އިންޑިއާގެ ކޮންސިއުލޭޓްގެ ކުރިން ޗައިނާ ނުވަތަ ސްރީލަންކާގެ ކޮންސިއުލޭޓެއް އައްޑޫސިޓީގައި ގާއިމް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިފަދައިން ވިދާޅުވެފައިވަނީ ރޭ ރާއްޖެޓީވީން ގެނެސްފިން "ފަލަސުރުހީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނިޒާރު ވިދާޅުވީ، އައްޑޫގައި އިންޑިއާ މީހުން އަޅަން ބޭނުންވާ އެގައުމުގެ ކޮންސިއުލޭޓް އެޅުމާ ބައެއް ފަރާތްތަކުން ދެކޮޅު ހަދަނީ އެގައުމާއި ދެކޮޅަށް ކުރާ ކެމްޕޭނުގެ ތެރެއިން ކަމަށާއި އެކަން އެގޮތަށް ދިއުމުން އެގައުމުގެ ކޮންސިއުލޭޓްގެ ކުރިން ޗައިނާ ނުވަތަ ލަންކާފަދަ ގައުމެއްގެ ކޮންސިއުލޭޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނިޒާރު ވިދާޅުވީ، ލަންކާ ނުވަތަ ޗައިނާ ފަދަ ގައުމެއްގެ ކޮންސިއުލޭޓެއް އައްޑޫގައި އެޅުމުން މިހާރު ކުރިމަތިވެފައިވާ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑު މި ބަލަނީ އިންޑިއާ ކޮންސިއުލޭޓު ހުޅުވުމުގެ ކުރިން ޗައިނާ ނޫނީ ސިލޯނުގެ ކޮންސިއުލޭޓެއް ހުޅުވޭތޯ . ދެން އޭރުން އެކަން ހައްލުވެގެން ދިޔައީ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، ޗައިނާގެ ކޮންސިއުލޭޓެއް އައްޑޫގައި އެޅުމާއި ބެހޭ ގޮތުން އެގައުމުގެ އެމްބަސީގެ ބޭފުޅުންނާއި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އައްޑޫގައި ޗައިނާގެ މާބޮޑު މަޝްރޫއެއް ހިނގަމުން ނުދާތީ، ޗައިނާގެ ކޮންސިއުލޭޓެއް އެޅުމަށް އެބޭފުޅުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

އެފަދަ ގޮތަށް އެބޭފުޅުންގެ ޖަވާބުތައް ހުރުމާއި ގުޅިގެން ނިޒާރު ވިދާޅުވީ، އިންޑިއާ ކޮންސިއުލޭޓްގެ ކުރިން އިތުރު އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ީއިބްރާހީމއ

    ޙުއްޖަތެއް ހޯދީތޯ..

  2. މމމމކ

    މޮޅު ވާހަކައެއް ދަށްކައިލަނީދޯ. މޭޔަރުގެ ނަން ލޭޔަރުގެ ނަން ލޭޔަރަށް ބަދަލު ކުރަންވީ.

  3. ޝިއަޒަން

    އެހެންވީމާ ބޭނުންވެގެން ތިޔަ އުޅެނީ ކޮންމެވެސް ގައުމެއްގެ ކޮންސުލޭޓެއް އައްޑޫގަ ބެހެއްޓުމައް ދޯ. ؟ އޭގެ ފައިދާއެއް ގެއްލުމެއް މިއީ ކޮންމެހެން އައްޑޫ މީހުން ބަލަން ބޭނުންވާކަމެއް ނޫންދޯ. އެހެންވީމާ އިބޫ ސަރުކާރައް އައްޑޫރައްޔިތުންގެ ސިކުނޑީގެ ފެންވަރު ރަނގަޅުކުރުމައް ތައުލީމް ދިނުން އިތުރުކޮއްދެއްވުމައް ގޮވާލަން.

  4. ނ

    ބަލަ ނިޒާރޫ ހިންޏަށް ހަކުރު އޮޅުވާލާ ހެން ކަލޭ އަހަރެމެން ހައްދާނެ ކަމެއްނެތް މީ ހުން މި ހާރު އެހާ ގަމާރެއް ނޫން

    10
  5. އައްޔު

    ތީ އިންޑިއާއަށް ކޮންސިއުލޭޓް ހުޅުވުމަށް މަގުފަހި ކުރުވަން ކުރާކަމެއް. ނިޒާރު ތިޔަކޮންސިއުލޭޓު ނުވަތަ ކޮންސިއުލޭޓްތަކުގެ ބޭނުން އަހަރެއްގެ މައްޗަށް 5000 މީހުންވެސް ނުހިފާނެ ދެންކޮންކަމަކާތޯ ތިއުޅުއްވަނީ އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންނަށް ފައިދާހުރި ކަމެއްކުރުން އައްޑޫގެ ފަޅުވަމުންދާ ގޯތިތަށް އާބާތުރަ ފިލުވަން ނިޒާރު އުޅުނަސް 05 އަހަރު މަދުވާނެ އެންމެން މިތިބީ މާލޭގައި އައްޑޫ ދެވަނަ މާލެއަށް ހެދޭނީ އައްޑޫ ރައްޔިތުން އައްޑޫއަށް ގޮސްގެން. ހިތަދޫ އާބާދީ 30000 ހާސް ދިރިއުޅެނީ 5000 އަދިވެސް ކޮންސިއުލޭޓް އެޅުމުގަ އަވަދިނެތި. އައްޑޫގެ ރައްޔިތުންތިބީ މާލޭގައި އެމީހުންނަށް ޚިދުމަތްދޭން އެމްބަސީތަށް އެބަހުރި

  6. މިތުރާ

    މީނައަށް ވޯޓު ލިބުނީމަ އުޅެނީ ކޮންސިޔުލޭޓަ ކާ އަޅައިގެން ނުނެއްޓިގެން، އަށްޑޫގެ މަގުތަކުން ފެންވަޅުގަޑު ތައް ރަގަޅު ކޮށްބަ ލަ، ކޮސްނުގޮވާ، ކަ ލޭމެން ސިޔާސީ ހެދުމުގަ ތިބެގެން ގައުމުވިއްކާ ހުސްކުރަނީ. އިސްތިޔުފާ

  7. މޯޑު

    އިންޑިޔާ އައޫޓް . ކަލޯ ގަޔާ ވައަދު ފުއްދަން ކެނެރީގޭ ކލޭގެ އުޅޭހެން ހަދާނެ ނަހަދާނެ ގޮތެއް ކުރާނެ ނުކުރާނެ ކަމެއް ނީންގެެގެން ތިޔަ އުޅެނީ! އެންމެފަހުން ރަށްގަނޑު ވެސް ބައެއްގެ އަޅުވެތިކަމަަށްގޮސް ދެދުނިޔެއިން މޮޔަވަންޖެހިދާނެ! ރައްޔިތުންގެ ޙާލުހުރި މިންވަރެއް ބަލާ ރައްޔިތު މީހާ އާރަށަށް ފައިދާ ކުރާނެ ކަމެއް ކޮށްދެވޭތޯ ބަލާބަލަ! އެހެން ނޫނީ އިސްތިއުފާ ދީފަ އެއްފަރާތްވޭ! ކެނެރީޣޭ މޮޔަ ސޮރު ހެދިގެން ނޫޅޭ!

  8. Anonymous

    އަޅެކަލޭމެންނައް ކީއްތަ ވަނީ އިންޑިއާ ކޮންސިލުއޭޓު އެޅިއްޔާ ؟
    މިއޮއް ކުޑަ ކުޑަ ގައުމުގަ އުޅޭއިރުވެސް މާބޮޑަށް ތި ކިބުރުވެރިވަނީ

  9. އަބްދޫ

    ހަމައިގަތޯ ތިޔަ ހުންނެވީ.ތިޔަ ވާހަކަ ތަކުން އެގެނީ ކަންކަން ނޭގޭ މިންވަރު