މިއީ ބޮޑު ޤައުމަކުން ފައިސާ ނަގައިގެން ތިބި ފަރާތްތަކުން ޙަރަދު ކޮށްގެން ކުރާކަމެއް ނޫންބާ!!!

    117
    2
  12. ޙަލީމުސަރ

    ނަޝީދުގެ ނުބައި ރޭވުން! އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރެވޭ ދޯ! އިންޑިޔާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރީމަ ވާގޮތް ބަލަމާ!
    ކޮވިޑް ވެސް ނެތް ދޯ

    119
    1
  13. ަިަަައިބްރާހީމް

    ތިވީގޮތުން އިންޑިޔާ އައުޓްގެ ފޯރި ހަދަވާނީ. ނަޝީދުވެސް އައުޓްވީ.

    69
  14. ކެނެރީ

    ޖަރުމަނުގަ އޮވެގެން ރައްޔިތުންނައް ކުރާ ނޮހޮރޮއްޕާނެއްތަ

    62
  15. އެމް ޑީ ޕީ

    މި ޤައުމުގައި އިންޑިޔާ އިން ބޭނުންހާ ސަކަރާތެއް ނުޖެހޭނެ. އަހަރުމެން ނިކުތީމަ މާކަ ރީއްޗެއް ނުވާނެ. ﷲގެ އިރާދަ ފުޅުން ރީނދޫ ބައިގަނޑު އަމިއްލަ އަށް ބޭޒާރުވެ، ފަޞީހަތްވަނީ. އަހަރުމެން ތިބޭނަން ބަލަން

    63
  16. ހުސެންދީ

    ކައޭމެން ނަޝީދު ދައްކާވާހަކަ ތި ގަބޫލު ކުރަނީ، އޭނައެއްނު ބުނީ ޗައިނާއަށް 12 ރަށް ވިއްކިވާހަކަވެސް. އެއިން ރަށެއްވީ ތަނެއް އިނގޭތަ؟ ދޮގުހަދާ ނަޝީދު

    57
  17. ގއ

    ފާޑެއްގެ ޚާއިނަކު އަޑީގަ ހުރެގެން ގައުމު ހަލާކު ކޮށްލަނީ. އިންޑިއާ އައުޓު ގޮވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިދާތީ. އިންޑިއާ ސިފައިން ރާއްޖޭގަ ތިބޭތީ. ދޮގު ހަދާ ރާއްޖޭގެ ކަންކަމުގެ ތެރެއަށް އަތްބާނާތީ. ރާއްޖެ އަޅުވެތި ކުރަން މަސައްކަތް ކުރާތީ. ރާއްޖޭގެ މިނިވަންކަން ނިގުޅާއިގަންނަން އުޅޭތީ. އިންޑިއާ އައުޓް ގޮވުމަކީ ކޮންމެ ދިވެސްސަކަށް ވާޖިބެއް. ޟާހިދު، އަންނި ކަހަލަ ކޮރައްޕްޓް ޕޮލިޓިށަނުން ގަނެގެން ގައުމު ހަލާކު ކުރަމުންދާތީ.

    47
    1
  18. ސަރޭ

    މިގައުމުގެ ވެރިން ގެ ވާޖިބެއް މިގަުމަށްނުރައްކާ ވާކަންކް ކުރުން.އިންޑިޔާ އާ ޗައިނާ ހަމަހަމަ ކަމާޢެކު ގެން ގުޅެން ޖެހޭނެ އެހެން ނޫނީ އެކުރެވެނީ ވަރަށް ބޮޑު ގޯސް ކަމެއް.ދިވެހި ޖީލަށް ވަރަށް ބޮޑު ގެއްލުން މުސްތަގު ބަލުގަ ވެދާނެ ކަމެއް.

  19. އައުޓް

    ދުވާލަކަށް ފަހަރަކު އަންނި ބުނެގެން ޑްރާމާކުޅުނަސް ފްލެޓްތަކުގެ ޙައްޤުވެރިން ފްލެޓްމަތިން ހަނދާން ނުނެތޭނެ. ބްރިޖްމަތިން ދުއްވާފަ ދާއިރު ހަނދާންވާނީވެސް ހަމަ ޗައިނާމަތިން. ކެނެރީބޭ މަތިން ހަނދާންކުރާނީ މޯދީ.

    45
  20. ހަރުހަރު

    ޝާހިދޫ ވަރަށް އަސަރުކޮށްފިދޯ..... ކަލޭމެން ބޭނުންހާއެއްޗެއް ކިޔާފަ ތިޔައިހެން ކައިލައިގެން ނުތިބެވޭނެ. އަންނިކައިރި ބުނެބަލަ ސައިބިލު ކެނޑޭވަރު ނެތިއްޔާ ސައި މޭޒަށް ނާރާށޭ.... ދަރަނި ދެއްކޭނެގޮތެއް ނެތިއްޔާ ވެރިކަމަށް ނާރާށޭ މިބުނީ..... ވަރަށް މޭ ގުޑައިފިދޯ ޗައިނާއިން ދަޢުވަތު ނުދިނީމަ.... ދައުވަތު ދިން ނަމަވެސް ބުނީހޭ ދަރަނި ދަންތޫރައަށް ދައުވަތު ދިނިއްޔޭ.... ތި ބައިގަނޑަށް ހެޔޮ އެއްގޮތެއްވެސް ނޯންނާނެ.... ޕަކާސް

  21. ތުއްތުނާ

    ޗައިނާމީ ހުން "މާސް"ގަ ވަޒަންވެރިވެ އިންޑިއާމީ ހުންގެބޮލަށް ކުޑަކަމުދާންފެށީމަ އުސްފަރުބަދަތައްމައްޗަށްއަރާތިބެގެން އިންޑިއާސިފައިން "މާސް"އާ ދިމާއަށް ކަޅު ހިލަކޮޅުއުކާދުވަސް ފެނުންދާދިގާތް!!

    31
  22. ޙސ

    ލަދުހަޔާތް ނުގަންނާތީ ކުރި މުޒާހަރާޔެއް. 3.21 ބިލިޔަން ނެގީމަ 1.53 ރާއްޖޭން ދައްކަން ޖެހުން އެއީ ކިހާ ބޮޑު ލުޔެއް ތައް. އިންޑިޔާ އިން ނެގިލޯން ގެ ހަޤީގަތް ބަލާބަލަ. ލަދުހަޔާ ނުގަންނަ ޕާޓީ ގެ 14 ވަރަކަށް ކެނައިން ތީ.

    49
  23. ކާނިވާއިން

    ދެން ބުރިޖަށް ނާރާތި،

    50
  24. ހުސެން

    ބަލަގަ ޗައިނާ ސިފައިން މިތާކު ނެތޭ.އަހަރަމެން މިކިޔަނީ އިންޑިއާ ސިފައިން އައުޓް

    54
  25. ޅަބޭ

    މާލޭގަ އުޅޭ ޕާޓޭކުދިންކޮޅު ލައްވާ ކެނެރީގޭ ނަޝީދު ހާވާ ހަޑި ތިފެންނަނީ. ތި ޕާޓޭ ކުދިންކޮޅައް ނޭގޭނެ ދުނިޔޭގެ ޗާޓުގަ ޗައިނާ އޮންނަނީ ކޮއްތާކުކަންވެސް. ހެހެހެހެހެ.... މަސްތުވާތަކެއްޗާ މާރާމާރީއާ ނުލާ އެމްޑީޕީއެއް ނޯންނާނެ.

    49
  26. ރައްޔިތުމީހުން

    މީ އެއްކަލަ ނަޝީދު ތަޅާލަން ގެންގުޅޭ ކުދިންކޮޅު ދޯ..

    46
  27. ށާމިން

    ގަމާރު ގުރޫޕެއްތީ އަހަރެމެން މިތިބީ އަދި ހަނުން އިންޑިޔާ ދެކޮޅައް ނުކުން ނަން ޖެހިދާނެ އެއިރުނަ ސަރުކާރުވެސް ވެއްޓިދާނެ ހމަޑުން ގޭގަ ތިބޭ ގެރިޔައް ވުރެން މުސްލިމުންގެ އަގު ދެރަކޮއްގެން މުސްލިމުން މަރަނީ އިންޑިޔާ މީ ހުން ހޭބަލިވެގެން ނޫޅޭ ކަލޭމެން

  28. އިބްރާހިމް

    ދޮގާއި، މަކަރާއި، ހީލަތާއި އޮޅުވާލައިގެން ސަރުކާރު ހޯދުމުން ކަންނޭނގެ މުސީބާތަކަށްފަހު މުސީބާތެއް މިސަރުކާރަށް ކުރިމަތި މިވަނީ. އަދިވެސް ﷲ އަށް ބިރުވެތި ވުމުގެ ބަދަލުގައި ނުލަފާކަން އިސްކުރާތަން ފެނިގެން މިދަނީ.

  29. ށަމި

    މުޅަތަކެތިކާ ޗައިނާމީހުން އައުޓް.

    6
    30
  30. އިބްރާ

    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،

    49
  31. ނޭމާ

    ތިޔަ ފޮޓޯއިން ތިޔަ ފެންނަނީ މިވަގުތު ކެނެރީގޭ ނަސީދު ގެ ސައިޒު. ޙަ ކެނަ.

  32. އިސްމާޢީލް

    އިންޑިއާ އައުޓް، އިންޑިއާ އައުޓް، އިންޑިއާ އައުޓް، އިންޑިއާ އައުޓް، އިންޑިއާ އައުޓް، އިންޑިއާ އައުޓް،

  33. ހުސައިން

    ކެއްކެއް. ތިއޮތީ ސައިޒް ދައްކާފަ. ލަދު ހަޔާތް ކޮބާ

  34. ޢިންޖިނިއަރ އެޑިލް

    މިގައުމުގައި ފިޔަޔާއި އަލުވި ހައްދާ ފައި އިންޑިޔާ އައުޓް ގޮވަންވީ ކަރުން ނާރު ފުއްޕާފައި.

    2
    5
  35. ބަކަރި

    ހާދަ ގިނަބައެކޭ ދެލޯ އަވަރުކޮށްގެން ތިޔަމުޒާހަރާއަށް ބަލައިފިނަމަ 60 މީހުން އިތުރުވާނެ ތިޔައީ މީހަކުބުނެގެން އިންޑިއާއިން ލާރިކޮޅަކަށް ކުރިކަމެއް އަހޜުންބަލާނަން ތިޔަޒުވާނުންގެ 60 މީހުން ބުރިޖަށް ނާރަތިބެވޭތޯ ހަމަޔަގީން އަރާނެ ހިތަށްވެސް އަރާނެ ބުރިޖުވާ ސަޅިއޭ މިގަރުނުގަ މިވަރުކަމެއް ނުދެކެމޭ.

  36. ާއައްޔަ

    އިންޑިޔާ އައުޓް

  37. ޙސބ

    30 މީހުންނައް އަންނި ލާރިކޮޅެއް އެޅި ކަމައްވޭ...
    އިންޑިޔާ އައުޓް ގޮވީޔާ މާތާހިރެއްނު

  38. މޮޔަ އެންޑީ

    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،
    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް،

  39. ނާދިރާ

    ހަހަހަަަަަަަަަ. ވަކަރުގޭ މޮޔަ ރޭވުން

  40. ހެހެހެކެކެ

    މިމީހުން ހުއްޓުވަން ޕޮލިހުން ކޮބައިތަ

  41. މުޕޮރާ

    އިންޑިއާ އިން ކުރަނީ ކީއްކަންވެސް ނޭނގޭ ބުއްޅަބޭގެ ޒުވާނުން ނިކުމެ ކީއްތިކުރީ ؟

  42. މިތުރާ

    ރާއްޖެ ޖެ ހެނީ 4ފައިކަށިމައްޗައް ތެދުވަން، ދަަސްކުރަން، ޗައިނާއިން ވެސްކަންތައްކޮށްދެނީ ހިލޭނޫން،،ސަލާން ޖެ ހުން ދޫކޮށް ، ޒުވާނުން މަގުމަތިން ނަގާ ދެކޮޅު ޖެ ހޭ މުސާރަޢެއް ދީ، ޓެކުސްނަގައިގެން، .ގައުމުން ބިދޭސިންމަދުކޮށް،ގެން ،ގައުމަށް ވަންނަ ރުފިޔާ ކޮންމެ ދުވަ ހަކު ބިދޭސިންބޭރު ކުރޭ، ރާއްޖެ ދަނީ ފަ ހަތަށް ދުވަ ހުން ދުވަ ހަށް ،ގައުމު ހިންގަން ނޭގެންނާ އެގޭބަޔަކާ ހަވާލު ކުރޭ ،

  43. އައްޑޫ ސިޓީ

    އިންޑިއާ އައުޓް. އިންޑިއާ ސިފައިން އައުޓް

  44. ކެޔޮޅު

    އިންޑިއާ އައުޓް އަންނި އައުޓް ސާހިދު އައުޓް!!!

  45. ކުރަފި

    މާތާހިރުވާނެ އެންބަޔަކާއި ދެކޮޅަށް ތެދުވުމަށްވުރެ ރާއްޖޭގެ އެކިތަންތަނުގައި ކޮންމެ ރެއަކާއި ދުވާލެއްގައި މީހުންމެރުމާއި މާރާމާރީ ހިންގުމާއި ބޮޑެތި ޖަރީމާ ހިންގާމީހުންނާއި ލާދީނީ މީހުންނާއި ދެކޮޅަށްތެދުވެ އެކަންއިސްލާހުކުރިއްޔާ

    6
    1
  46. ޖ

    ޗައިނާ ހިތަކައްނާރާނެ އެކައްޗެކޭވެސް އުފެއްދުންތެރި މިހާރުވެސް ދުނިޔޭގެ އެންްމެ ކުރީގައި އޮއްގައުމެއް

  47. ނަ އުރާ

    އިންޑިޔާ ބަޖާޖް އައުޓް.. އެމްޑީޕީ އައުޓް.. ނަޝީދު އައުޓް... ލާފީނީ އެޖެންޓުސް އައުޓް..

  48. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރަށްދޭ

    އިންޑިއާ ބޭރުކޮށް ފައްސާނަގާ ލާ އެމްޑީޕީވެސް ފައްސާނަގާ ލާ

  49. ޢބްދުއްﷲ

    ޗައިނާއާ ދެކޮޅަށް މާލޭގައި މުޒާހަރާކޮށްފި

    9 ގަޑިއިރު ކުރިން ( ޖުލައި 23, 2021 )

    ފުލުހުންނާ ސިފައިން ކޮބާތަ؟ ނިދާފަތަ؟ މީގެން އެނގެނީ ސަރުކާރު އަޑީގަ އޮތްކަން.