އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ ޝާހިދު އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވާ އެ ދަތުފުޅުގައި ބޮޑުވަޒީރު މޯދީ އާއި ބައްދަލު ކުރައްވާފައި ވަނީ މިއަދު ނިއުދިއްލީގައެވެ.
އެ ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވާނެ ކަމަށެވެ. އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ އިންތިހާބު ކުރުމަށް އިންޑިއާއިން ދިން އެހީތެރިކަމަށް ޝުކުރު އަދާކޮށް އޭނާގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.
އެ ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ، މެދުނުކެނޑި އިންޑިއާއިން ރާއްޖެއަށް، ހާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އިންޑިއާ ސަރުކާރާށް ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށެވެ.
ގެ
މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒްއާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑަރ ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރ ޝާހިދު ޖުލައި 22-24 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ އދގެ އާއްމު މަޖިލީހިގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެކަމަކު ދިވެހިރައްޔިތުން އިންޑިއާ އާ ނުރުހޭ ކަމުން އެވާހަކަ ދެެއްކޭނެ އިނގޭތޯ
އިތުރު ކަމެއް ބޭނުމިއްޔާ ވޯޓެއް ނަގާ ކިތައް ދިވެހިންތޯ އިންޑިއާ އާ ރުހިގެން ތިބީ
ތިބައްދަލު ކުރެއްވުމުގަ އިންޑިއާ ސަރުކާރުގަ ބުނެދެއްވަޗޭ ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ އިންޑިއާ ދެކެ ނިކަން ބޮޑަށް ނުރުހިގެން ކަމަށް
އަދި މިކަމާއި ގުޅޭގޮތުން ވޯޓެއް ނަގައިފިނަމަ 90% ރައްޔިތުން އިންޑިއާއަށް ނޫނެކޭ ބުނާނެ ކަމަށް ވެސް ސާފު ކޮށް ބުނެދެއްވާ ހަގީގަތް ސާފު ކޮށްދޭތި
މޯދީއަކީ އިންޔާގައިހުރި އެންމެބޮޑު ޓެރަރިސްޓް! އިގޭތަ މޯދީ ގުޖުރާތުގެ ޗީފު މިނިސްޓަރަކަށްހުރެ މުސްލިމުންގެ 6000 މީހުން މަރާލި! ވެރިކަމަށްއަިސް ދެންތަޅާލީ އެތަކެއްސަތޭކަ އަހަރުވެފައިވާ މުސްލިމުންގެ ބާބަރީ މިސްކިތް! މޯދީ ވެރިކަން މިކުރަނީ ބީޖޭޕީގެ ބޮޑުވަޒީރެއްގެ ގޮތުގައި ބީޖޭޕީގައި އޮންނާނެ ހަތިޔާރުއެޅި ގުރޫޕެއް މި މީހުންގެ ކަމަކީ ހިންދީ ދީން ގަބޫލު ނުކުރާ މީހުން މެރުން! ދިވެހި ގައުމުގެވެސް އެންމެބޮޑު ތެރަރިސްޓް ޕާތީއަކީ އެންޑިޕީ! މި މީހުންވެސް މިގުޅެނީ މޯދީ ތެރަރިސްޓްއާ!
ޣައްދާރުންގެ ނަން ތާރީޚުގައި ލިޔެވޭނީ ކަޅުއަކުރުން
ދިވެހިންނަށް ދަޅަ ދެއްކުމާއި ދިވެެހިން ގުނބޯ ހައްދާން ދިވެހިދަރިންގެ ލޭ ބޯލާގެން ތިބި ބަޔަކު ވެރިކަމަށް އައިސް މި ކުރާކަމަކީ ހަމަ ކުރިން ވެސް ކުރިކަންކަން ރީތިގޮތުގައި! ޝާހިދު އިންޑިޔާއަށް ފައިދާ ކުރާކަންކަން ތި ކުރަނީ! މި ގައުމަށް ހަމަ ޒީރޯ ޓޮަލްރެންސް ތީ!