ކ.އަތޮޅު ކާށިދޫން މިއަދުވެސް ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިއްޖެއެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމަތަށް ބަލާއިރު، އެރަށުން މިއަދު ފައްސިވެފައި ވަނީ ހަ މީހެކެވެ. އޭގެ ތެރެއިން ފަސް މީހުންނަނީ މިދިޔަ ބުދަ ދުވަހު ނެގި 31 ސުންކުތަކުގެ ތެރެއިން ފައްސިވި މީހުންނެެވެ.އޭގެ ތެރެއިން 23 މީހެއްގެ ސުންކު ނައްސިވިއިރު، ތިން ސުންކެއްގެ ނަތީީޖާ ނުލިބެއެވެ.

މީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހު އެރަށުުން ނެގި 20 ސުންކުގެ ތެރެއިން އިތުރު މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެރަށުން މިފަހަކުން މީހަކު ކޮވިޑަށް ފައްސިވީ ޖުލައި 13 ވަނަ ދުވަހުއެވެ. އެއީ ޖުލައި 12 ވަނަ ދުވަހު ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ދެ ސުންކެވެ.

މިއާއެކު އެރަށަށް އަރާ ފޭބުން މަނާކުރިއެވެ. އޭގެ ފަހުން އެރަށުން ފައްސިވަމުންދާ މީހުންގެ ތެރޭގައި ވަކިތަރުތީބެއް ނެތި ނަގާ ސުންކުތައްވެސް ހިމެނެއެވެ.

އެގޮތުން ޖުލައި 15 ދުވަހު ވެސް ވަކި ތަރުތީބެއް ނެތި ނެގި ސުންކަކާއި، ޖުލައި 17 ވަނަ ދުވަހު ވެސް ވަކި ތަރުތީބެއް ނެތި 11 ސުންކެއް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭގެ ދެ ދުވަސް ފަހުން ޖުލައި 19 ވަނަ ދުވަހު ނެގި ސުންކުތަކުގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުރެގެން ނެގި 10 ސުންކެއް ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންނާ ގާތުން އެއްތާވި ފަސް މީހަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އަދި ޖުލައި 20 ވަނަ ދުވަހު ނެގި ސުންކުތަކުގެ ތެރެއިން ކުރިން 13 ސުންކެއް ވަނީ ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަހޭ

    ހާދަ ދެރައޭ