ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަދި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން ހޯދަން އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ފެސިލިޓީތަކުގައި އެއް އަހަރު ދުވަހަށް މަސައްކަތް ކުރާނެ 36 ނަރުހުން ބޭނުންވާ ކަމަށެވެ.

އެ ނަރުހުންގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 9060 ރުފިޔާއެެވެ. އަދި ސާވިސް އެލަވެންސްގެ ގޮތުގައި 188 ރުފިޔާ ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އެ ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ ނަރުހުން ހޯދަން އިއުލާނުކޮށްފައިވާއިރު، ރާއްޖެއަށް ކޮވިޑްގެ ބޮޑު ރާޅު އަައިރު ފެސިލިޓީ އާއި އައިސީޔޫގައި ނަރުހުން މަދުވެ، އެތަނުގައި މަސައްކަތް ކުރަމުންދިޔަ ނަރުހުންނަށް ވަރަށް ބޮޑު ދަތިކަމަކާއި ކުރިމަތިލާން ޖެހުނެވެ.

އެހެންކަމުން އައިޖީއެމްއެޗްއިން ނަރުހުން ހޯދަން އިއުލާނުކޮށްފައި މި ވަނީ އެފަދަ ރާޅެއް އަނެއްކާވެސް އަތުވެދާނެ ކަމަށް ބަލައި ތައްޔާރުވުމަށް ކަމަށް ބެލެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސސ

    މަސްތުވާ މީހުންގެ ފެސިލިޓީ !

  2. ލލ

    މަސްތުވާ ޑުރަގު ބޯ މީހުންގެ ފެސިލިޓީ !

  3. ހުސެން

    އަނެއް ރާޅެއް އަރަނީތަ ކެރަފާ

  4. ޙި

    ޢަނެންކާ އިންޑިޔާ ބަޔަކަށް ވަޒީފާ ދޭން ޖަހާމަޅިއެއްތަ!i

  5. ބުއްޅަބޭ

    މަތިން އޮހޭ ބައެއްތަ އެއީ؟